Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

ޖައިޝަންކަރު ވިދާޅުވީ، ހަމަލާ ދިން މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭނެ ކަމަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، މި ހަމަލާ އަށް ޖަވާބު ދިނުމުގެ ފުރިހަމަ މިނިވަންކަން އަސްކަރިއްޔާ އަށް ދެއްވާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މެއި 2025 | ބުރާސްފަތި 06:07
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މީގެ ކުރިން ބޭއްވެވި ބައްދަލުވުމަކަށްފަހު ސަލާމް ކުރައްވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މީގެ ކުރިން ބޭއްވެވި ބައްދަލުވުމަކަށްފަހު ސަލާމް ކުރައްވަނީ

އިންޑިއާގެ ފަތުރުވެރިންތަކަކަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާގައި ޝާމިލުވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭނެ ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ދެވުނު މި ހަމަލާގެ ސަބަބުން، 26 މީހަކު ވަނީ މަރުވެފަ އެވެ. އިންޑިއާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ ޕާކިސްތާނުން ރާވައިގެންނެވެ. ނަމަވެސް، އިންޑިއާ އިން ކޮށްފައިވާ އެ ތުހުމަތުތައް ޕާކިސްތާނުން ވަނީ ދޮގު ކޮށްފަ އެވެ.

އެކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. އަދި ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އިންޑިއާ އިން އަންނަނީ އެ ޤައުމަށް ހަމަލާ ދޭން ތައްޔާރުވަމުންނެވެ. 

އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ، އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް، އެ މީހުންނަށް ހައްޤު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، މި ހަމަލާ އަށް ޖަވާބު ދިނުމުގެ ފުރިހަމަ މިނިވަންކަން އަސްކަރިއްޔާ އަށް ދެއްވާފައި އެވެ.

އެހެން ނަމަވެސް ޕާކިސްތާނުން މި ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައިވާއިރު، އެ ޤައުމަށް ދެވޭ ކޮންމެ ހަމަލާ އަކަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.

ޖައިޝަންކަރުކަޝްމީރުއިންޑިއާޕާކިސްތާންނަރެންދުރަ މޯދީ މާކޯ ރޫބިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު