Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީހުން ޓްރެފިކް ކުރުން

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

ދައުވާ އުފުލާފައިވަނީ ކެންޔާ އަންހެނަކު ލައްވައި ފައިސާއަށް ހަށިވިއްކުމުގެ އަމަލު ހިންގުވުމާ ގުޅޭ މައްސަލައެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 06:25
ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވިކަން ސާބިތުވި ނަމަވެސް ހަމަ އެ މައްސަލައިގައި އުފުލާފައިވާ މީހުން ޓްރެފިކް ކުރުމުގެ ކުށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

މި މައްސަލައިގައި ސ ހިތަދޫ ސައުތުކްރޯސް މޫސާ މުންތަސިމްގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ.

Advertisement - newsAdvertisement

އެ ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ކެންޔާ އަންހެނަކު ލައްވައި ފައިސާއަށް ހަށިވިއްކުމުގެ އަމަލު ހިންގުވުމާ ގުޅޭ މައްސަލައެއްގައެވެ.

ކެންޔާ އަންހެން މީހާ  ލައްވައި ހަށި ވިއްކުވި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި "މީހަކު ލައްވާ ހަށިވިއްކުވުމުގެ ކުށުގެ ދައުވާ" ސާބިތުވެ، ހަތް އަހަރަށް ޖަލަށް ލާން 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުންވެސް 2021 ވަނަ އަހަރު ވަނީ ތާއީދު ކޮށްފައެވެ.   

އެހެންނަމަވެސް، މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓުންވެސް ނިންމީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނީ ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ރާއްޖެ އައީ އޭނާގެ އަމިއްލަ ރުހުމުގައިކަން އެނގެން އޮންނަ ކަމަށާއި، އޭނާ ލައްވާ ހަށި ވިއްކުވާފައިވަނީ ގަދަކަމުން ނޫންކަމަށް އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން ހަށި ވިއްކުވިކަން ސާބިތުވިނަމަވެސް، މިއީ ޓްރެފިކިންގ އަށް ފެތޭ މައްސަލައެއް ނޫންކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީއެވެ.

ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

މީހުން ޓްރެފިކް ކުރުވުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ މީހުން ޓްރެެފިކް ކުރުމަކީ ކުށެއް ކަމަށާއި، ޓްރެފިކް ކުރުމާ ގުޅޭ ކޮންމެ އަމަލަކީ ޓްރެފިކް ކުރުން ކަމަށް ބެލެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ލާޒިމު ކުރުވުމާއި، އޭނާ ލައްވާ މަސައްކަތް ކުރުވުމަށް ޝަރުތުކޮށް ޤާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއް ކުރުވުމަކީވެސް ޓްރެފިކް ކުރުން ކަމަށް ބެލެވޭނެ ކަމަށް ހިމެނިފައިވެއެވެ.

އަދި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުންކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، އެ ޤާނޫނުގެ ދަށުން މީހަކު ޓްރެފިކް ކުރުމަށް މުންތަސިމް ކޮށްފައިވާ އަމަލަކީ ކޮބައިކަން ދަށު ކޯޓުގެ ޝަރީއަތުގެ މަރުޙަލާގައި ދައުލަތުގެ ފަރާތުން އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

އަދި ފަހުން ހައިކޯޓުގައި އަލިއަޅުވާލާފައިވާ މާއްދާތަކަކީ އެއްވެސް ވަރަކަށް ދަށު ކޯޓުގެ މަރުޙަލާގައި އުންސުރުތައް ސާބިތު ކުރުމަށް ދައުލަތުން ބޭނުން ކޮށްފައިވާ މާއްދާތަކެއް ނޫންކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ޓްރެފިކިންގ ގެ ކުށް ސާބިތުނުވާކަމަށް ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއިންސާނީ ވަގުފާރިމީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު