Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އެއްބަސްވުމާ ޚިލާފު ވެއްޖެ ނަމަ، ހަމާސް ނައްތާލާނަން: ޓްރަމްޕް

ހަމާސް ޖަމާއަތުން ރީތި ގޮތުގައި އުޅެން ޚިޔާރު ނުކޮށްފި ނަމަ، އެ ޖަމާއަތް ނައްތާލާނެ ކަމަށް ޓްރަމްޕް ތަކުރާރު ކުރެއްވި އެވެ. އެކަން ކުރަން ޖެހިއްޖެ ނަމަ، އެކަމަށް ފަސް ނުޖެހޭނެކަން ފާހަގަކޮށް ޓްރަމްޕް ވިދާޅުވީ، ހަމާސް ޖަމާއަތަށް ވެސް އެކަން ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސް އިން ހަދަނާ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެ ޖަމާޢަތް ނައްތާލެވޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 02:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެއްބަސްވުމާ ޚިލާފު ވެއްޖެ ނަމަ، އެ ޖަމާއަތް ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި ވަނީ މި މަހުގެ ތެރޭގަ އެވެ. އެއާއެކު، ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ހަނގުރާމަ ހުއްޓުމަކަށް އައިސް، އެއްބަސްވުން ތަންފީޒު ކުރަން ވަނީ ފެށިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެއްބަސްވުމަށް އަމަލު ކުރުމުގެ ފުރުސަތު ހަމާސް އަށް ދެއްވާނެ ކަމަށާއި، ނަމަވެސް އެއްބަސްވުމާ ޚިލާފު ވެއްޖެ ނަމަ، އެ ޖަމާއަތް ނައްތާލާނެ ކަމަށެވެ.

ޓްރަމްޕް މިފަދައިން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތާ އެކު އެއްބަސްވުމެއް ހެދިފައިވާ ކަމަށެވެ. އެހެންކަމުން ހަމާސް ޖަމާއަތުން "ވަރަށް ރަނގަޅަށް" އުޅޭނެ ކަމަށާއި، އެ ޖަމާއަތުން "ވަރަށް ރީތިކޮށް" ވެސް އުޅޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ހަމާސް ޖަމާއަތުން ރީތި ގޮތުގައި އުޅެން ޚިޔާރު ނުކޮށްފި ނަމަ، އެ ޖަމާއަތް ނައްތާލާނެ ކަމަށް ޓްރަމްޕް ތަކުރާރު ކުރެއްވި އެވެ. އެކަން ކުރަން ޖެހިއްޖެ ނަމަ، އެކަމަށް ފަސް ނުޖެހޭނެކަން ފާހަގަކޮށް ޓްރަމްޕް ވިދާޅުވީ، ހަމާސް ޖަމާއަތަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ޓްރަމްޕް މި ވާހަކަތައް ދައްކަވާފައި މި ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވުނު އެއްބަސްވުމަށް އަމަލު ކުރުން ނާޒުކު ޙާލަތަކަށް ގޮސްފައި ވަނިކޮށެވެ. އެގޮތުން އިސްރާއީލް އިން ވަނީ ހަމާސްގެ އަމާޒުތަކަށް ކަމަށް ބުނެ، ޣައްޒާގެ ދެކުނަށް ހަމަލާ ދީފަ އެވެ. އެއީ ހަމާސް އިން، ޣައްޒާގައި ޙަރަކާތްތެރިވާ އިސްރާއީލްގެ ސިފައިންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. ނަމަވެސް، ހަމާސް އިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

އެހެން ނަމަވެސް، ހަމާސް ޖަމާއަތާ ދެކޮޅަށް އެމެރިކާގެ ސިފައިން ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އޭގެ ބަދަލުގައި ޣައްޒާގެ ސަލާާމަތީ ބާރުތަކުގައި ބައިވެރިވުމަށް ގިނަ ޤައުމު ތަކަކުން އެދިފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އެދިއްޖެ ނަމަ، އިސްރާއީލް އިން އެންމެ ދެ މިނެޓުގެ ތެރޭގައި ހަމާސްއާ ދެކޮޅަށް ވަންނާނެ ކަމަށެވެ. އެހެން ނަމަވެސް، މިވަގުތު އެފަދަ އެންގުމަށް ނާންގާނެ ކަމަށާއި، ކުޑަ ފުރުސަތެއް ދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އަދި އުންމީދު ކުރައްވަނީ އަނިޔާވެރިކަން އެއްކޮށް ހުއްޓުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިހާރު ހަމާސް ޖަމާއަތުގެ ބާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ޚާއްސަކޮށް މިއަހަރުގެ ކުރީ ކޮޅު އެމެރިކާ އާއި އިސްރާއީލް އިން އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ހަމާސް އަށް އެހީތެރި ވަމުން އަންނަ މިންވަރު ކުޑަވެފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލް އިން ޚިލާފު ވަމުންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ވެސް، އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދީފައިވާއިރު، ހަމާސް އިން ބުނެފައި ވަނީ އިސްރާއީލް އިން ދަނީ ހަނގުރާމަ އަލުން ފެށުމާއި، ހަަމަލާތައް ދިނުމަށް ބަހަނާ ދައްކަމުން ކަމަށެވެ. ހަމާސް އަށް އިންޒާރު ދެއްވާ ޓްރަމްޕް ވާހަކަފުޅު ދެއްކެވި އިރު އިސްރާއީލުން އެއްބަސްވުމާ ޚިލާފުވުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްހަމާސްއިސްރާއީލް-ހަމާސްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު