Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

"އުފެދުމުގައި ވެސް ވައްކަން، ދެން ވެސް އޮތީ ވައްކަން، ކުރިއަށް އޮތީ ވެސް ވައްކަން"

މި ސަރުކާރުން ކަރަންޓާ ފެނުގެ އަގު ބޮޑު ނުކުރާ ކަމަށް ބުނާއިރު ބިލުތައް އަންނަނީ ބޮޑު ކޮށް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 08:36
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މި ސަރުކާރު އުފެދުނީ ވެސް ވައްކަމުން ކަމަށާ ދެންވެސް އަދި ކުރިއަށް އޮތީ ވެސް ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މި ސަރުކާރުން ކަރަންޓާ ފެނުގެ އަގު ބޮޑު ނުކުރާ ކަމަށެވެ. ނަމަވެސް ބިލުތައް އަންނަ އިރު އަންނަނީ ބޮޑެތި ބިލުތަކެއް ކަމަށާ އޮޅުން އަރާ ހިސާބަކީ އެއީ ކަމަށެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ ކަރަންޓާ ފެނުގެ އަގު ބޮޑު ނުކުރާ ކަން. އެހެން ނަމަވެސް ބިލު އަންނަނީ ބޮޑުކޮށް. އެއީ މި އޮޅުން އަރާ ހިސާބަކީ. އަގެއް ބޮޑެއް ނުކުރޭ، އަނެއްހެން ރޭޓެއް ބޮޑެއް ނުކުރޭ. އެކަމު އިންތިހާެއަށް ބޮޑެތި ބިލުތައް ފޮނުވަނީ، މިކަން ހުއްޓުވަން އެބަ ޖެހޭ. މި ފެންނަނީ މަކަރާ ހީލަތް ހެދުމުގަ އިންތިހާ،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު ފެށުނު ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށާ ބޭއްވި އެންމެ ގާގަނޑެއް ވެސް ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އަންނަ އަހަރަކީ ސިއްހީ ދާއިރާގެ ބަޖެޓެއް ކަމަށް ބުނި ނަމަވެސް ސިއްހީ އަހަރު ދާނެ ގޮތް ވެސް މިހާރު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

މި ހިނގަނީ ބޯހިޔާވހަިކަމުގެ އަހަރު. ރަނގަޅު ވާރޭ ނުވެހޭތީ ބޯހިޔާވަހިކަން ލިބޭ ކަންނޭންގެ. ބިމު ކޮޅެއްގެ ހިޔާވަހިކަމުގެ ދަށުގަ ރައްޔިތަކަށް ބޯހިޔާވަހިކަމެއް ނުލިބޭ. ދި މި އަންނަނީ ސިއްހީ ނިޒާމުގެ އަހަރު. އަންނަ އަހަރަކީ ސިއްހީ ނިޒާމު ރަނގަޅު ކުރަން އޮތް އަހަރު. ބަލި ނުވެއްޖެޔާ އިންޝާﷲ ރަނގަޅު. އެގޮތުން ސިއްހީ ނިޒާމު ރަނގަޅު ވެގެން ދާނީ. ކުރެވޭ މަސައްކަތަކުން ރައްޔިތުންނަށް ލިބޭނެ ފައިދާ އަކުން ރަނގަޅުވާނެ ސިއްހީ ނިޒާމެއް ފެންނާކަށް ނެތް. ހުރިހާ ކަމެއް ހުރީ ގޯސް ކޮށް،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މި ސަރުކާރުގައި ރަނގަޅަށް ހިނގާ ހަމަ އެއްކަމެއް ވެސް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާއެއް ހުރިއްޔާ އެތަނެއް ހުރީ ފޫ ވެއްޓިފަ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެގޮތުން ކަސްޓަމްސް އާއި، އެމްޕީއެލް އަދި އެމްއޭސީއެލް އޮތީ ފޫ ވެއްޓިފައި ކަމަށް މެންބަރު ވިދާޅުވި އެވެ. މިއަދު ވެސް ދައްކަމުން މިދަނީ ޕޮލިސް ސްޓޭޝަނެއްގައި ހުރި ސިނގިރޭޓް ކޮޅާ، އެއާޕޯޓުގައި ހުރި ޑޮލަރު ކޮޅު ވަގަށް ނަގާ، އެ ވިއްކާލާ ވާހަކަ ކަމަށް މެންބަރު ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ މިއީ މިއަދު މި ގައުމުގެ ހާލަތު ކަމަށާ ގައުމެއްގެ ހުރިހާ ސިފައެއް މިތަނުން ގެއްލެމުން ދާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ވައްކަން ކުރަން ވެސް ތިބެނީ އެކަން ކުރަން ނޭނގޭ މީހުން ކަމަށެވެ. ވައްކަން ކުރަން ބައިތިއްބާފައި ތިބީ އަދި އެކަން ކުރުވަނީ ކަން ކުރަން ނުވެސް އެނގޭ މީހުން ލައްވާ ކަމަށާ އޭގެ ސަބަބުން މުޅި ދައުލަތަށް އެކަމުގެ އުނދަގޫ ވަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ވައްކަން ކުރަން ވެސް ދައުލަތުގައި މި ތިބީ ވައްކަން ކުރަން ވެސް ނުދަންނަ މީހުން. ވައްކަމަކީ ވެސް އޭގެ ޕްރޮފެޝަން އާ އެއްކޮށް އެކަން ކުރުމުގެ ގާބިލުކަން ހުރެގެން ކުރާ ކަމެއް.... ވައްކަމަކީ ލާރި ހޯދައިގެން އޭގެ ނަފާގައި ކުރަން ޖެހޭ ކަމެއް. އެކަން ވެސް އެގޮތަށް ވެސް ކުރަން ނޭނގި ކަންކަން ދަންޏާ ދެން ދައުލަތަށް ހުރިހާ ބާރެއް ބޮޑުވެގެން ދާނީ. އެހެންވީމާ ވައްކަން ވެސް ކުރަން ނޭނގޭ ބަޔަކު ލައްވާ ވައްކަން ކުރަންވީމާ ގައުމަށް ވާނުވާ އެއް ނޭނގި ކަންކަން ހިނގަމުން މި ދަނީ،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ދެން މިވަރުން ވެސް އެންމެން ވީ އަތް ޖަހާ، ސަރުކާރަށް ސަނާ ކިޔަން ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. އަދި ރައީސް ބޭނުންވާ ގޮތަށް ސަނާ ކިޔަސް ގައުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާ އެކު މި ސަރުކާރަށް 174 ބިލިއަން ރުފިޔާ ދެވިއްޖެ ކަމަށެވެ. ނަމަވެސް މަސައްކަތެއް ކުރެވުނު އެންމެ ތަނެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ. ވާހަކަ ދެކެވޭ ކަމަށާ ބިންގާ އެޅި ނަމަވެސް ވާ ކަމެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ.

މި ސަރުކާރަށް ވާ ހަމައެކަނި ކަމަކީ ރޯމާ ދުވާލު ވައްކަމުގެ ބޮޑެތި ސިލްސިލާތައް ހިންގުން ކަމަށް ވިދާޅުވެ ޣަފޫރު ވިދާޅުވީ މި ސަރުކާރަކީ އުފެދުމުގައި ވެސް ވައްކަމުގެ ސަރުކާރެއް ކަމަށެވެ. ދެން ވެސް އޮތީ ވައްކަން ކަމަށާ ކުރިއަށް ވެސް އޮތީ ވައްކަން ކަމަށެވެ.

އަބްދުލްގަފޫރު މޫސާހަނިމާދޫ ދާއިރާރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު