Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

ވެނެޒުއޭލާ އާ ދެކޮޅަށް ހަނގުރާމަ އެއް އުފައްދަން އެމެރިކާ އިން މަސައްކަތް ކުރާ ކަމަށް އެ ގައުމުގެ ރައީސް މަދޫރޯ ވިދާޅުވެއްޖެ

ވެނެޒުއޭލާ ގެ ރައީސް މަދޫރޯ ވިދާޅުވީ، އެމެރިކާ އިން ކެރިބިއަން ސަރަހައްދަށް އެންމެ ބޮޑު ހަނގުރާމަ މަތީ ބޯޓު ފޮނުވައި، އައު ހަނގުރާމަ އެއް އުފައްދަމުންދާ ކަމަށް. މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުވައި، ވެނެޒުއޭލާގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު އެމެރިކާ އަށް ކުރަމުންދޭ.

ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 08:41
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

އެމެރިކާ ސަރުކާރުން އޭނާއާ ދެކޮޅަށް ހަނގުރާމައެއް "އުފައްދަމުން" ދާކަމަށް، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ ގުޅުން ގޯސް ވަމުން ދާ މި ދަނޑިވަޅުގައި އެމެރިކާ އިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަ މަތީ މަނަވަރު ދެކުނު އެމެރިކާގެ މި ޤައުމާ ދިމާއަށް ފޮނުވާފަ އެވެ.

މިއީ ވެނެޒުއޭލާ ގެ ސަރަހައްދަށް އެމެރިކާގެ އަސްކަރިއްޔާ ޖަމާ ކުރަމުން ގެންދާ އިރު، މަދޫރޯ ގެ ސަރުކާރު ވައްޓާލަން އެމެރިކާ އިން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

މަދޫރޯ ހުކުރު ދުވަހުގެ ރޭ ޤައުމީ ޓީވީ ގައި ވިދާޅުވީ، 90 މަތިންދާބޯޓާއި ހަމަލާދޭ ހެލިކޮޕްޓަރު އުފުލޭ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ވެނެޒުއޭލާ އާ ކައިރިވަމުން ދާއިރު، ޓްރަމްޕްގެ ސަރުކާރުން "އައު ދާއިމީ ހަނގުރާމައެއް އުފައްދަމުން" ދާކަމަށް.

ޓްރަމްޕް ވަނީ މަދޫރޯ އަކީ ނުރައްކާތެރި ގޭންގެއް ކަމަށް ވާ ޓްރެން ޑި އަރާގުއާ ގެ އިސްވެރިޔާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދައްކަވާފަ އެއް ނުވެ އެވެ.

މިދިޔަ އަހަރު ވެނެޒުއޭލާގެ އިންތިޚާބު ވަގަށް ނެގިކަމުގެ ތުހުމަތު މަދޫރޯ އަށް ފުޅާ ދާއިރާއެއްގައި ކުރެވި، އެމެރިކާ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކުން ވަނީ އޭނާ މަގާމުން ދުރުވުމަށް ގޮވާލާފަ އެވެ.

ސަރަޙައްދުގައި ހަމަނުޖެހުން އިތުރު ވަމުންދާ އިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ ވެނެޒުއޭލާ ގައި ސީއައިއޭ ގެ އޮޕަރޭޝަންތަކަށް ހުއްދަ ދެއްވާފައިވާ ކަމަށާއި، ކެރިބިއަންގައި އޮންނަ ވެނެޒުއޭލާ ގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކާ ދެކޮޅަށް އެއްގަމުގެ ހަމަލާތައް ދިނުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ވެނެޒުއޭލާ އަކީ ކޮކޭން ފަތް އުފައްދާ ގައުމެއް ނޫން ކަމަށް މަދޫރޯ ވަނީ ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރ 2 އިން ފެށިގެން، އެމެރިކާގެ ބާރުތަކުން ވަނީ 10 އުޅަނދަކަށް ހަމަލާދީފައެވެ. އޭގެ ތެރެއިން 8 ހަމަލާ ދީފައިވަނީ ކެރިބިއަން ގައެވެ. ހަމަލާތައް ދިން ސަބަބެއް ކަމަށް އެމެރިކާ އިން ބުނެފައި ވަނީ އެ ބޯޓު ފަހަރު ގައި އެމެރިކާ އަށް މަސްތުވާތަކެތި ވަގަށް އުފުލާތީ އެވެ. މި ހަމަލާތަކުގައި މަދުވެގެން 43 މީހުން ވަނީ މަރުވެފައެވެ.

ނިކޮލާސް މަދޫރޯއެމެރިކާ-ވެނެޒުއެލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
05 ޑިސެމްބަރު 2025

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
05 ޑިސެމްބަރު 2025

ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު