Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ އަޑު ހޭލައިގަތީއްސުރެ އަހަން، އެ ހާލަތު ބަދަލުނުވެ އޮތީ މައްސަލަތަކެއް ހުރީމަ: މެންބަރު މައުރޫފް

އަދުލް އިންސާފު ނިޒާމުގައި މައްސަލަތަކެއް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2025 | ބުރާސްފަތި 08:56
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގައި އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ އަޑު ހޭލައިގަތީއްސުރެ އަހާ ކަމަށާއި، މިއަދު ވެސް އެ ހާލަތު ބަދަލުނުވެ އޮތީ މައްސަލަތަކެއް ހުރީމަ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖޭގައި އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ ވާހަކަ އަކީ ހޭލާ ގަތީއްސުރެ އަޑު އަހަމުން އަންނަ ވާހަކައެއް ކަމަށާއި، ކޯޓުތަކާއި ފަނޑިޔާރުން ކޮންޓްރޯލް ކުރަނީ ސަރުކާރުން ނުވަތަ ބާރުގަދަ ނުފޫޒު ގަދަ ވިޔަފާރިވެރިން ކަމަށް ތުހުމަތު ކުރާ ކަމަށެވެ. އަދި އަޑެއް ކިޔާފިނަމަ ރެނދެއްލާނެ ކަމަށާއި، އަދުލް އިންސާފު ނިޒާމުގައި މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހާލަތު ބަދަލު ނުވާކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ، ބައެއް ހާލަތްތަކުގައި ސިޔާސީ ފިކުރާ ކުލައަށް ބެލުމަށްފަހު މާ ބޮޑު ކަމަކަށް ނުހަދާ ކަމަށާއި، އަނެއް ބައި ހާލަތްތަކުގައި ބޮޑެތި ކްރިމިނިލް މައްސަލަތައް ބޮޑެތި ކުށްތަކަށްވެ، އަނެއް ބައި ހާލަތުގައި އާދައިގެ ކަމަކަށްވެ ދޫ ކޮށްލާ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުތަކުން ކުށްވެރިންނާ މެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަމުންދާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ރައްޔިތުން ފަނޑިޔާރު ގެތަކަށް އިތުބާރު ނުކުރާ ކަމަށާއި، އިތުބާރު ނުކުރަނީ ފަނޑިޔާރުންނަށް ކަންކަން ކުރެވޭ ގޮތުން ކަމަށެވެ.

ކީއްވެތޯ ފަނޑިޔާރުން ނުވަތަ ކޯޓުތަކުގައި ޝަރީއަތް ކުރަން ތިބޭ ގާޒީން އަދުލުވެރިކަން ގާއިމް ކުރުމުގައި އަދުލް އިންސާފު ގާއިމް ކުރުމުގައި ތަފާތު ކުރުން ގެންގުޅެންވީ ކީއްވެތޯ. ހަމަ ގައިމުގެ އެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރަނީ ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ހުވާލައިދީގެން އޭގައި އޮންނަ ގޮތަށް. އަދި ހަމައެހެންމެ ގާނޫނު އަސާސީއާ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ފަނޑިޔާރުންނަށް ވެސް އަދުލުވެރިނުވެވޭ ހާލަތްތަކުގައި އޮންނަ އުގޫބާތަކީ ވަރަށް ބޮޑު އުގޫބާތެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ ފަނޑިޔާރުންނަށް އަދުލުވެރިކަމާއެކު ހުކުމް ނުކުރެވޭ މަންޒަރު. މިއީ ހަގީގަތެއް. ރައްޔިތުން ފަނޑިޔާރު ގެއަކަށް އިއްޒަތްތެރި ރައީސް އިތުބާރެއް ނުކުރޭ. ރައްޔިތުން ފަނޑިޔާރު ގެއަށް އިތުބާރު ނުކުރަނީ ފަނޑިޔާރުންނަށް ކަންކަން ކުރެވޭ ގޮތުން އަދި ހަމައެހެންމެ ސިޔާސީ ފަރާތްތަކުން ފަނޑިޔާރުންނާ ދޭތެރޭގައި ކަންތައްތައް ކުރެވޭ ގޮތުން'
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ އަދުލް އިންސާފު ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު، ފުލުހުންގެ މަސައްކަތްތަކަށް ވެސް ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ. އަދި ފުލުހުންނަށް ވެސް އިތުބާރު ނެތް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

ވަރަށް ގިނަ ފަހަރު ހައްޔަރު ކުރެވޭ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށް އެ ކޭސް ޕްރެޒެންޓް ކުރަނީ ފުލުހުން. ފަނޑިޔާރުގެ ލޯ މައްޗަށް ގިނަ ފަހަރު އޭގެ ހަގީގަތް އޮޅުވާލައި ސިޔާސީ ކުލަވަރު އޭގައި ޖައްސައި ވަކި މީހަކަށް ވަކި ގޮތެއް ހަދަން ވަކި މީހަކަށް ވަކި ގޮތެއް ނުހެދުމަށް ކަންތައްތައް ކުރާތީވެ ބައެއް ފަހަރު މިމައްސަލަ ނުހުންނަނީ. އެހެންވީމަ ފަނޑިޔާރުންނަށް އާއްމު ގޮތެއްގައި މިއޮންނަނީ ބޭރު ފުށަށް ގޮތް ނިންމަން. ޝަރީއަތުގައި ކަންކަން ކުރަން މިއޮންނަ އުސޫލަކީ އެއީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފުގެ ނިޒާމު ހިނގަމުންދަނީ އެންމެ އިންސާފު ވެރިކޮށް ނޫން ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅިފައި ހުރި ވަރަށް ގިނަ މައްސަލަތައް ނުހިނގާ ކަމަށާއި، މައްސަލަތައް ހުރީ ފުނިޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ޒާކިރުއިންސާފުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު