Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

250 މިލިއަން ޑޮލަރުގެ ބޯލް ރޫމް އަށް އަމިއްލަ ނަން ދޭން އުޅޭ ވާހަކަ ޓްރަމްޕް ދޮގު ކުރައްވައިފި

ބޯލް ރޫމް އަށް އަމިއްލަފުޅު ނަން ދިނުމާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަ ތަކަަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ ދޮގު ޚަބަރު ތަކެއް ކަމަށެވެ. މިވަގުތު ވަކި ނަމެއް ދިނުމަށް ނިންމާފައި ނުވާ ކަމަށާއި އެއީ ފަހުގެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވައިޓް ހައުސްގައި 300 މިލިއަން ޑޮލަރުގެ އައު ބޯލްރޫމް އެޅުމަށް ޓްރަމްޕް ގަސްދުކުރަނީ އެތަނަށް އޭނާގެ އަމިއްލަ ނަން ދޭން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2025 | ހޮނިހިރު 07:18
ބޯލް ރޫމްގެ ކުރެހުން ފެންނަ ފޮޓޯ އަކާ އެކު ޓްރަމްޕް

ބޯލް ރޫމްގެ ކުރެހުން ފެންނަ ފޮޓޯ އަކާ އެކު ޓްރަމްޕް

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމަށް ފަހު، އެ ތަނުގައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޯލް ރޫމެއް ތަރައްޤީ ކުރަމުން އަންނައިރު، އެ ތަނަށް އަމިއްލަ ނަން ދޭން އުޅޭ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގު ކުރައްވައިފި އެވެ.

ޓްރަމްޕްގެ ނިންމެވުމަށް ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމުގެ މަސައްކަތް ފަށާފައިވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ، 150 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކޮންމެ ރައީސަކު ވެސް ވައިޓް ހައުސްގައި ބޯލް ރޯމެއް (އިވެންޓް ހޯލެއް) ހުރުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެމެރިކާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، ޓްރަމްޕް ބޭނުންފުޅު ވަނީ އެ ބޯލް ރޫމް އަށް އޭނާގެ އަމިއްލަ ނަން ދިނުމަށް ކަމަށެވެ. އޭބީސީ ނިއުސް އިން ބުނެފައި ވަނީ، އެ ބޯލް ރޫމް އަށް ދިނުމަށް ނިންމާފައިވާ ނަމަކީ "ޕްރެޒިޑެންޓް ޑޮނަލްޑް ޖޭ ޓްރަމަޕް ބޯލް ރޫމް" ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިހާތަނަށް 350 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. ބޯލް ރޫމް ތަރައްޤީ ކުރުމުގެ މަޝްރޫއު އަށް ބޮޑެތި އަދަދު ތަކުން ޑޮލަރު ލިބެމުން އަންނާތީ، ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިތުރަށް ލިބުނު ފައިސާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެތައް މިލިއަން ޑޮލަރެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ފައިސާ ޚަރަދު ކުރާނީ ވައިޓް ހައުސް އަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން ވައިޓް ހައުސް އަށް ވަރަށް ބޮަށް އިހުމާލުވެފައިވާ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާގެ މުސާރަ ވެސް ޚަރަދު ކުރަނީ ވައިޓް ހައުސް އަށް ކަމަށެވެ.

ބޯލް ރޫމް އަށް އަމިއްލަފުޅު ނަން ދިނުމާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަ ތަކަަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ ދޮގު ޚަބަރު ތަކެއް ކަމަށެވެ. މިވަގުތު ވަކި ނަމެއް ދިނުމަށް ނިންމާފައި ނުވާ ކަމަށާއި އެއީ ފަހުގެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

90،000 އަކަ ފޫޓުގެ މި އިމާރާތަކީ މިހާރުގެ މައި އިމާރާތާއު، އީސްޓް އަދި ވެސްޓް ވިންގްގެ ޖުމުލަ ބޮޑު މިނުގެ ދެގުނަށް އަށް ވުރެ ބޮޑު އިމާރާތެކެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، މިހާރު ތަރައްޤީ ކުރަމުން އަންނަ ބޯލް ރޫމުގައި 650 މީހުންނަށް އިށީނދެވޭނެ ޖާގަ ހުންނާނެ ކަމަށެވެ. މިއީ މިހާރުގެ އީސްޓް ވިންގްގެ ޖާގަ އަށް ވުރެ ތިން ގުނަ ބޮޑު ޖާގައެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެ މަޝްރޫއު ފައިނޭންސް ކުރުމަށް، އެޕަލް، އެމެޒޯން، ލޮކްހީޑް މާޓިން އަދި ކޮއިންބޭސް ފަދަ ބޮޑެތި ކުންފުނި ތަކުން 25 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މަސްދަރު: އޭބީސީ

ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު