Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއީލު

ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރުމަށް ފްރާންސް އާއި ސައުދީ އިން ހުށަހަޅާފައިވާ ޤަރާރަށް ޖަރުމަނުން ތާއީދު ކުރަނީ

12 ސެޕްޓެމްބަރު 2025 | ހުކުރު 03:58

ފްރާންސް އާއި އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ނިންމާފައިވީ ނަމަވެސް، ޖަރުމަނުން އެ ފަދަ ނިންމުމެއް ނިންމާފައި ނުވެ އެވެ. ނަމަވެސް، ޖަރުމަނުން ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދިނުމަަށް ނިންމާފައި ކަމަށް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2025 | ހުކުރު 03:58
އދ ގެ ދިދަ އަދި ފަލަސްޠީނުގެ ދިދަ

އދ ގެ ދިދަ އަދި ފަލަސްޠީނުގެ ދިދަ

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށް، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން އިސް ނަގައިގެން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކުރުމަށް، ޖަރުމަނުން ނިންމައިފި އެވެ.

ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން އިސް ނަގައިގެން ވަނީ، އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފަ އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރުމަށް ޖަރުމަނުން ނިންމާފައި މި ވަނީ، ދާދި ފަހުން ގަތަރުގެ ވެރި ރަށް ދޯހާ އަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާ ދަނޑިވަޅެއްގަ އެވެ. ޖަރުމަނުން ވަނީ، އިސްރާއީލް އިން ގަތަރަށް ދިން ހަމަލާ ވެސް ކުށްވެރިކޮށްފަ އެވެ. އަދި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރަމުން އަންނަ މަސައްކަތަށް ތާއީދު ކުރުމަށް ވެސް ޖަރުމަނުން ވަނީ ނިންމައިފަ އެވެ.

އެކި އެކި މަސްދަރުތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އދ ގައި ވޯޓަށް އެހުމަށް ހަމަޖެހިފައިވާ "ނިއު ޔޯކް ޑެކްލަރޭޝަން" އަށް ތާއީދު ކުރުމަށް ޖަރުމަނުންް ނިންމާފައިވާ ކަމަށެވެ. އެ ޤަރާރުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށާއި، ފަލަސްޠީނުގެ ރެފިއުޖީންނަށް އެނބުރި ޤައުމަށް ދިޔުމުގެ ހައްޤު ދިނުމަށް ހުށަހަޅާ ކަމަށެވެ.

ފްރާންސް އާއި އިނގިރޭސިވިލާތް އަދި ބައެއް އެހެން ޤައުމު ތަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ނިންމާފައިވީ ނަމަވެސް، ޖަރުމަނުން އެ ފަދަ ނިންމުމެއް ނިންމާފައި ނުވެ އެވެ. ނަމަވެސް، ޖަރުމަނުން ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދިނުމަަށް ނިންމާފައި ކަމަށް ބުނެފައިވެ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަކީ އެމެރިކާ އާއި އިސްރާއީލް އިން ތާއީދު ކުރާ ކަމެއް ނޫނެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ޤައުމު ތަކުން ނިންމާފައި ވާއިރު، އެމެރިކާ އާއި އިސްރާއީލް އިން ވެސް ވަނީ އެ ޤައުމުތަކަށް ނުރުހުން އަމާޒުކޮށްފަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، މިވަގުތު ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމަށް ގޮވާލުމަކީ ވެސް، ބިރުވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން ހުށަހަޅާފައިވާ ޤަރާރަށް ތާއީދު ކުރަން ޖަރުމަނުން ނިންމި ނަމަވެސް، ރެފިއުޖީން އެނބުރި ގެނައުމުގެ މައްސަލައިގައި ޖަރުމަނުގެ ސްޓޭންޑު ބަދަލު ނުވާ ކަމަށް މަސްދަރު ތަކުން ވަނީ ބުނެފަ އެވެ. އެގޮތުން އަދި ވެސް ޖަރުމަނުން ބޭނުން ވަނީ، އެކަމުގައި މަޝްވަރާ ތަކެއް ކޮށްގެން އެކަމުގައި ގޮތެއް ނިންމަން ކަމަށް މަސްދަރު ތަކުން ބުނެފައިވެ އެވެ.

ދެ ދައުލަތުގެ ޙައްލުގެ އިތުރުން އެ ޤަރާރުގައި ބުނެފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން ދީފައިވާ ހަމަލާ އާއި، އެ ހަމަލާ އަށް ފަހު ރަހީނު ކޮށްފައިވާ ރައްޔިތުން މިނިވަން ކުރުމާއި، ހަމާސް އިން ޣައްޒާ ކޮންޓްރޯލް ކުރުން ހުއްޓާލަން ވެސް ޖެހޭ ކަމަށެވެ.

މަސްދަރު: ބްލޫމްބާގް

އިޒްރޭލް-ފަލަސްޠީންޖަރުމަނުއދހަމާސްޣައްޒާޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް