Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ސަރުކާރުން ދެކުނީ ކަމަދޫ ބައި އިލެކްޝަނަކީ ސަރުކާރަށް އޮތް ތާއިދު ފެންނާނެ އިންތިހާބެއް ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 20 އޯގަސްޓު 2017 | އާދީއްތަ 03:11
ރައީސް ޔާމިންެގެ ދެކަނބަލުން ހުޅުމާލޭގައި ޕާކެއް ހުޅުވާލަދެއްވަނީ:-- ކަމަދޫ ބައި އިލެކްޝަނުން ޕީޕީއެމް ވަނީ ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިފަ

ރައީސް ޔާމިންެގެ ދެކަނބަލުން ހުޅުމާލޭގައި ޕާކެއް ހުޅުވާލަދެއްވަނީ:-- ކަމަދޫ ބައި އިލެކްޝަނުން ޕީޕީއެމް ވަނީ ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިފަ

ސަރުކާރަށް އޮތް ތާއިދު ދައްކަން ޕީޕީއެމް އިން ބޭނުން ވެގެން އުޅެމުންދާ ދަނޑިވަޅެއްގައި ލިބުނީ ރަނގަޅު ފުރުސަތެކެވެ. ބ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބޭއްވުން ވީ ސަރުކާރަށް އޮތް ތާއީދު ދައްކާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ކަމަދޫގެ ބައި އިލެކްޝަން ސަރުކާރުން ދެކުނީ އެއީ ރައީސް އަބްދުﷲ ޔާމިނަށާއި ސަރުކާރަށް އޮތް ތާއީދު ދައްކާލާނެ އިންތިހާބެއްގެ ގޮތުގައި އެވެ. އެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ބޭނުންކުރި އަލީ ނާއިޒުގެ ފޮޓޯއަށް ވުރެ ބޮޑީ ރައީސް އަބްދުﷲ ޔާމިންގެ ފޮޓޯއެވެ. އެހެން ކަމުން ސަރުކާރުން ދައްކަން ބޭނުންވި ނަތީޖާ އެހެރީ ކެމްޕެއިން ފޮޓޯތަކުން ސާފުކޮށް ފެންނާނެވެ. ޕީޕީއެމްގެ އިސްވެރިން ކަމަދޫ އަށް ވަޑައިގެން މީހުން ގާތު ވޯޓަށް އާދޭސް ދެންނެވި އެވެ. ޕީޕީއެމްގެ ނުފޫޒުގަދަ ބައެއް ބޭފުޅުން ސަރުކާރުގެ ސިޔާސަތުތައް ވިއްކަން މަސައްކަތްކުރި އެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ފާއިތުވި ދުވަސްތަކުގައި ހޯދި ކާމިޔާބީގެ ވާހަކަތައް އެންމެ ސާފުކޮށް ބުނެދިނުމަށް މާލެއިން ވަފުދުތައް ގޮސް ހޭލާ ތިބެ މަސަކަތް ކުރިއެވެ. ބޭއްވި ކެމްޕެއިން ޖަލްސާގައި ގާތްގަނޑަކަށް 25 މީހުން ބައިވެރިވި ނަމަވެސް ވޯޓުގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތެއް އިތުރަށްވެސް ކުރީ އެވެ.

ދެން އޮތީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓު ނެރިގެން ދައްކަން ބޭނުންވި ނަތީޖާއެވެ. އެމްޑީޕީން ބޭނުންވީ ސަރުކާރަށް އޮތް ތާއިދު ބައި އިލެކްޝަނެއްގެ ނަތިޖާއިންވެސް ދައްކާލާށެވެ. ކެމްޕެއިން ފެށުނީސުރެ ނިމެންދެން އެމްޑީޕީއާއި އެ ޕާޓީއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރާ ބައިވެރިން ތަކުރާރުކޮށް ބުނަމުންދިޔައީ އެ ވޯޓަކީ ސަރުކާރާ ދެކޮޅަށް ދޭ ވޯޓެއް ކަމަށެވެ. ވޯޓު ދޭންވީ ސަރުކާރުގެ ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށް ކަމަށެވެ. ބޭނުންކުރީ ސީދާ އެމްޑީޕީގެ ދިދަ އެވެ. ވިއްކީ އެމްޑީޕީގެ ސިޔާސަތުތަކެވެ. އެމްޑީޕީގެ ވެރިކަމުގައި ކޮށްދިން ކަންތައްކާއި ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ކޮށްދޭން ކަންތައް މި އިންތިހާބުގައި ވިއްކި އެވެ.

ދެން އޮތީ ނަތީޖާ އެވެ. 300 އެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށުގެ މެޖޯރިޓީއެއް ވެސް ސަރުކާރަށް ނުލިބުނެވެ. ޕީޕީއެމް އިން އެރަށް ގޮސް ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ ވަރަށްވެސް ދެރަކޮށެވެ. ކަމަދޫ ރައްޔިތުން ބުނީ ރައީސް އަބްދުﷲ ޔާމިންގެ ފޮޓޯ ޖެހި ކެންޑިޑޭޓަކަށް ވީތީވެސް ތާއިދު ކުރެވެން ނެތް ވާހަކަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ފެއިލް ވުމުގެ އެއް އަސްލަކީވެސް އެރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި ރައީސް ޔާމިންގެ ސިޔާސަތުތައް ވިއްކަން އުޅުމެވެ. ކަމަދޫގެ ރައްޔިތުން ސަރުކާރަށް ބުނެދިން ވާހަކައަކީ މި ކުޑަ އަބާދީގެ ތާއީދު ހޯދޭ ވަރުގެ ކަމެއްވެސް ކޮށްދެވިފައިނުވާ ވާހަކަ އެވެ.

ޕީޕީއެމްގެ މީހުން އެ ރަށުން ފައިބާން ޖެހުނީ ލަދުން މޫނުގައި އަތް އަޅައިގެން ތިބޭ ހާލުގަ އެވެ. ކުޑަ އަބާދީއެއްގެ ތާއީދުވެސް ނުލިބުނީތީ ގަތް ލަދުން އެ ވާހަކަ ދައްކާންވެސް ބޭނުންނުވެ އެވެ.

މި ނަތީޖާއިން އެނގުނީ ރާއްޖޭގެ ކުދި ބޮޑު އެކި އަބާދީގެ ތާއީދު ސަރުކާރަށް ތާއިދު ނެތްވަރެވެ. ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމުން ދެން ވެސް ސަރުކާރަށް އެ ތާއިދު އަނބުރާ ހޯދަން ކުރެވުނު ކަމެއް ނެތްކަން އެބަ އިނގެ އެވެ. ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން މަގުމައްޗަށް ނެރި ކުރާ ކަމަކުން ތާއީދު ނެތްކަން މި އޮތީ ފެންނާށެވެ. ތާއިދު ދައްކަން އުޅެނިކޮށް މި ގަތް ލަދު ވަކި ކުޑައެއް ނޫނެވެ.

އިތުރަށް ކިޔާލަން

07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
01 މެއި 2017

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު