Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނގިރެޓުގެ ވައްކަން

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލަ: މުއާޒުގެ ބަންދަށް އިތުރަށް 10 ދުވަސް ޖަހައިފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގުމުގެ މައްސަލައިގައި މުހައްމަދު ވަހީދު، އަހުމަދު އާރިފް އަދި ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް ހައްޔަރުކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އޮކްޓޯބަރު 2025 | ހޯމަ 10:44
13 މިލިއަން ސިނގިރެޓު  ވަގަށް ނެގި މައްސަލައިގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ

13 މިލިއަން ސިނގިރެޓު ވަގަށް ނެގި މައްސަލައިގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ

ކަސްޓަމްސްއިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރެޓުގެ މައްސަލައިގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މުއާޒުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ދެ ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގެ އިތުރުން ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް ހައްޔަރުކުރީ 15 އޮކްޓޯބަރުގަ އެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުަމަށް ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަހުމަދު އާރިފް އާއި ޒިވާރު އިސްމާއިލް 15 ދުވަހަށް އަދި މުހައްމަދު ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

Advertisement - newsAdvertisement

މުއާޒުގެ ބަންދުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.

މުއާޒް އަލީ އަކީ އެހެން މައްސަލައެއްގައި ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެ ކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެކެވެ.

ފުލުހުން ބުނީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މުއާޒު މަގާމުން ސަސްޕެންޑްކޮށްފައިވާއިރު ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ޒިވާރު އަދި އެމްޕީއެލްގެ 6 މުވައްޒަފެއް ވަނީ ސަސްޕެންޑްކޮށްފައެވެ.

13 މިލިއަން ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައެވެ. މި މައްސަލަ ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ 12 މީހެއްގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެ، މި އޮޕަރޭޝަނާ ގުޅުން ހުރި އެކި އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކޮށްފައިއެވެ.

ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.

މުޢާޒު ޢަލީއެމްޕީއެލްކަސްޓަމްސް ކްރިމިނަލް ކޯޓްސިނގިރޭޓް ވިޔަފާރިހުޅުމާލެ ބަނދަރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު