Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ކޮސްގިނަ މިސްޓޭކް

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

މި ފިލްމްވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ބުނެފައިވޭ.

މި ފިލްމްވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ބުނެފައިވެ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2025 | ބުދަ 19:46
ކޮސްގިނަ މިސްޓޭކް

ކޮސްގިނަ މިސްޓޭކް

ޝައި ޕްރޮޑަކަޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ޕްރިމިއަރ ކޮށްފި އެވެ.

"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖްތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނަ އިރު، މި ފިލްމްގެ އިންތިޒާރުގައި ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެ އެވެ.

ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މިފިލްމްވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރ އިސްމާއިލް ޝަފީޤު މީގެ ކުރިން ބުނެފައިވެ އެވެ.

ފިލްމް ޕްރިމިއަރ ކުރި ފަލްފާގައި ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ސީޒަން ބުނީ މި ފިލްމާ ދޭތެތެ ވަރަށް އުންމީދު ކުރެވޭ ކަމަށާއި ވަރަށް ދުވަސް ތަކަކަށް ފަހު މިިކަހަލަ ކޮމެޑީ ފިލްމެއް މި އަންނަނީ ވަރަށް ބޮޑު ކާސްޓެއްވެސް އޮވެގެން ކަމަށެވެ. އަދި މި ފިލްމުގައި ކެރެކްޓާތައް ޕާފޯމް ކުރަން ތިބި އެކްޓަރުންނަކީ ވަރަށް ކުޅަދާނަ އެކްޓަރުން ތަކެއް ކަން ފާހަގަ ކޮށް ސީޒަން ބުނީ ފިލްމުގެ ބައެއް ސީންތަކަކީ އެކްޓު ކުރަން ވަރަށް އުނދަގޫ ސީންތަކެއް ކަމަށާއި އެހެން ނަމަވެސް ފިޒިކަލީ އެ ކަންކަން ކޮށް އެސީންތައް ގެނެސްދީފައި ވާނެ ކަމަށެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ. މިފިލްމް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގަ އެވެ.

މީގެ އިތުރުން މިފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ" އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ" ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިން ވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފަ އެވެ.

ކޮސްގިނަ މިސްޓޭކްޝައި ޕްރޮޑަކްޝަންސެޓާން ސްޓޫޑިއޯއަލީ ސީޒަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!

ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!

27 އޮކްޓޯބަރު 2025
ކޮސް ގިނަ މިސްޓޭކްގެ ޓްރެއިލަރ – ކޮސްވާހާ މަޖާ!

ކޮސް ގިނަ މިސްޓޭކްގެ ޓްރެއިލަރ – ކޮސްވާހާ މަޖާ!

01 އޮކްޓޯބަރު 2025
މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު