Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝައި ޕްރޮޑަކްޝަން

ކޮސް ގިނަ މިސްޓޭކްގެ ޓްރެއިލަރ – ކޮސްވާހާ މަޖާ!

މިފިލްމު ޕްރިމިއަރ ކުރާނީ ނޮވެމްބަރ 5 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 11:56
ކޮސްގިނަ މިސްޓޭކް ފިލްމް ޓްރެއިލަރ ރިލީޒް ކުރުމުގެ ތެރެއިން 30-09-2025

ކޮސްގިނަ މިސްޓޭކް ފިލްމް ޓްރެއިލަރ ރިލީޒް ކުރުމުގެ ތެރެއިން 30-09-2025

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން ގެނެސްދޭ ކޮމެޑީ ފިލްމް ކޮސް ގިނަ މިސްޓޭކް (ކޭޖީއެމް) ގެ އޮފިޝަލް ޓްރެއިލަރ އަދި އޮފިޝަލް ޕޯސްޓަރ ރިލީޒް ކޮށްފިއެވެ.

ލެމަންގްރާސް ސިޓްރޯން ގައި ބޭއްވި ޙަފްލާއެއްގައި މި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެސްއެސް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) އެވެ.

Advertisement - newsAdvertisement

ނޮވެމްބަރ 5 ގައި ޕްރިމިއާރ ކުރާ މި ފިލްމްގެ ޕޯސްޓަރުން އެކަނިވެސް ފިލްމްގެ މަޖާކަން ފެނިގެން ދާއިރު، ފިލްމްގެ ޓްރެއިލަރ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފަ އެވެ.

މި ފިލްމް ވެގެން ދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖްތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާ އަށް އަންނަ އިރު، މި ފިލްމްގެ ޓިކެޓް ބުކިންގ މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޝައި ޕްރޮޑަކްޝަން އަކީ ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑަކްޝަން ހައުސްއެއްގެ އިތުރުން، ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްއެވެ. އެގޮތުން ނޯޓީ ފޯޓީ އާއި ފޯޓީ ޕްލަސް ފަދަ މަޖާ ފިލްމްތަކަކީ ޝައި ޕްރޮޑަކްޝަން އިން އުފައްދާފައިވާ ސުޕަރ ހިޓް ފިލްމްތަކެކެވެ.

މީގެ އިތުރުން ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އެއް ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ކަމަނާ އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް ކަނބުލޮ އުފެއްދި ސްޓޫޑިއޯއެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ.

ކޮސް ގިނަ މިސްޓޭކް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ.މުލަކުގައެވެ.

މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ އެއް ފިލްމެވެ. އެގޮތުން ފިލްމުގެ ހުރިހާ ތަރިންގެ ރޯލުވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް ޢައްޒަ، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާ އަދި ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.

މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، އަދި ޖަލާލްގެ އިތުރުން ފުބޫއެވެ.

އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދު އެވެ.

މި ފިލްމަކީ މިއަހަރު ބެލުންތެރިންނާ ހަމަޔަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމައް ވެގެންދާނެ, އުންމީދު ބޮޑު ފިލްމެކެވެ.

ކޮސްގިނަ މިސްޓޭކްޝައި ޕްރޮޑަކްޝަންއަލީ ސީޒަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

05 ނޮވެމްބަރު 2025
ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!

ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!

27 އޮކްޓޯބަރު 2025
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު