Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

2016 ވަނަ އަހަރުން ފެށިގެން ރޭސިންގެ ހަރަކާތެއް ނުހިންގާ ޖަމިއްޔާއެއް އެންޑޯޒް ކޮށްދިނުމަށް މިނިސްޓަރު ރާފިއު މަސައްކަތް ކޮށްފި

މިނިސްޓަރުންނާއި ސިޔާސީ ބޭނުންތަކުގައި ކުޅިވަރުތައް ހަލާކު ނުކުރުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ނޮވެމްބަރު 2025 | ބުރާސްފަތި 14:29
ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިވެއްޓެއްގެ ތެރެއިން

ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިވެއްޓެއްގެ ތެރެއިން

ގަވާއިދުން ރާއްޖޭގައި ރޭސިންގެ ހަރަކާތްތައް ކުރަމުން އަންނަ ޖަމިއްޔާ އޮއްވާ، 2016 ވަނަ އަހަރުން ފެށިގެން ރޭސިންގެ ހަރަކާތެއް ނުހިންގާ ޖަމިއްޔާއެއް އެންޑޯޒް ކޮށްދިނުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މަސައްކަތް ކުރައްވައިފި އެވެ.

ސްޕޯޓްސް މިނިސްޓަރުގެ ސިޓީއަކުން ލިބުނު ގެއްލުން ހާމަކޮށް ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުނު ފެޑެރޭޝަން އިންޓަރނޭޝަަލް ދި އޮޓޯމޮބައިލް (އެފްއައިއޭ) ގެ މެންބަރުކަން ލިބުނު ކަމަށެވެ. އަދި ފެޑަރޭޝަން އިންޓަރނޭޝަނަލް ދި މޮޓޯސައިކްލްސްމި (އެފްއައިއެމް) ގެ މެންބަރުކަން ހޯދުމަށް ލިޔެކިޔުންތައް ފޮނުވާފައިވާ އިރު ޑިސެމްބަރު މަހު ސްވިޓްޒަލޭންޑުގައި ބާއްވާ އެފްއައިއެމްގެ ޖެނެރަލް އެސެމްބްލީ އަށް ދިއުމަށް ދައުވަތު ލިބުނު ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓަރުގެ ސިޓީއާއި ގުޅިގެން އެފްއައިއެމް އިން އިވެލުއޭޝަން ޕްރޮސެސް ހަދަންޖެހޭ އިރު، މިކަމާއި ގުޅިގެން އެ ޖަމިއްޔާއިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަށް ވެސް މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ. އަދި ގައުމީ ކުޅިވަރު ޖަމިއްޔާތައް އެކްރެޑިޓް ކުރަންޖެހެނީ ސްޕޯޓްސް ކޮމިޝަނަރަށް ވެފައި މިނިސްޓަރު ރާފިއު އެންޑޯސްމަންޓް ސިޓީއެއް ދިނީ ކޮން ހައިސިއްޔަތަކުންތޯ ވެސް އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދަވާފަ އެވެ.

އެސޯސިއޭޝަންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކުޅިވަރާއި ނުގުޅޭ ސަބަބަކާއި ގުޅިގެން ސަރުކާރުން އިވެންޓްތައް ހުއްޓުވުވާފައި ވުމާއި، ލިބުނު ގެއްލުމުގެ ބަދަލު ދޭނެކަމަށް ބުނެ ނުދިނުމާއި، އިވެންޓް ހުއްޓާލި ސަބަބު ބަޔާންކޮށް ސަރުކާރުން ލިޔުމެއް ނުދިނުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލުކުރުމަށް އެދުނު ސިޓީއަށް ވެސް ޖަވާބެއް ނުދޭ ކަމަށެވެ.

ރޭސިންގ އެސޯސިއޭޝަނުން ވަނީ މިނިސްޓަރުންނާއި ސިޔާސީ ބޭނުންތަކުގައި ކުޅިވަރުތައް ހަލާކު ނުކުރުމަށް އެދިފަ އެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް އެދި މިނިސްޓަރަށް ސިޓީއެއް މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ނަމަވެސް އެ ސިޓީއަށް ވެސް ޖަވާބެއް ނުދޭކަން އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވީ ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ރޭސިންގ އަދި މޮޓޯ ކުޅިވަރުގެ ދާއިރާއިން އެފްއައިއޭ އިން ބަލައިގަންނަ ގައުމީ އިދާރާ ކަމަށެ އެވެ. ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބަދަލުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ އެފްއައިއޭ އަށް ސިޓީއެއް ފޮނުވާފައި ކަމަަށާއި، އެއީ ގާނޫނާ ހިލާފު އަދި އެފްއައިއޭގެ އިޖުރާއަތްތަކާ ހިލާފު އަމަލެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.

އަބްދުﷲ ރާފިއުރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު