Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުޒާހަރާ އާއި ޗިޓުތައް! ވަކި ނުކުރެވުނު އިއްތިފާގު!

9 އޮކްޓޯބަރު 2025 | ބުރާސްފަތި 14:07

ބުދަ ދުވަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ. މުޒާހަރާ އެއް ކުރާ ކޮންމެ ފަހަރަކު މިކަހަލަ ޗިޓްތައް ފޮނުވުން މިއީ މިހާރު ދިމާ ނުވެ ނުދާ އިއްތިފާގެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 14:07
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން

ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން

އިހަކަށް ދުވަހު އާއްމުން އެއްވެ ސަރުކާރާއި މެދު ނުރުހުން އޮތްކަން ދައްކާލީ "ލޫޓުވައިފި، ލޫޓުވައިފި" އެއްވުމުންނެވެ. މިދިޔަ ހުކުރު ދުވަހު ފެނުނީ ބޮޑު މުޒާހަރާ އެއް ބާއްވާ ސަރުކާރުގެ ނުކިއްސަރު ކިތަންމެ ވާހަކަ އެއް ދެއްކި ތަނެވެ. އެތައް ބުހުތާނު ދޮގެއްގެ ވާހަކަ ތަކުރާރުކޮށް ދެއްކިއެވެ. ޕެޕަރސްޕްރޭ އާއި ސޮނިކް ހަތިޔާރުގެ ގަދަ އަޑުފަތްގަނޑާއި އެކު ވެސް ފަހަތަށް ޖެއްސޭ ގޮތެއް ނުވިއެވެ. އެއީ ކާމިޔާބު ބޮޑު މުޒާހަރާއެކެވެ. މި ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން އަދި ކުރިން ނުނިކުންނަ ވަރަށް މީހުން ނުކުމެ ތިއްބެވެ. މެސެޖު ވަރަށް ސާފުކޮށް އިވޭ ވަރަށް އަޑު ހަރުކޮށް އެރޭ އާޓިފިޝަލް ބީޗް ކައިރިން އާއްމުން އަޑު އިއްވިއެވެ.

މި އުޅެނީ އަދި އެފަހުން ހަފްތާ އެއް ނުވެގެންނެވެ. ދެން ފެނުނީ ކުއްލިއަކަށް އެއްކަލަ މުޒާހަރާ ކުރި ޕާޓީގެ ޗެއަރޕަރސަން އަށް ޗިޓެއް ފޮނުވި މަންޒަރެވެ. ބުދަ ދުވަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ. އޭސީސީގެ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އަހުމަދު އަމީން ސޮއިކޮށްފައިވާ އަމުރުގައިވާ ގޮތުން، ފައްޔާޒް އޭސީސީ އަށް ހާޒިރުވާން ޖެހެނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.

ޗިޓު ފޮނުވީ އޭސީސީގެ ތަހުގީގަކަށެވެ. ތުހުމަތަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމެވެ. އިއްތިފާގުން މިކަހަލަ ޗިޓުތައް މުޒާހަރާ އެއްގެ ފަހަތަށް އެމުނުމަކީ ހަމަ އަޖައިބު ހައިރާންވެ، އަންތަރީސް ވާ ވަރުގެ ކަމެކެވެ.

އެހެންޏާ ފަހެ، މީގެ ކުރިން ވެސް މި ސަރުކާރާއި ދެކޮޅަށް މުޒާހަރާ އެއް ކުރާ ކޮންމެ ފަހަރަކު ކޮންމެވެސް މުއައްސަސާއެއްގައި ކުރިއަށް ނުކަނޑާފައި އޮތް މައްސަލަ އެއް ހިނގައިގަންނާނެއެވެ. ޒާތްޒާތުގެ ޗިޓުތަކާއި އިންޒާރުތައް އަންނާނެއެވެ. ނިމިދިޔަ ރޯދަ މަހު ކުރިއަށް ދިޔަ އެމްޑީޕީގެ ކޮންމެ ރެއަކު ކޮންމެ ރެއަކު މުޒާހަރާތައް ކުރިއަށް ދިޔަ އިރު ވެސް މިކަހަލަ ޗިޓުތައް ތިލަވިއެވެ.

އެކަމަކު މިހާރު މިކަހަލަ ޗަރުކޭސް ދިވެހިން ބަލައެއް ނުގަންނާނެއެވެ. ގިނަ އާއްމުން ދެކެނީ މިކަހަލަ ކަންކަމަކީ ބިރު ދެއްކުމުގެ ގޮތުގައެވެ. ސަރުކާރު ޕްރެޝަރަށް ވެއްޓިފައި އޮންނަ ވަގުތު މި ކަހަލަ ޗިޓްތައް އައުމަކީ އިއްތިފާގެއް ކަމަށް ވެސް ޤަބޫލު ކުރަން ދަތިވެއެވެ.

މިނިވަން މުއައްސަސާތައް ތަޅު އެޅިފައިވާ، ބަސް ނުބުނެވޭ ހާލެއްގައި އޮތްކަން މިއަދު އެންމެންވެސް އެ ދަނީ ފާހަގަކުރަމުންނެވެ. މިވަގުތު އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ބަޔަކު ވެސް ނެތް ކަަމަށް އެ ފަދަ އާއްމުން ބުނާ ސަބަބަބަކީ އެއީއެވެ.

ހަގީގަތަކީ މިދިޔަ ދެ އަހަރު ފާއިތުވީ މި ކަހަލަ ރޭވުންތެރި އިއްތިފާގުތަކާއި އެކުގައެވެ. އަޑު އުފުލައިފިއްޔާ އެ މީހެއްގެ ފައިލް ހުޅުވޭނެކަން ވިސްނާށޭ ބުނާ ކަހަލައެވެ. ފަހަރެއްގައި ކޮންމެ މުޒާހަރާ އަކަށް ފަހު މި އަންނަ ޗިޓުތަކަކީ ދެ ބޯގެރި ދުއްވާ ފޯކަސް ބަދަލުކުރާ ކަމަކަށް ވެސް ވެދާނެއެވެ.

ސާފުވާ ކަމަކީ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލާފައިވާކަމެވެ. ވަޒީފާގެ ޔަޤީންކަން ހޯދަން އެހެން ބަޔަކު އެެހެން އާއްމުން ފުނޑާލުން ވަރިހަމައޭ ބުނާކަހަލައެވެ. ވިސްނާ ބަޔަކަށް މިއި އިއްތިފާގެއް ކަމަށް ޤަބޫލުކުރަން ނިކަން ދައްޗެވެ. ގޮތް ނިންމަވާނީ ތި ބޭފުޅުންނެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީއޭސީސީރައީސް މުއިއްޒުލޫޓުވައިފި މުޒާހަރާއާޓިފިޝަލް ބީޗު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް