Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާއަށް ސްކޫލް ހޯލު ތައްޔާރުކޮށް ނިމުމުން، ހޯލް ކުއްޔަށް ދޭން މިނިސްޓްރީ އިން ހުއްދައެއް ނުދިން

ހޯރަފުށީ ދުވަހުގެ މި އަހަރުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮއްދެއްވާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 08:34
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ އަށް އެރަށު ސްކޫލް ހޯލު ތައްޔާރު ކުރެވިފައި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ އަށް އެރަށު ސްކޫލް ހޯލު ތައްޔާރު ކުރެވިފައި

ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަގުތު ކުޑަތަންވީ އިރުވެސް، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހއ. އަތޮޅު މަދަރުސާގެ ހޯލު ކުއްޔަށްދިނުމުގެ ހުއްދަ ނުދިނުމުގެ ސަބަބުން އެ ޖަލްސާ އެހެން ސަރަހައްދެއްގައި ބާއްވަން ނިންމައިފި އެެވެ.

ޖަލްސާ އެހެން ސަރަހައްދެއްގައި ބާއްވަން ހަމަޖެހިފަވާއިރު، ކައުންސިލުން ވަނީ މި ހާއްސަ ޖަލްސާ ބޭއްވުމަށްޓަކައި ސްކޫލް ހޯލު ތައްޔާރުކޮށްވެސް ނިންމާފަ އެެވެ.

މިކަމާ ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯރަފުށީ ދުވަަހުގެ ރަސްމީ ޖަލްސާއަށް ސްކޫލް ހޯލު ކުއްޔަށް ހިފުމަށް އެދި އޮކްޓޯބަރު 22 ވަނަ ދުވަހު ރަސްމީކޮށް އެދިފައި ވާނޭކަމަށެވެ. އެހެން ކަމުން އާއްމު އުސޫލުގެ ތެރެއިން ސްކޫލް ހޯލު ތައްޔާރުކޮށް ބުދަ ދުވަހުގެ ރޭ، މި ޖަލްސާގެ ރިހާސަލްވެސް ސްކޫލް ހޯލުގައި ބާއްވާފައި ވެއެެވެ. ނަމަވެސް ޖަލްސާ ބޭއްވުމަަށް ހަމަޖެހިފައިވާ 30 އޮކްޓޯބަރު 2025 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހި އިރުވެސް އެޑިއުކޭަޝަން މިނިސްޓްރީގެ ފަރާތުން ހޯލު ކުއްޔަށް ދިނުމާދޭތެރޭ ގޮތެއް ނިންމާފައެެއް ނުވެއެވެ.

އަޅުގަނޑުމެންގެ ކައުންސިލް އަދި މުޅި ރަށުގެ ރައްޔިތުން ހިމެނޭހެން މި ދަނީ، ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާއަަށް ވަރަށް ފޯރިއާއެކު ތައްޔާރުވަމުން، އެގޮތުން ގައުމީ ފެންވަރުގެ ޖަލްސާއެއް ބޭއްވުމަށްޓަކާ ހޯރަފުށީ ސްކޫލްގެ ހޯލު ވާނީ ތައްޔާރުކޮށްފަ. އަދި މިކަމަށްޓަކާ ހުއްދައަށް އެދެންޖެހޭ ފަރާތްތަކުގަ ހުއްދައަށްވެސް އެދިފަވާނީ، ނަމަވެސް ހުރިހާ ތައްޔާރީ ތަކެއް ނިމުމުން އެޑިއޫކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލް ހޯލު ކުއްޔަށް ދިނުމަށް މިވަނީ ހުރަސް އަޅާފަ. ސްކޫލް ހޯލު ކުއްޔަށް ނުދިނަސް މި ޖަލްސާ ކުރިޔަށް ދާނެ. މިހާރު ރަށުގެ ބަނދަރު ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ވަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ޝެޑިއުލް އާ އެއްގޮތަށް މި ޖަލްސާ އެންމެ ފުރިހަމަ އަށް ކުރިޔަށްދާނެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ އެރަށު ބަނދަރު ސަރައްދުގައި ބޭއްވުމަށް ތައްޔާރު ކުރަނީ

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ އެރަށު ބަނދަރު ސަރައްދުގައި ބޭއްވުމަށް ތައްޔާރު ކުރަނީ

ހޯރަފުށީ ދުވަހުގެ މި އަހަރުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެވެެ. މީގެ އިތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމްވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ޞާލިހް ގެ ވެރިކަމުގައި ހޯރަފުއްޓަށް ވަނީ އެރަށުގެ ތާރީހުގައި ވެސް ނުދެކޭފަދަ ތަރައްގީ ގެ މަޝްރޫއު ތަކެއް ހިންގަވާފަ އެވެ. މީގެ ތެރެއިން ހޯރަފުށީ އެއަރޕޯޓް، ހޯރަފުށީގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުން، ހޯރަފުށި އައިސް ޕްލާންޓް، ބިއްލޫރި ފުޅީގައި ފެންބަންދުކުރާ ބޮޓެލިން ޕްލާންޓް އަދި ރަށުގެ ގޮޑުދައް ހިމާޔަތް ކުރުމަށްޓަކާ ޖިއޯ ބޭގް ޖަހައިގެން ހިއްކާފައިވާ ކުޑަ 3 ރަށުގެ މަސައްކަތް ފާހަގަކޮށްލެވެ އެެވެ.

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާގައި އެކި އެކި ދާއިރާއިން ހޯރަފުއްޓައް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެކި ދާއިރާތަކުން އެވޯޑު ދިނުމަށް ހަމަޖެހިފައި ވެއެެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ.

ހޯރަފުށި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
31 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
31 އޮކްޓޯބަރު 2025

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
31 އޮކްޓޯބަރު 2025

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
31 އޮކްޓޯބަރު 2025

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން

30 އޮކްޓޯބަރު 2025
ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު