Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ބިލު

މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު

މީޑިއާ ކޮންޓްރޯލް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 04:00
އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ: ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް ކަމަށް

އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ: ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް ކަމަށް

މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސް ކުރި މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅުއަޅަމުން ގެންދާނީ "ސެލެކްޓިވް" ކޮށް ވަކި މީޑިއާތަކަށް ކަމަށާއި ހުރިހާ މީޑިއާތަކަށް ފިޔަވަޅު ނާޅާނޭ ކަަމަށް އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ފިޔާޒް މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިވަން މީޑިއާ އާއި މިނިވަން ހިޔާލުގައި ތަޅު އަޅުވާ ބިލް ފާސްނުކަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުފަރާތްތަކުން އިހުތިޖާޖުކުރަމުން ދަނިކޮށް، އެ ބިލް އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު ފާސްކުރިއިރު އަންގާރަ ދުވަހު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ކައިރީގައި ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އަދި ބިލު ފާސް ކުރީ ބިލާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި މުޒާހަރާ ކުރަނިކޮށް ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށް ފަހުގައި އެވެ. މި މި ބިލު ފާސްކުރީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ 60 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލުން ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކާއި ރަޖިސްޓާ ނުކޮށް ހިންގާ ވެބްސައިޓުތަކުގެ އިތުރުން ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް ބިލުގައި އެބަހުއްޓެވެ.

އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން ފިޔާޒް ވިދާޅުވީ މީޑިއާ ބިލް މަޖިލީހަށް ވެއްދުމުގެ ކުރިން އެ ބިލަކީ ސަރުކާރާއި އެއްވެސް ގުޅުމެއް އޮތް ބިލެއް ނޫން ކަމަށް ބުނަމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް ބިލް ފާސްކުރި ފަހުން އެ ބިލަކީ ފުލް ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ސަރުކާރުން ފަރުމާކޮށް ހުށަހެޅި ބިލެއް ކަމަށް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އަމިއްލަފުޅަށް ވިދާޅުވެފައިވާ ކަަމަށް އޭނާ ވިދާޅުވީ އެވެ.

އަދި މީގެ އިތުރުން މި ބިލުން ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރާ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބުރާހީމް ފަލާހު ވެސް ވިދާޅުވެފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. އެހެން ކަމުން މީގެ ކުރިން ބިލާއި ގުޅުވައި ސަރުކާރުގެ ފަރާތުން ދައްކަމުންގެންދިޔައީ ދޮގު ވާހަތަކެއްކަން މިއަދު އަމިއްލަ ދުލުން ބުނެފައިވާ ކަން ފިޔާޒު ފާހަގަކުރެއްވި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ދައްކަމުން ދިޔަ ވާހަތަކަށް ބާލާއިރު، ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ ބިލެއް ނޫނޭ. އެހެން ނަމަވެސް މާތްﷲ ގެ މިންވަރުފުޅުން ބިލުގެ ހަގީގަތް ހާމަވެގެން ހިނގައްޖެ. ރައްޔިތުން މަޖިލީހުގެ ރިޔާސަތުން މީ ސަރުކާރުން ހުށަހެޅި ބިލެއްކަމަށް ވިދާޅުވެއްޖެ އަދި ޕީޖީ ލީޑަރު ވިދާޅުވެއްޖެ މި ބިލުގެ ދަށުން ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރެވޭނެ ކަމަށް. އެހެންވީމަ އެ ބޭފުޅުން މައިގަނޑުގޮތެއްގަ ބިލް ނިންމުމުގެ ކުރިން ދެއްކި ދެ ވާހަކަ ދޮގުކޮށްފަ އެއޮތީ އަމިއްލަ ދުލުން.
އަދަދު ނޫޙުފެ ސީއީއޯ ހުސެއިން ފިޔާސް މޫސާ

އަންގާރަ ދުވަހު މަޖިލިސްކުރާ ގޭ ގޮދޮށުގައި ހިނގާދިޔަ ކަންތައްތަކަށް އަލިއަޅުއްވާލަމުން ފިޔާޒު ވިދާޅުވީ ފުލުހުން ވަނީ ނޫސްވެރިންގެ ތަކެއްޗަށް ގަސްދުގައި ގެއްލުންތަކެއް ދީފައި ކަަމަށެވެ. އެގޮތުން އެ މަންޒަރުތައް ލައިވް ކުރަމުން ގެންދިޔަ އިދިކޮޅު ޓީވީ ޗެނަލްތަކުގެ ކެމެރާތަކަށާއި ބައެއް ނޫސް ވެރިން ގެންގުޅުނު ތަކެއްޗަށް ފުލުހުން ގަސްތުގައި ހަމަލާދީ އެތަކެތި ހަލާކުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ ވެސް ބޭރުކުރީ މަންޒަރުތައް ވަގުތުން ދައްކަމުން ދިޔަ ޓީވީ ޗެނަލްތަކުގެ ކެމެރާމަނުންނާއި މަންޒަރުތަކުގެ ފޮޓޯ ނަގަމުންދިޔަ ފޮޓޯގްރާފަރުން ކަމަށެވެ. އަދި އެގޮތަށް އަމަލުކުރީ ފުލުހުން ކުރަމުން ގެންދިޔަ އަނިޔާވެރި އަމަލުތައް ފޮރުވުމުގެ ގޮތުން ކަމަށާއި އެއީ ފުލުހުންނަށް ކުރެވޭނޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ފާސްކޮށްފައި އޮތް ބިލުގެ ދަށުން ހުރިހާ މީޑިއާއަކަށް ވިޔަވަޅު ނާޅާނޭ ކަމަށާއި މި ބިލުގެ ދަށުން ސަރުކާރުން ދާނީ "ސެލެކްޓިވް ޖަސްޓިން" ނުވަތަ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް ފިޔަވަޅު އަޅަމުންކަމަށެވެ.

އެގޮތުން ކުރެވިފައި ހުރި ތަޖުރިބާއަށް ބަލާއިރު ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭ ޗެނެލްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޔަވަޅު އަޅާނީ ޗެނަލް 13 އަށް ކަމަށާއި އޭގެ ފަހުގައި ދެން ރާއްޖެ ޓީވީ ކަމަށް ފިޔާޒު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ސަރުކާރަށް ފާޑުކިޔަމުން ގެންދާ އަދަދު ނޫހާއި ދައުރު ނޫސްފަދަ ނޫސްތައް ވެސް ދުއްވާލާނެ ކަމަށް ފިޔާޒް ވަނީ ވިދާޅުވެފަ އެވެ.

ދެން އަޅުގަނޑަށް ވެސް އެނގޭ އެތަނެއްގަ އެންމެ ބޮޑަށް ފިޔަވަޅު އެޅިތަނުގަ އަޅުގަނޑު މަސައްކަތް ކޮށްފަ ހުރީމަ، އެއީ ރާއްޖެ ޓީވީގަ. އެބޭފުޅުން މީގެ ތެރެއިން ދާނީ ސެލެކްޓިވް ޖަސްޓިސް، ސެލެކްޓިވް ކޮށް މީހުންނަށް ފިޔަވަޅު އަޅަމުންދާނީ. އެންމެންނަކަށް ނާޅާނެ ފިޔަވަޅެއް. އަދި ގޯސް ހެދިޔަސް އެންމެންނަކަށް ނާޅާނެ ފިޔަވަޅެއް. އެއީ އެކަން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފަ ހުރީ. އެންމެ ފުރަތަމަ ޗެނަލް 13 ދުއްވާލާނީ. ދެން ރާއްޖެ ޓީވީ ދުއްވާލާނީ. ދެން އަދަދު ނޫސް އަދި ދައުރު ނޫސް، މިހެން ގޮސް މިބޭފުޅުން ނުރުހޭ ކޮންމެ އެއްޗެއް ދުއްވާލާނީ.
އަދަދު ނޫޙުފެ ސީއީއޯ ހުސެއިން ފިޔާސް މޫސާ

މީގެ އިތުރުން ފިޔާޒް ވިދާޅުވީ މިހާރު ފާސްކޮށްފައި ވާ ބިލުގެ ދަށުން އަލަށް ދާއިރާއަށް ނުކުންނަ ނޫސްވެރިންނަށް ވެސް ފުރުސަތު ގެއްލިގެންދާނޭ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ބިލުހުސެއިން ފިޔާޒް މޫސާއެމްޖޭއޭރައްޔިތުންގެ މަޖިލިސްއަހުމަދު ނާޒިމް އިބްރާހިމް ފަލާހްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު