Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށު ފެންވަރުގެ ޚިދުމަތް

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

އެއަރޕޯޓު ހެދީ ބަލި މީހުންނަށް ފަސޭހަ އަކަށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2025 | ހުކުރު 08:13
'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާ ގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ

'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާ ގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ

ރަށު ފެންވަރުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ތަކަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޯރަފުށީގައި ބޭއްވި "ހޯރަފުށީ ދުވަސް" ޖަލްސާގައި ކުރީގެ މެންބަރު ސަލީމް ވިދާޅުވީ އެއަރޕޯޓު ހަދައި ތަރައްގީ ކުރީ ބަލި މީހުންނަށް ފަސޭހަ އަކަށް ކަމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުމަށް ކަމަށެވެ. އެ ސަރަހައްދުގައި ވިޔަފާރިތައް ފުޅާކޮށް، ރިސޯޓުތައް ތަރައްގީ ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މަގުސަދު ހާސިލް ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

Advertisement - newsAdvertisement
ރައީސްގެ ހިތްވަރުން އާޒިމްގެ މިންނަތް މަސައްކަތުން މުޅި ސަރުކާރުގެ އެއްބާރުލުމާ އެކު އަޅުގަނޑުމެންނަށް އެކަން އެ އޮތީ ކާމިޔާބު ކުރެވިފައި. އެކަމަކު ލައްކަ މަސައްކަތް އަދި އެބަހުރި ކުރަން. ކޮބައިތޯ އެއަރޕޯޓު ވަށައިގެން އަންނަން ޖެހޭ ތަރައްގީ. ކޮބައތޯ އެއަރޕޯޓު އެ އަރޕޯޓަކަށް ހެދުމަށްޓަކައި ހުޅުވެން ޖެހޭ ރިސޯޓު ތައް. ކޮބައިތޯ އެއާ ގުޅިގެން އަންނަން ޖެހޭ އިތުރު ވިޔަފާރި ތައް. އެކަންއެކަން ކުރަންވީ ވަގުތު މިއަދު އަޅުގަނޑުމެން ގުނަމުން މި ދަނީ. އެއާ އެކީގައި ނޫން ގޮތަކަށް އެއަރޕޯޓުގެ ހަގީގީ ފައިދާއެއް އަޅުގަނޑުމެންނަށް ނުފެންނާނެ އެނގޭތޯ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ ލައްކަ މަސައްކަތް ކުރަން އެބަ އޮތޭ.
ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ގައި، އެ ރަށެއްގެ ފެންވަރު ގައި ހުރިހާ ޓެސްޓު ތަކެއް ހެދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވަނީ ބައިނަލް އަގުވާމީ ޚިދުމަތްތައް ކަމަށެވެ.

ނަމަވެސް މި ސަރުކާރުގައި މިއަދު ވެސް ރައްޔިތުން އަޑު އަހަމުން ދަނީ ރަށު ފެންވަރުގެ ލެބޯޓްރީ ޓެސްޓު ހެދުމާއި، ރަށު ފެންވަރުގެ އިމްތިހާންތައް ބާއްވައި، ރަށުގެ ޚިދުމަތްތައް ދޭ ވާހަކަ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި މިގޮތް ރައްޔިތުން ބޭނުން ނުވާ ކަމަށާއި، ރަށުން ޚިދުމަތްތައް ފުޅާވެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވަށައިގެން މިހުރި ގައުމުތަކުގައި ދެވޭ ޚިދުމަތް ހޯރަފުށީ ގައި ވެސް ތުރާކުނުގައި ވެސް އުލިގަމުގައި ވެސް ދެވުން އެއީ ރައްޔިތުން އެދޭ ގޮތް. އެ ކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ. ރަށު ފެންވަރުގައި ލެބޯޓްރީ ޓެސްޓެއް ނުހުންނާނެ. ރަށު ފެންވަރުގައި ބަލި މަޑުކަމެއް ވެސް ނުހުންނާނެ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މިއަދު އަޅުގަނޑުމެންނަށް މަޑު ކުރެވޭކަށް ނެތޭ ހޮސްޕިޓަލް އެދާ ސްޕީޑްގައި ކުރިއަށްދާ ތަން ބަލާކަށް. އެއަށްވުރެ އަތް މަތި އަވަސް ކުރަން ޖެހޭ. އަޅުގަނޑުމެންނަށް މިރަށުގެ ދަރިންނަށް މިރަށުގައި ތިބެ ޚިދުމަތް ލިބޭނެ މަގުތައް އަވަހަށް ތަނަވަސްވާން ޖެހޭ. ބައްލަވާ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކިތައް އާއިލާތޯ މިރަށުން އެ ދިޔައީ. ތަރައްގީ މިނާ އެއް މިންގަނޑަކީ އެރަށެއް އާބާދުވާ ނިސްބަވް ކަމަށް ވަންޏާ އަޅުގަނޑުމެން މިދަނީ ފަހަތަށް. ހަގީގަތް ގަބޫލު ކުރައްވާ. އަޅުގަނޑުމެން މިދަނީ ފަހަތަށް.
ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ އެ ރަށަކުން އާއިލާތައް މާލެ އަށް ހިޖުރަ ކުރުމަކީ ރަށަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. މި އުސޫލު ބަދަލު ނުކުރެވޭހާ ހިނދެއް ގައި ހަމަޖެހިގެން ތިބެވެން ނެތް ކަމަށާއި، ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަހުމަދު ސަލީމްހޯރަފުށިހޯރަފުށީ ދުވަސްރަށު ފެންވަރުގެ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު