Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންވެރިޔާ ސްކީމް

މާލެ ސަރަހައްދުން ދިން ގޯތިތައް އަތުލާ ވާހަކަ ފަލާހު ބުނުމުން އަޅުގަނޑަށް ވަރަށް ޕްރެޝަރ ބޮޑުވެއްޖެ: މެމްބަރު ޒަމީރު

ފަލާހު ވިދާޅުވީ ކުރީގެ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ދައުލަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 04:53
މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، އަހުމަދު ޒަމީރު

މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، އަހުމަދު ޒަމީރު

ނިމިދިޔަ ސަރުކާރުން އެކުލަވާލި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދައްކަވާފައިވާ ވާހަކަތަކަށް އެ ޕާޓީގެ، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، އަހުމަދު ޒަމީރު ރައްދު ދެއްވައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންނަށް ދީފައިވާ އެ ބިންތަކުގައި ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީ، ގޯއްޗެއް ރާނާފައި ހުރިއްޔާ އެ ތަނެއްގެ ބަދަލު ވެސް ދިނުމަށް ފަހު އެ ތަންތަން ދައުލަތަށް ނަގަންޖެހޭ ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ފަލާހުގެ އެ ވާހަކަތަކުގެ ސަަބަބުން ވަރަށް ބޮޑަށް އާއްމުންގެ ޕްރެޝަރ ކުރިމަތިވި ކަމަށެވެ. ޒަމީރު ވަނީ ފަލާހުގެ ވާހަކަތަކާއި ގުޅިގެން އާއްމުންގެ ކިބައިން ލިބުނު ޝަކުވާތަކަށް ޖަވާބުދީ ޑެމޭޖް ކޮންޓްރޯލް ކުރުމަށް މަަސައްކަތް ކުރައްވާފަ އެވެ. އަދި މާލެއިން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް ސަރުކާރުން އަތު ނުލާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މީހަކަށް ލިބިފައި އޮތް ގޯއްޗެއް މި ސަރުކާރަކުން ނައަތުލާނެޔޭ، އެ ޔަގީންކަން އަޅުގަނޑު ދެން. އެއީ މި ސަރުކާރުގެ ވިސްނުމެއް ނޫން. އެ ގޯއްޗެއް އޮތް ތަނަކުން ދޭނެ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ބިން ހިއްކަނީ މާލެ އެކޭ އެއްފަދައިން ލޯނުތަކުގެ އެހީގައި ކަމަށާއި ގޯތި ދިނުމުގައި ގެންގުޅެން ވާނީ އެއް އުސޫލެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރު ބަދަލުވި އިރު ވެސް ގޯތި ދޫކުރި ހުރިހާ ސަރަހައްދެއް ވަނީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. ބޮޑު ބައެއް ނިމިފައިވަނިކޮށް، މިސަރުކާރުން ވަނީ އެމަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހުއްޓުވައި، ބޯހިޔާވަހިކަމަށް ފުށިދިއްގަރުފަޅުގެ މަޝްރޫއު ފަށާފަ އެވެ. މި މަޝްރޫއުގެ މަސައްކަތް "ރަސްމާލެ" ނަމުގައި ހިއްކަން ފަށާފައިވަނީ 18 ޑިސެންބަރު 2023 ގަ އެވެ. ނަމަވެސް އެމަޝްރޫއު ވެސް ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އިބްރާހިމް ފަލާހްއަޙްމަދު ޟަމީރުބިންވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
އެއްވެ އުޅުމުގެ ގާނޫނު އުވާލުމުން ހުކުރު ވަގުތު ޚުތުބާ ކިޔަނިކޮށް އެމްޑީޕީ މެމްބަރުން އެއްވެދާނެ ކަމުގެ ކަންބޮޑުވުން ޕީއެންސީ ގެ ޕީޖީ ލީޑަރު ފާޅު ކުރައްވައިފި

އެއްވެ އުޅުމުގެ ގާނޫނު އުވާލުމުން ހުކުރު ވަގުތު ޚުތުބާ ކިޔަނިކޮށް އެމްޑީޕީ މެމްބަރުން އެއްވެދާނެ ކަމުގެ ކަންބޮޑުވުން ޕީއެންސީ ގެ ޕީޖީ ލީޑަރު ފާޅު ކުރައްވައިފި

19 ނޮވެމްބަރު 2025
ކުރީ ސަރުކާރުގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ މެންބަރު ފަލާހު ދޮގު ހަދައިފި

ކުރީ ސަރުކާރުގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ މެންބަރު ފަލާހު ދޮގު ހަދައިފި

17 ނޮވެމްބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

ގިރާވަރުފަޅުން ލިބިފައި ހުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމުން ރައްޔިތުން ރަތަށް!

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު