Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފިނިގަދަވުން

ދުނިޔޭގެ އެންމެ ފިނި "އާބާދީ"

މީހަކު ވަޅުލުމަށް ވަޅެއް ކޮނުމަށް ވެސް އެތައް ދުވަހެއް ނަގާ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2017 | ބުރާސްފަތި 12:07
މީހުން ދިރިއުޅޭ އެންމެ ފިނި ސަރަހައްދު: މި ތަނުގައި ފިނިހޫނުމިން 70ޑިގްރީ ސެލްސިއަސް އަށް ވެސް ތިރިވޭ.

މީހުން ދިރިއުޅޭ އެންމެ ފިނި ސަރަހައްދު: މި ތަނުގައި ފިނިހޫނުމިން 70ޑިގްރީ ސެލްސިއަސް އަށް ވެސް ތިރިވޭ.

އެ ތަނުގައި މީހަކު މަރުވެއްޖެ ނަމަ ވަޅެއް ކޮންނަން ތިން ދުވަސް ނަގައެވެ. މޯބައިލް ނެޓްވޯކް މަސައްކަތެއް ނުކުރެއެވެ. ކެއިން ބުއިމަށް ބޭނުންކުރެވޭ ފަދަ އެއްވެއް ގަހެއް އެތަނުގައި ނުހެދެއެވެ. އެކަމަކު އެތަނުގައި ދިރިއުޅޭ މީހުންނަށް މަލްނިއުޓްރިޝަންގެ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. ކާރުތައް ހުންނަނީ ނިއްވާ ނުލައެވެ. ނިއްވާލައިފި ނަމަ އަލުން ސްޓާޓް ނުވެދާނެތީއެވެ. މިއީ ރަޝިޔާގެ އޮއިމިއަކޮންއެވެ.

އޮއިމިއަކޮންއަކީ ދުނިޔޭގައި މީހުން ދިރިއުޅޭ އެންމެ ފިނި އަވަށެވެ. އެ ތަނުގެ ފިނި ހޫނުމިން އެވްރެޖް ގޮތެއްގައި އުޅެނީ 50 ޑިގްރީ ސެލްސިއަސްގައެވެ. އެންމެ ބޮޑަށް ފިނިހޫނުމިން ދަށަށް ގޮސްފައި ވަނީ 71.2 ޑިގްރީ ސެލްސިއަސްއަށެވެ. "ޕޯލް އޮފް ކޯލްޑް"ގެ ނަމުން މަޝްހޫރުވެފައިވާ އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ގަހެެއް ނުހެދެއެވެ. އެހެން ކަމުން އެ މީހުންގެ މައިގަނޑު ކެއުމަކީ އަހުގެ މަހާއި ރެއިންޑިއާގެ މަހެވެ. ބުއިމަށް ބޭނުންކުރަނީ ގެރީގެ ކިރު ކަމަށްވުމުން އެ މީހުންނަށް ބޭނުންވާ ނިއުޓްރިޝަން އެއިން ލިއްބައިދޭ ކަމަށް ވެއެވެ.

އޮއިމިއަކޮންގެ ރައްޔިތަކު ގެރިތަކެއްގެ ކައިރީގައި: އާންމު ކެއުމަކީ އަހާއި ރެއިންޑިއާގެ މަސް

އޮއިމިއަކޮންގެ އާބާދީއަކީ 500 މީހުންނެވެ. އެ އަވަށުގައި ހުންނަނީ އެންމެ ފިހާރައެކެވެ. މުޅި އާބާދީ އަށް ބޭނުންވާ ސާމާނު އެ ފިހާރައިން ލިބެއެވެ. އެ ތަނުގައި މީހުން އާބާދުވާން ފެށީ 1920 އަދި 1930ގެ އަހަރުތަކުގައި ރެއިންޑިއާ ޝިކާރަކުރަން ދާ މީހުން ފެން ހޯދުމަށް މަޑުކޮށްލާ ސަރަހައްދެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުންނެވެ. ނަމަވެސް ދާއިމީ ގޮތެއްގައި އެއީ އާބާދީއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ ކޮންޓްރޯލްކުރަން އުނދަގޫ އަދި ޓެކްނޮލޮޖީއާ ދުރު ރަށްފުށު ހިސާބުގެ މީހުން ވަކިކޮށްލުމަށް ސޮވިއެޓް ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން އެތަނަށް ގެންދިޔުމުންނެވެ. އެންމެ ކައިރިން ދެން މީހުން ދިރިއުޅޭ ސަރަހައްދަށް ދެވެނީ ދެ ދުވަހުގެ ދަތުރަކަށް ފަހުއެވެ. އެ ސަރަހައްދުގެ ވެރިކަން ކުރާ ޔުކުޓްސްކްއަކީ ދުނިޔޭގެ އެންމެ ފިނި ސިޓީއެވެ.

އޮއިމިއަކޮންގެ ހަކަތަ އުފައްދާ ތަން: ބައެއް ދުވަސް ދުވަހު 5 ގަޑިއިރަށް ކަރަންޓް ކަނޑާލަން ޖެހޭ

އެ ތަނުގައި ދިރިއުޅޭ ގިނަ އާއިލާތަކުން ހޫނުކުރުމަށާއި ކެއްކުމަށް އަދިވެސް ބޭނުންކުރަނީ ދަރާއި ދެއްޔެވެ. މީހަކު މަރުވެގެން ވަޅެއް ކޮންނަން ޖެހިއްޖެ ނަމަ ދަރު އަންދައިގެން ބިންގަނޑު މަޑުކޮށް ކޮނެއެވެ. މި ގޮތަށް މީހަކު ވަޅުލެވޭ ވަރަށް ވަޅެއް ކޮނެވެނީ ތިން ހަތަރު ދުވަހުންނެވެ.

ކަނޑުގެ ލޮނުގަނޑަށް ވުރެ 750 މީޓަރު އުހުގައި އޮތް އޮއިމިއަކޮންގައި އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ތެރޭގައި ދުވާލުގެ ވަގުތު ދެމިގެންދަނީ ތިން ގަޑިއިރަށެވެ. ހޫނު މޫސުމުގައި ދުވާލުގެ ވަގުތު 21 ގަޑިިރަށް ދެމިގެންދެއެވެ. ޖޫން، ޖުލައި އަދި އޯގަސްޓް މަހު ފިނިހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިޔަ ނަމަވެސް އަހަރުގެ ބޮޑުބައި ހޭދަކުރަނީ ފިނީގެ ތެރޭގައެވެ. ސްނޯގެ ސަބަބުން އެހެން ސަރަހައްދުތަކުގައި ސްކޫލްތައް ބަންދުކުރި ނަމަވެސް އޮއިމިއަކޮންގައި ސްކޫލްތައް ބަންދުކުރަނީ ފިނިހޫނުމިން 52 ސެލްސިއަސް އަށް ދަށަށް ދިއުމުންނެވެ. ބޯޓު ދެލި ފޯރުކޮށްދޭ ފަރާތްތަކުން ގަވައިދުން ދެލި ފޯރުކޮށްނުދެވޭ ދުވަސްވަރު ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓް ކަނޑާލަންޖެހެއެވެ.

އޮއިމިއަކޮންގެ ގެއެއްގެ ބޭރުގައި އުޅަނދެއް މަޑުކޮށްގެން: އުޅަނދުފަހަރު އަލުން ސްޓާޓް ނުވެދާނެތީ ބާއްވަނީ ނިއްވާ ނުލައި

ކިތަންމެ ފިނި ނަމަވެސް ގިނަ އިމާރާތްތަކުގައި ފާހާނާ އަދިވެސް ހުންނަނީ އިމާރާތުގެ ބޭރުގައި ވަކިންނެވެ. އާމްދަނީ ބިނާވެފައި ވަނީ ޒިޔާރަތްކުރާ ޝިކާރަވެރިންގެ މައްޗަށެވެ.

ފިނިހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އޮޅިގެން ވެސް މީހެއްގެ ބިއްލޫރިގަނޑެއްގައި މޫނު ފަދަ ތަނެއް ޖެހިއްޖެ ނަމަ ތަތްލައެވެ. ގަލަމުގެ ދެލި ހިކެއެވެ. ބެޓެރީގެ ޗާޖެއް ނުހިފައްޓައެވެ. ނެޓްވޯކް ލިބުނަސް އެހާ ފިނީގައި ފޯނު މަސައްކަތެއް ނުކުރެއެވެ. މި ހުރިހާ މައްސަލަތަކާ އެކު ވެސް އޮއިމިއަކޮންގެ ރައްޔިތުން ދިރިއުޅެމުން ދަނީ އުފަލުގައެވެ. އުމްރާނީ ގޮތުން ތަރައްގީތަކެއް ލިބިފައި ވިޔަސް ދުނިޔޭގެ ތަރައްގީ އާއި ތަހުޒީބާ ދުރުގައި އެ މީހުން އުޅެމުން ގެންދަނީ ހަމަޖެހިގެންނެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

27 ޑިސެމްބަރު 2017
ވިރާތާއި އަނުޝްކާ އަށް ހަދިޔާއަކަށް ބޮޑުވަޒީރު މޯދީ ދެއްވީ ދެ ފިނިފެންމާ

ވިރާތާއި އަނުޝްކާ އަށް ހަދިޔާއަކަށް ބޮޑުވަޒީރު މޯދީ ދެއްވީ ދެ ފިނިފެންމާ

22 ޑިސެމްބަރު 2017
އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމް ޓްރެއިލާގެ ރެކޯޑު އެވެންޖާސް އިންފިނިޓީ ވޯރ އަށް

އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމް ޓްރެއިލާގެ ރެކޯޑު އެވެންޖާސް އިންފިނިޓީ ވޯރ އަށް

04 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

04 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު