Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަޙުމަދު ފާރިސް މައުމޫން

ފާރިސްގެ މައްސަލާގައި 45 ސިޓީ މުވައްސަސާތަކަށް، އެކަށީގެންވާ ޖަވާބެއް ނުލިބޭ

ރައްޔިތުންގެ މަޖިލީހުންވެސް އެކަށީގެންވާާ ޖަވާބެއް ނުލިބޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 03:54
ފާރިސްގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި:--

ފާރިސްގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި:--

ކޯޓު އަމުރެއްގެ ދަށުން ބަންދު ކޮށްފައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ ފަރާތުން ދައުލަތުގެ އެކި މުއައްސަސާތަކަށް 45 ސިޓީ އާއި މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ގާނޫނީ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ފާރިސް ބަންދުގައި ހުންނަވާތާ 50 ދުވަސްވެފައިވާއިރު ފާރިސްއާމެދު އަމަލުކުރަމުންދާ ގޮތާމެދު ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement
"މީގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވީސް، މޯލްޑިވްސް ކަރެކްޝަނަލް ސާވީސް، ހިއުމަންރައިޓްސް ކޮމިޝަންސް، ޖުޑިޝަލް ސާވީސް ކޮމިޝަންސް، ކްރިމިނަލް ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓު ހިމެނިގެންދޭ އަދި އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހަށް އެތަކެއް ސިޓީއެއް ހުށަހަޅާފައިވާނެ،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީތަކަށް އެކަށީގެންވާ އެއްވެސް ޖަވާބެއް ދީފައިނުވާއިރު ޖަވާބު ހޯދުމަށް ތިން ދުވަހެއްގެ މަތިން އެ އިދާރާއަށް ވަޑައިގެންނެވި ކަމަށްވެސް މައުމޫނު ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް އެނގިފަ އޮތް ގޮތުން (ރައްޔިތުންގެ މަޖިލީހުގެ) އެ އިދާރާގައި 135 މުވައްޒަފުން ތިއްބަވާ. އެތައް މިލިއަނުން ބަޖެޓް އޮވޭ. އެހެން ނަމަވެސް މި ދެންނެވި ސުވާލަށްވެސް، އަހްމަދު ފާރިސް މައުމޫނު ހައްޔަރުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅުނުކަން ނުވަތަ ނޫންކަން ވިދާޅުވާން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ނެތް. ޖަވާބު ދާރީވާން ކެރިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ނެތް،" މައުމޫނު ހަމީދު ވިދާޅިވި އެވެ.

ފާރިސް ބަންދުގެ މުއްދަތުގެ އިތުރުކުރި މައްސަލަ އާއި ކޯޓު އަމުރު ނެރިފައިވާ މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އަޑުއެހުންތައް ނިމި ހުކުމް ނުކޮށް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ މައްސަލަ އަވަސްކޮށްދިނުމަށް ފާރިސްގެ ފަރާތުން ހައިކޯޓުގައި ވަނީ އެދިފަ އެވެ. އަދި ފާރިސް ބަންދު ބަހައްޓާފައިވަނީ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށްވާތީ އޭނާ ދޫކޮށްލުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލަށްވެސް ވަނީ ސިޓީއަކުން ދަންނަވާފަ އެވެ.

ފާރިސްގެ މައްޗަށް ތުހްމަތު ކުރާ ޖިނާއީ ތުހްމަތުތަކުގެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފާރިސްގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ވަނީ ދައުލަތުން އުފުލާފަ އެވެ. އޭގެ ތެރެއިން ޝަރީއަތް ފެށިގެން ކުރިއަށްދަނީ އޭނާގެ މައްޗަށް އުފުލި ޝަހްސް އޮޅުވާލުމުގެ ދައުވާ އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު