Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

އައްބާސް ނެތް ޙާލަތެއްގައި، ވަގުތީ ގޮތުން ވެރިކަމާ ހަވާލު ވާނީ ނައިބު ރައީސް ކަމަށް ކަނޑައަޅުއްވައިފި

އެކަމާ ގުޅޭ ގޮތުން ފަލަސްޠީނުގެ ރައީސް އައްބާސް ވިދާޅުވެފައި ވަނީ، އެ ޤަރާރުގެ މަޤުސަދަކީ ފަލަސްޠީނުގެ ސިޔާސީ ނިޒާމު ހިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ އެކު، ޤާނޫނީ މުއައްސަސާތައް ދެމެހެއްޓުމެވެ.

ރިޔާސީ މަޤާމު ހުސްވެއްޖެ ހާލަތެއްގައި ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް 90 ދުވަހަށްވުރެ އިތުރުނުވާ މުއްދަތަކަށް ވަގުތީ ރައީސްކަން ކުރައްވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2025 | ހޯމަ 05:34
ފަލަސްްޠީނުގެ ރައީސް މަޙުމޫދު އައްބާސް

ފަލަސްްޠީނުގެ ރައީސް މަޙުމޫދު އައްބާސް

ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ނެތް ޙާލަތެއްގައި، ނުވަތަ ރިޔާސީ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާނީ ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅުއްވައި ޤަރާރެއް ނެރުއްވައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ފަލަސްޠީނުގެ ވަފާ ނިއުސް އެޖެންސީ އިންނެވެ. އެ ޤަރާރުގައި ބުނެފައިވާ ގޮތުން ރިޔާސީ މަޤާމު ހުސްވެ، ފަލަސްޠީނުގެ ޤާނޫނު ހަދާ މަޖިލިސް އުވިފައިވާ ޙާލަތެއްގައި، ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އެގްޒެކްޓިވް ނައިބު ރައީސް 90 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ރައީސްގެ މަޤާމު އަދާ ކުރައްވާނެ އެވެ.

މީގެ އިތުރުން އެ 90 މުއްދަތުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރުމަށް އިންތިޚާބެއް ވެސް ބާއްވަން ޖެހޭނެ އެވެ. ނަމަވެސް، އައު އިންތިޚާބެއް ނުބޭއްވޭ ޙާލަތެއްގައި ފަލަސްޠީން ސެންޓްރަލް ކައުންސިލްގެ ނިންމުމަކުން އެއް ފަހަރު އެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފަލަސްޠީނުގެ ރައީސް އައްބާސް ވިދާޅުވެފައި ވަނީ، އެ ޤަރާރުގެ މަޤުސަދަކީ ފަލަސްޠީނުގެ ސިޔާސީ ނިޒާމު ހިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ އެކު، ޤާނޫނީ މުއައްސަސާތައް ދެމެހެއްޓުމެވެ. އަދި ބާރުތައް ވަކި ކުރުމުގެ ނިންމުން ކަށަވަރުކޮށް، މިނިވަން އަދި އިންސާފުވެރި އިންތިޚާބު ތަކެއްގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ އުސޫލު ޚަރުދަނާ ގޮތެއްގައި ހިފެހެއްޓުން ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފަ އެވެ.

ފަލަސްޠީނުގެ ރައީސް އައްބާސް އައު ޤަރާރެއް ނެރުއްވުމާ އެކު، މީގެ ކުރިން 2024 ވަނަ އަހަރު ނެރުއްވާފައިވާ ކުރީގެ ޤަރާރު މިހާރު ބާތިލު ވާނެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ފަލަސްތީނުޕީއެލްއޯފަލަސްޠީން ސެންޓްރަލް ކައުންސިލްފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު