Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

ނަތަންޔާހޫ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މަގާމުން ވަކި ކޮށްފި

އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގަިއ ބުނެފައި ވަނީ، ނަތަންޔާހޫ ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އެންމެ އިސްވެރިޔާ މަގާމުން ވަކި ކޮށްފަ އެވެ. އަދި އެ މަގާމަށް ވަގުތީ ގޮތުން ގިލް ރެއިޗް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވަނީ ގިލް ރެއިޗް ގައުމީ ސަލާމަތާބެހޭ ކައުންސިލުގެ ވަގުތީ އިސްވެރިޔާގެ މަގާމަށް އައްޔަންކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 06:49
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (މެދުގައި)، ޓްޒާޗީ ހަނޭގްބީ (ކަނާއަތުގައި)

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (މެދުގައި)، ޓްޒާޗީ ހަނޭގްބީ (ކަނާއަތުގައި)

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޓްޒަޗި ހަނެގްބީ މަގާމުން ވަކި ކުރައްވައިފި އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގަިއ ބުނެފައި ވަނީ، ނަތަންޔާހޫ ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އެންމެ އިސްވެރިޔާ މަގާމުން ވަކި ކޮށްފަ އެވެ. އަދި އެ މަގާމަށް ވަގުތީ ގޮތުން ގިލް ރެއިޗް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔަކށް ވަގުތީ ގޮތުން ހަމަޖެއްސެވި ގިލް ރެއިޗް މީގެ ކުރިން ހުރީ، އެ ކައުންސިލްގެ ނައިބުގެ މަގާމުގަ އެވެ.

ހަނެގްބީ ވަނީ ވޭތުވެ ދިޔަ ތިން އަހަރު ވަންދެން ގައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ އިސްވެރިޔާގެ މަގާމު ފުރުއްވާފައި އެވެ. އޭނާ ކުރެއްވި މަސައްކަތް ތަކަށް ޝުކުރު އަދާ ކުރައްވާ، ކުރިއަށް އޮތް ދުވަސް ތަކުގައި ކާމިޔާބާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށް ބޮޑުވަޒީރު ނެތަންޔާހޫ ވިދާޅުވި އެވެ.

މި ބަދަލު ގެނެސްފައި މި ވަނީ އިސްރާއީލް އާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލުގެ ސަލާމަތީ އޮނިގަނޑަށް ގެންނަ އެތައް ބަދަލު ތަކެއްގެ ތެރެއިންނެވެ.

ގައުމީ ސަލާމަތާ ބެހޭ ކައުންސިލަކީ އިސްރާއީލުގެ ސަލާމަތީ ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާއެވެ.

މަސްދަރު: ރޮއިޓާސް

ބެންޖަމިން ނަތަންޔާހޫޒާޗީ ހަނެގްބީގިލް ރެއިޗްއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު