Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިލިޓަރީ ޑްރޯން

"1.8 ބިލިއަން ރުފިޔާއަށް، އަނެއްކާވެސް 3 ޑްރޯން ގެނެސްފި"

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން 1.8 ބިލިއަން ރުފިޔާއަށް 3 އަސްކަރީ ޑްރޯން ގެނައުމާމެދު ގިނަބަޔަކު ސުވަލު އުފައްދާ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 18 އޮކްޓޯބަރު 2025 | ހޮނިހިރު 14:47
މީގެކުރިން ސަރުކާރުން ގެނެސްފައިވާ ޑްރޯން އެއް ކައިރީ، ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

މީގެކުރިން ސަރުކާރުން ގެނެސްފައިވާ ޑްރޯން އެއް ކައިރީ، ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން

1.8 ބިލިއަަން ރުފިޔާ (90 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ރައީސް މުއިއްޒުގެ ސަރުކާރުން އަނެއްކާވެސް 3 ޑްރޯން ގެނެސްފިކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މާފަންނު ބޮނޑިބަތް ޕާކުގައި އެމްޑިޕީން ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި އޮއްވާ ސަރުކާރުން 37 މިލިއަން ޑޮލަރު ހަރަދުކޮށްގެން 3 ޑްރޯން ގެނެސްފައިވެއެވެ. އަދި މިފަހުން ތުރުކީ އިން 3 އަސްކަރީ ޑްރޯން ގެންނަން ސަރުކާރުން 90 މިލިއަން ޑޮލަރު ( 1.8 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި މިފަދަ ބޮޑު އަގެއްގައި އަސްކަރީ ހަތިޔާރު ގަތުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ދައުލަތުގެ އެހެނިހެން އަސާސީ ހަރަދުތައް ކުރަން ފައިސާ ނެތް ދަނޑިވަޅެއްގައި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވަމުން ދާއިރު، މިފަދަ ބޮޑެތި ހަރަދުތައް ކުރަންޖެހޭ މިންވަރުގެ ސަލާމަތީ ނުރައްކަލެއް އޮތްތޯ ސުވާލު އުފައްދަވާފައިވެއެވެ.

ފުރަތަމަ އިންތިހާބަަށް ގަތީ 37 މިލިއަން ޑޮލަރުދީފަ 3 ޑްރޯން، އަނެއްކާ ކޮންތަނަކަށް ބޮން އަޅަންކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ، 90 މިލިއަން ޑޮލަރަށް އަނެއްކާ އިތުރު 3 ޑްރޯން ރާއްޖެ ގެނެސްފި.... ބަލިމީހުން އެތިބީ ބޭސް ސިޓީ އަށް ބޭސް ނުލިބިފަ، ދެފުރާޅު ޖެއްސި ކޮންމެ ގެއެއްގަ މިރޭ އެތިބީ މާދަމާ ހެނދުނު ނާސްތާކޮށްލާނެ ގޮތެއް ނެތިފަ... 3 ޑްރޯން 90 މިލިއަން ޑޮލަރަށް މަގުމަތީ އަގަށްބަލާއިރު 1.8 ބިލިއަން ރުފިޔާއަށް 3 ޑްރޯން. އަޅުގަނޑުމެން ޔުކްރެއިން ހާލަތަށް ވެއްޓުނީ ކޮންއިރަކުތޯ، ޓޭންކަރާ ޑްރޯނާ ބަރު ހަތިޔާރު ގެންނަ ހިސާބަށް ރާއްޖެ ވެއްޓުނީ ކޮންއިރަކުތޯ، މިކޮންކަމެއްތޯ މިއީ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު

އެންމެފަހުން ތުރުކީ އިން ރާއްޖެ ގެނައި ޑްރޯން ޝިޕްމެންޓްތައް އައްޑު އަށް ގެންގޮސްފައި ވަނީ ބުދަ ދުވަހުގެ ރެޔާއި ހުކުރު ދުވަހުގެ ރޭގައެވެ. އަދި މި ޝިޕްމެންޓްތައް އައްޑޫ އަށް އުފުލާފައިވަނީ "ރޫބީ ސްޓާ އެއާވޭސް" އަދި "އެއާ މާސްޓާ" ގެ މަތިންދާބޯޓު ތަކުގައެވެ.

މިފަހުން ޑްރޯން ޝިޕްމެންޓްތައް އައްޑޫ އަށް އުފުލާފައިވާ "ރޫބީ ސްޓާ އެއާވޭސް" އަދި "އެއާ މާސްޓާ" ގެ މަތިންދާބޯޓުތައް

މިފަހުން ޑްރޯން ޝިޕްމެންޓްތައް އައްޑޫ އަށް އުފުލާފައިވާ "ރޫބީ ސްޓާ އެއާވޭސް" އަދި "އެއާ މާސްޓާ" ގެ މަތިންދާބޯޓުތައް

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ސަރުކާރުގެ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ގެނައި އަސްކަރީ ޑްރޯންތަކުގެ މައުލޫމަތުވެސް ސަރުކާރުންވަނީ ސިއްރުކޮށްފައެެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަވެސް ޑްރޯންތައް ގެނެސްފައިވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކަމަށް އިދިކޮޅުފަރާތްތަކުން ބުނެފައިވެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ޑްރޯން ވިއްކަން ހުރި އަގަށް ވުރެ ބޮޑުކޮށް ޑްރޯންތައް ގަނެފައިވަނީ ޕީއެންސީގެ މެމްބަރުންގެ މަޖްލިސް ކެމްޕެއިނަށް ފައިސާ ހޯދުމަށްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް މުއިއްޒުމިލިޓަރީ ޑްރޯންމުހައްމަދު ވަހީދު (ވައްޑެ)

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު