Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮޓޯ ނަގައިގެން ހައްޔަރު ކުރި

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އިމިގްރޭޝަނާ ހަވާލު ކުރީ ރޭގެ ވަގުތެއްގައި

ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 13:15
ޖަރުމަރު ވިލާތުގެ ނާސިރީ ހޮނަރވަރ - އެމްޑީޕީ ހަރުގެ ކައިރި ފޮޓޯ ނަގައިގެން ވަނީ ހައްޔަރު ކޮށްފައި

ޖަރުމަރު ވިލާތުގެ ނާސިރީ ހޮނަރވަރ - އެމްޑީޕީ ހަރުގެ ކައިރި ފޮޓޯ ނަގައިގެން ވަނީ ހައްޔަރު ކޮށްފައި

އެމްޑީޕީ ހަރުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި ފާސްކުރަނިކޮށް އެތަން ފޮޓޯ ނަގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ރޭ އިރާކޮޅު ގެންދިޔަ ފަތުރުވެރިޔާ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ. ރޭ ފުލުހުން ހައްޔަރު ކުރީ ޑަޗް މީހެއް ކަމަށް ކުރިން ރިޕޯޓް ކުރެވިފައިވީ ނަމަވެސް އެއީ ޖަރުމަނުވިލާތުގެ ރައްޔިތެއް ކަމަށް މިހާރުވަނީ ކަށަވަރު ކުރެވިފައެވެ. ހައްޔަރު ކުރި މީހާއަކީ އީރާނަށް އުފަން ޖަރުމަރު ވިލާތުގެ ނާސިރީ ހޮނަރވަރ ކިޔާ މީހެކެވެ.

މިއީ ފޮޓޯގްރަފީ ކިޔަވާ ދަރިވަރެއް ކަމަށާއި، އޭނާ ރާއްޖެ އައިސް އުޅެނީ ޗުއްޓީއެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement - newsAdvertisement

ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ހައްޔަރު ކުރުމުން ފުލުހުންނަށް އޭނާ އެއްބާރުލުންދީ ކެމެރާ ފުލުހުންނަށް ހަވާލު ކުރިއެވެ. އަދި ފަހުން އޭނާއާ އެކު ފުލުހުން އޭނާ ހުރި ގެސްޓް ހައުސްއަށް އައިސް ޗެކްއައުޓު ކުރުމަށްފަހު ހުރިހާ ސާމާނެއް ވަނީ ގެންގޮސްފައެވެ.

މިމީހާ އިމިގްރޭޝަނާ ހަވާލުކުރީ އޭނާ ހައްޔަރު ކުރިތާ އިރުކޮޅެއް ފަހުން ކަމަށްވެސް އެނގިފައިވެ އެވެ. ރޭ އިރާކޮޅުގެ ވަގުތެއްގައި ކުއްލިއަށް އެމްޑީޕީގެ ހަރުގެއަށް ފުލުހުން ވަދެ އެތަން ވަނީ ކޯޓު އަމުރެއްގެ ދަށުން ޗެކް ކޮށްފައެވެ. އޭރު އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެ ފޮޓޯއާ މަންޒަރު ވީޑިއޯ ކުރަމުން ގެންދިޔައެވެ. ރާއްޖެއެމްވީއަށް ކޮޕީ ފެނިފައިވާ، ފުލުހުން ގެންގުޅުނު ކޯޓު އަމުރުގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިއްޒަތްތެރިންތަކެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއް އެމްޑީޕީގެ ހަރުގޭގައި ހިންގަން ރާވާ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ހަރުގެ އާއި ހަރުގޭގައި ތިބި މީހުންނާއި ހަރުގެ ހިންގާ އިމާރާތަށް ނިސްބަތްވާ މީހުން ބަލައި ފާސްކުރާ ވާހަކަ އެވެ. ފުލުހުން ގިނަ އިރު ތަކެއް ވަންދެން އެތެރެއާ ބޭރު ޗެކް ކުރުމަށްފަހު އެތަނުން ގެންދިޔަ މައިގަނޑު އެއްޗަކީ ފޮތި ރޯލެއް ކަމަށް އެނގިފައިވެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު