Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް އާއި ޕުޓިންގެ ސަމިޓުގެ ދެ ވަނަ ބައްދަލުވުން ދެ ހަފުތާގެ ތެރޭގައި ބޭއްވިދާނެ ކަމަށް ރަޝިޔާ އިން ބުނެފި

ހުކުރު ދުވަހު ޓްރަމްޕް އާއި ޕުޓިން ވެސް ވަނީ، ދެ ވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެ ވަޑައިގެންފަ އެވެ. ދެ ވަނަ ބައްދަލުވުން ބާއްވާނެ ވަގުތީ ތަނެއްގެ ގޮތުގައި މިވަގުތު ހަމަޖައްސާފައި ވަނީ ހަންގޭރީގެ ވެރި ރަށް، ބުޑަޕެސްޓްގަ އެވެ.

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ދެވަނަ ސަމިޓެއް ބޭއްވުމަށް ޓްރަމްޕް އާއި ޕިއުޓިން އިއްޔެ އެއްބަސްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 04:53
ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން | ރޮއިޓަރސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ދެމެދު ބާއްވާ ސަމިޓުގެ ދެ ވަނަ ބައްދަލުވުން، ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ބޭއްވި ދާނެ ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ބުނެފި އެވެ.

ޓްރަމްޕް އާއި ޕުޓިންއާ ދެމެދު އެންމެ ފުރަތަމަ ސަމިޓެއް ބާއްވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ބައްދަލުވުން އޮތީ އެމެރިކާގެ އެލަސްކާގަ އެވެ. އެ ބައްދަލުވުމުގައި ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސް ވެވޭނެ ކަމަށް ބެލެވުނު ނަމަވެސް، ބައްދަލުވުމުން އެކަން ޙާސިލު ވެފައި ނުވެ އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނެފައި ވަނީ، ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ބައްދަލުވުމެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި، ނުވަތަ އެއަށް ވުރެ އަވަސް މުއްދަތެއްގައި ވެސް ބޭއްވިދާނެ ކަމަށެވެ. ނަމަވެސް، އެ ބައްދަލުވުމުގެ ކުރިން ކުރަން ޖެހޭ އެހެން ކަންތައްތަކެއް ހުރި ކަމަށް ވެސް ރަޝިޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ހުކުރު ދުވަހު ޓްރަމްޕް އާއި ޕުޓިން ވެސް ވަނީ، ދެ ވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެ ވަޑައިގެންފަ އެވެ. ދެ ވަނަ ބައްދަލުވުން ބާއްވާނެ ވަގުތީ ތަނެއްގެ ގޮތުގައި މިވަގުތު ހަމަޖައްސާފައި ވަނީ ހަންގޭރީގެ ވެރި ރަށް، ބުޑަޕެސްޓްގަ އެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ، ދެ ވަނަ ބައްދަލުވުން ބޭއްވުމުގެ ކުރިން ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގުޅުއްވައި، ގިނަ ކަންތައްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ ކަންތައްތަކަށް މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އެގޮތުން ވާހަކަ ދައްކާނެ ޓީމެއް ކަނޑަ އަޅައި، އަދި އެހެނިހެން ކަންކަން ވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެހެންކަމުން ހުރިހާ ކަމެއް ވެސް ކުރިއަށް ދާނީ ފަހަރަކު ހަރުފަތަކުން ކަމަށާއި، ދެ ރައީސުންގެ ވެސް ޚިޔާލު އަދި މަޝްވަރާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ޕެސްކޮވް ވިދާޅުވެފައި ވަނީ، ސުލްހަވެރިކަމާ އެކު ހަނގުރާމަ ނިންމުމަށް ރަޝިޔާ އިން އަބަދު ވެސް ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް، ސުލްހައިގެ މަޝްވަރާތައް ހުއްޓިފައި ވަނީ ޔުކްރެއިން އާއި ޔޫރަޕުގެ ޤައުމު ތަކުގެ ސަބަބުން ކަމަށް ރަޝިޔާ އިން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރެއިން އާއި ޔޫރަޕުގެ ބައިވެރިން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ހުށަހަޅަނީ ބަަލައި ގަންނަން އުނދަގޫ ޝަރުތު ތަކެއް ކަމަށެވެ. އަދި ރަޝިޔާގެ ރައީސް ޕުޓިން ހުންނެވީ ސުލްހައިގެ މަޝްވަރާ ތަކަށް ސީރިއަސްވެފައި ނޫން ކަމަށާއި، އެފަދަ ނިޔަތެއްގައި ޕުޓިން މަސައްކަތް ނުކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދެ ވަނަ ސަމިޓެއް ބޭއްވުމަށް އެމެރިކާ އާއި ރަޝިޔާ އިން ތައްޔާރު ވަމުން އަންނައިރު، ޕުޓިން ވަނީ ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯބަންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާ ތަކުގައި، ސަމިޓު ބާއްވަން ހަންގޭރީ އިން ތައްޔާރަށް އޮތް ކަމަށް އޯބަން ވިދާޅުވެފައިވާ ކަމަށް ކްރެމްލިން އިން ވަނީ ހާމަކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

ޕިއުޓިން-ޓްރަމްޕްކްރެމްލިންރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

ސުލްޙަ އަށް ހުރަސް އަޅަނީ ޔޫކްރެއިން އިން، ރަޝިޔާާ އަކުން ނޫން: ޓްރަމްޕް

15 ޖެނުއަރީ 2026
ކަޅު ކަނޑުގައި ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

ކަޅު ކަނޑުގައި ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

14 ޖެނުއަރީ 2026
މި އަހަރުގެ މިހާތަނަށް ރަޝިޔާ އިން ޔުކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް އަންގާރަ ދުވަހުގެ ފަތިހު ދީފި

މި އަހަރުގެ މިހާތަނަށް ރަޝިޔާ އިން ޔުކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް އަންގާރަ ދުވަހުގެ ފަތިހު ދީފި

13 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި

ރަޝިޔާގެ ތެޔޮ ރައްކާކުރާ ތަނަކަށް ޔޫކްރެއިނުން ޑްރޯނު ހަމަލާ އެއްދީ އެތަނުގައި ރޯކޮށްލައިފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު