Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ދީދީ

ފޮޓޯ ޓެކްނިކް މުހައްމަދު ދީދީ ނިޔާވެއްޖެ

8 ނޮވެމްބަރު 2025 | ހޮނިހިރު 14:05

މުހައްމަދު ދީދީ އަކީ 1980 ގެ އަހަރުތަކުގައި ރާއްޖޭގައި ޒަމާނީ ފެންވަރުގެ ސްޓޫޑިއޯ އެއް ޤާއިމްކޮށް ފޮޓޯގްރަފީ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރަކަށް ތަރައްޤީކުރި ބޭފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ނޮވެމްބަރު 2025 | ހޮނިހިރު 14:05
ފޮޓޯ ޓެކްނިކް މުހައްމަދު ދީދީ

ފޮޓޯ ޓެކްނިކް މުހައްމަދު ދީދީ

ފޮޓޯގްރަފީގެ ދާއިރާ އިން ރާއްޖެ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، ހ.ފުލިދޫގެ މުހައްމަދު ދީދީ (ފޮޓޯ ޓެކްނިކް މުހައްމަދު ދީދީ) ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވެފައި ވަނީ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށެވެ.

Advertisement - newsAdvertisement

އޭނާ އަކީ ރާއްޖޭގައި 80ގެ އަހަރުތަކުގައި ޒަމާނީ ފެންވަރުގެ ސްޓޫޑިއޯ އެއް ޤާއިމްކޮށް، ފުޅާ ދާއިރާ އެއްގައި އެ މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ އަކީ އޭޑަބްލިއުއޭއައި - އެމެރިކަން ރައިޓަރސް އެންޑް އާޓިސްޓްސް އިންކޯޕަރޭޓެޑް އިން ތަމްރީނު ކުރި ކޮޕީރައިޓަރެއް، އަދި ޕްރޮފެޝަނަލް ރައިޓަރސް އެސޯސިއޭޝަންގެ މެމްބަރެއް ވެސް މެ އެވެ.

1980 އިން ފެށިގެން އޭނާ ވަނީ މާކެޓިން ދާއިރާގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ފޮޓޯގްރަފީ ދާއިރާ އަށް މުހައްމަދު ދީދީ ވަނީ މުހިންމު ޚިދުމަތްތަކެއް ކުރައްވާފަ އެވެ. އޭނާ އަކީ ކޮޕީރައިޓަރެއްގެ ގޮތުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ ރާއްޖެ އަށް ރީތި ނަން ހޯދައި ދެއްވާފައި ވާތީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު 1986 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ ޢާންމު ޚިދުމަތުގެ އިނާމު މުހައްމަދު ދީދީ އަށް 1990 ވަނަ އަހަރު ލިބިފައިވާ އިރު އެ އިނާމް އޭނާ އަށް ދީފައި ވަނީ ފޮޓޯގެ މަސައްކަތް ރާއްޖޭގައި ތަރައްޤީކުރުމުގެ ރޮނގުންނެވެ. މުހައްމަދު ދީދީ އަކީ ރާއްޖޭގައި ފޮޓޯ ނެގުމަށް މަޝްހޫރު މީހުން މަދު ދުވަސް ވަރު އެ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރަކަށް ކުރައްވާފައިވާ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.

އޭނާ ފޮޓޯގެ މަސައްކަތް ފުރަތަމަ ފަށްޓަވާފައި ވަނީ އެމް.އެސް.އެލް.ގެ ބޯޓެއްގެ ވަޒީފާގައި އުޅުއްވަމުންނެވެ. އެއަށްފަހު 1970 ވަނަ އަހަރު ވަކި ޚާއްޞަ ތަނެއް ވަނީ ހައްދަވާފަ އެވެ. މީގެ އިތުރުން މިމަސައްކަތް ކުރެއްވުމުގައި ބޭރުގެ އެކިއެކި މަޢުރަޟުތަކުގައި އޭނާގެ ފޮޓޯ ބައިވެރިކުރައްވައިގެން ވަނަތައް ހާސިލްކުރައްވާފައިވެ އެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި ކަމުގައިވާ ކޮޑެކް ކުންފުނީގެ ބައެއް މަސައްކަތްތަކުގައި މުހައްމަދު ދީދީ ވަނީ ބައިވެރި ވެވަޑައިގަންނަވާފަ އެވެ.

މުހައްމަދު ދީދީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް