Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަޖެޓް 2026

ވައުދުވީ އެސްއޯއީތައް ކޮޅަށް ޖަހަން! އެކަމަކު ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަނުން ބަޖެޓުން ފައިސާ!

ސަރުކާރުން ކުންފުނިތައް ހަރުދަނާކޮށް ކޮޅަށް ޖަހާނެ ކަމުގެ ވައުދުތައް ދައްކަވަމުންދާ އިރު، 2026 ގެ ބަޖެޓުން ސާފުވަނީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދަށް ކުޑަކުރުމުގެ ކޮޅުމަތި ވެސް ނުފެންނަން ނެތް ކަމެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2025 | ހުކުރު 09:42
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ސަރުކާރުގެ ކުންފުނިތަކަށް ފިޔަވަޅު އަޅައި އިސްލާހުތައް ގެންނަ ވާހަކަ އަކީ މި ވެރިކަން ފެށުނީއްސުރެ ދައްކަމުންދާ ވާހަކަ އެކެވެ. 2024 ވަނަ އަހަރު ވެސް އޭރު ސަރުކާރުން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފުރިހަމަ މިނިވަންކަން ދޭނެ ކަމަށް ހާމަކޮށްފަ އެވެ.

ވެރިކަން ފެށުނީއްސުރެ ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބަދަލުތައް ގެނެސް ކުންފުނިތައް ކޮޅަށް ޖަހާ ވާހަކަ އެވެ. މިފްކޯ ފަދަ ކުންފުނިތައް ރަނގަޅު ކުރައްވާނެ ކަމަށް 2024 ވަނަ އަހަރުގެ ޖުލައި މަހު ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ވާހަކަ ކިތަންމެ ފޮނިވިޔަސް 2026 ވަނަ އަހަރުގެ ބަޖެޓުން ހާމަވީ މުޅިން އެހެން ކަމެކެވެ. 2026 ވަނަ އަހަރުގެ ބަޖެޓުން ވެސް އެއްކަލަ ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ ދޫކުރެ އެވެ.

އެ ވަރަކުން ނިމުނީކީ ނޫނެވެ. މީގެ ކުރިން ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ހޭދަކުރި ގޮތް ވެސް އޮތީ ވަންހަނާ ކޮށްފަ އެވެ. އެކެން ވެސް މި އިނގެނީ ބަޖެޓް ހުށަހެޅި ހިސާބުންނެވެ.

ބައެއް ހިސާބުތަކަށް ބަލާލާނަމެވެ. ޓްރޭޑް ނެޓަށް 612 މިލިއަން ރުފިޔާ، ފެނަކައަށް 235 މިލިއަން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަން ރުފިޔާ އަދި ސްޓެލްކޯ އަށް 500 މިލިއަން ދިނުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެެ. މި އަހަރު އަލަށް އުފެއްދި ކުންފުނިތަކަށް ވެސް އެތައް ފައިސާ އެއް ދޫކުރަން ހިމަނާފައި އެބަ އޮތެވެ.

އޭގެ ތެރޭގައި ޚިދުމަތް ނުފެށި ދިގުލައިގެން ގޮސްފައިވާ ޑިވެލޮޕްމަންޓު ބޭންކަށް ދޭން ނިންމާފައިވާ 16 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އިންފްރާސްޓަކްޗާ ޑިވެލޮޕްމަންޓު ސޮލިއުޝަން ކޮމްޕެނީ އަށް 280 މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ބޭސް ގަތުމަށްޓަކާ އަލަށް އުފެއްދި ކުންފުންޏަށް 107 މިލިއަން ރުފިޔާ ދޫކުރަން ވެސް ވަނީ ނިންމާފައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މީގެ ތެރެއިން ދެ ކުންފުންޏަކީ މި އަހަރުގެ ބަޖެޓު ފާސްކުރި އިރު ބަޖެޓުގައި ނުވެސް ނެތް ކުންފުނިތައް ކަމެވެ.

އެހެންކަމުން ކުންފުނިތަކުން ލިބޭ އެއްޗަކުން ކުންފުނިތައް ހިންގުމުގެ މަގަށް ސަރުކާރުން ހިނގާ ތަނެއް ނުފެނެއެވެ. ކަން ހިނގަނީ ވީ ވައުދާ ދިމާ އިދިކޮޅަށެވެ. އޭގެ ބަދަލުގައި ފެންނަނީ ބޮޑު އެއްޗެއް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުންފުނިތައް ހިންގަން އުޅޭ މަންޒަރެވެ.

ބައެއް ކުންފުނިތައް އެއްކޮށްލާނެ ކަމަށް ބުނެ އެކަން އިއުލާން ވެސް ކުރިއެވެ. އެކަމަކު އެއްކޮށްލީ ހަމައެކަނި އެމްއޭސީއެލް އާއި އާރުއޭސީއެލް އެވެ. އެ ދެތަން އެއްކޮށްލުމުން ވެސް ހިންގުމުގެ ޚަރަދަށް ލުޔެއް ނުލިބުނުތާ ހިންގުން ވެސް ދޯދިޔާވީ އެވެ.

މީގެ އިތުރުން ފެނަކަ ކުންފުނި އެހެން ކުންފުންޏަކާއި އެއްކޮށްލަން ބުނި ނަމަވެސް އެ ކަމަށް ބަދަލެއް ގެންނަން ސަރުކާރުން ނުވިސްނާކަން ބަޖެޓުން ސާފު ވެއެވެ. ސަބަބަކީ ކުރިއަށް އޮތް ތިން އަހަރަށް ވެސް ފެނަކައަށް ވަކިން ބަޖެޓް ކޮށްފައި ވުމެވެ.

ޔަޤީންވާ ކަމަކީ އަމަލަށް ބަލާނަމަ، ކުންފުނިތައް ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތުގެ ކޮޅުމަތި ވެސް ފެންނާކަށް ނެތެވެ. ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި މަހާސިންތާ އާއި ބައްދަލުވުންތައް ބޭއްވިޔަސް ރައްޔިތުންނަށް ފައިދާ އެއް ވާނެ ނަތީޖާ އެއް ފެންނާކަށް ނެތެވެ.

އެސްއޯއީ ތަކަށް ކޮންމެ އިންތިޚާބަކާއި ނުވަތަ މުހިންމު ސިޔާސީ ހަރަކާތަކާއި ދިމާކޮށް ވަޒީފާ އަށް މީހުން އެބަ ނަގައެވެ. ވެރިކަން ދެ ބައިވާން ކައިރިވާ އިރު ވެސް ސިޔާސީ މީހުންނަށް ޖިޒީ ދޭ އުސޫލުން ދޭ މަޤާމުތައް ބެހުމަށް ނިމުމެއް ނާދެ އެވެ. މިފަދަ ކަންކަން މިހެން ހުރެގެން އަދި ކިތަންމެ އަޑަށް ބާރު ލާފައި ތިމަން މަނިކުފަނު ކުންފުނިތައް ނަގާ ކޮޅަށް ޖަހާނަމޭ ވިދާޅުވި އަސް އެކަމެއް ނުވާނެއެވެ. މި ވިސްނުމުގައި ނަމަ ދެން ވެސް ކުންފުނިތަކަށް ކުރާ ޚަރަދުތައް ވާނީ ހައްތަހާ އިތުރެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުސަރުކާރުގެ ވިޔަފާރި ކުންފުނިތައްބަޖެޓް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު