Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ޔޫރަޕިއަން ޔޫނިއަންގެ ޑިޕްލޮމެޓުންނާ އެމްޑީޕީގެ ވަފުދު އިން ބައްދަލުކޮށްފި

ރައީސް މުޢިއްޒުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ކޮރަޕްޝަނާއި މީޑިއާ ކޮންޓްރޯލްގެ މައްސަލަތައް ވަނީ ފާހަގަކޮށްފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 16:27
އެމްޑީޕީގެ ލީޑަޝިޕް އެންޑް ފޮރިން ރިލޭޝަންސް ކޮމިޓީ ޑެލިގޭޝަން އިން އީޔޫގެ ޑިޕްލޮމެޓުންނާއި ބައްދަލުކޮށްފި

އެމްޑީޕީގެ ލީޑަޝިޕް އެންޑް ފޮރިން ރިލޭޝަންސް ކޮމިޓީ ޑެލިގޭޝަން އިން އީޔޫގެ ޑިޕްލޮމެޓުންނާއި ބައްދަލުކޮށްފި

އެމްޑީޕީގެ ލީޑަރޝިޕް އަދި ފޮރިން ރިލޭޝަންސް ކޮމިޓީގެ ވަފުދުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ގޯސްވަމުންދާ ސިޔާސީ ހާލަތާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ޑިޕްލޮމެޓުންނާ މަޝްވަރާކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއީލު ނަސީމް އަދި ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރު ޙުސައިން ޝަހީމް ހިމެނޭ ވަފުދެއް ބުރާސްފަތި ދުވަހު، ކޮލޮމްބޯގައި ޔޫރަޕިއަން ޔޫނިއަންގެ އެމްބެސެޑަރުންނާއި ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓެޓިވުންނާ ވަނީ ބައްދަލުކޮށްފަ އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ އަދި ވެރިކަން ހިންގުމުގެ ހާލަތު ދަށަށް ދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފަ އެވެ. މިގޮތުން މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމާއި، ކޮރަޕްޝަނާއި ވެރިކަން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާކަމުގެ ސީރިއަސް ތުހުމަތުތަކާއި، މީޑިއާ ކޮންޓްރޯލް ބިލް މެދުވެރިކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމާއި، ޚާރިޖީ އަދި އެތެރޭގެ ސިޔާސަތުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އެމްޑީޕީން ޔޫރަޕިއަން ޔޫނިއަންގެ ބޭފުޅުންނާއި ވަނީ، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ކުރެވުނު ދިގު މަސައްކަތާއި، މިނިވަން މުއައްސަސާތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ޤާނޫނީ ގޮތުން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތައް ހިއްސާކޮށްފަ އެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ފާހަގަކުރެއްވި ގޮތުގައި މި ޑިމޮކްރެޓިކް އުސޫލުތައް މިހާރު ވަނީ އެތައް އަހަރުތަކެއް ފަހަތަށް ޖެހިފައި ކަމަށެވެ.

ކޮންމެ އަހަރަކު ރާއްޖެއަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން އަންނަ 500،000 އަށްވުރެ ގިނަ ފަތުރުވެރިންނާއި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮތް ވަރުގަދަ އިޤްތިޞާދީ އަދި ޘަޤާފީ ގުޅުމަށް ރިޢާޔަތްކޮށް، ރާއްޖެ އަނެއްކާވެސް އަނިޔާވެރި ވެރިކަމަކަށް ބަދަލުވިޔަ ނުދިނުމަކީ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފަ އެވެ. އެމްޑީޕީން ވަނީ ރާއްޖޭގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އެމްޑީޕީމުއިއްޒުޔޫރަޕިއަން ޔޫނިއަން-ދިވެހިރާއްޖެފައްޔާޒް އިސްމާއިލްއަބްދުﷲ ޝާހިދުކޮލޮމްބޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު