Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

ފްރާންސްގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން، އެންމެންގެ ކަޅި މެކްރޮން އަށް

މިވަގުތު ފްރާންސްގެ ރައީސް މެކްރޮން އަށް އޮތީ ތިން އޮޕްޝަނެއް. އެއީ އައު އިންތިޚާބަށް ގޮވާލުން ނުވަތަ އައު ބޮޑު ވަޒީރަކު އައްޔަން ކުރުން، ނުވަތަ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުން. ގިނަ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި މި ތިން އޮޕްޝަންގެ ތެރެއިން މެކްރޮން އިޚްތިޔާރު ކުރާނީ އަނެއްކާ ވެސް އައު ބޮޑު ވަޒީރެއް އައްޔައް ކުރެއްވުން.

ލެކޯނޫގެ އިސްތިއުފާއާއެކު މެކްރޯންގެ ސަރުކާރު ވަނީ ސިޔާސީ ބޮޑު ޗެލެންޖަކާ ކުރިމަތިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 07:54
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ސެބަސްޓިއަން ލެކޯނޫ މަގާމުން އިސްތިއުފާ ދެއްވުމާ އެކު ފްރާންސްގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ދެން އަޅުއްވާނެ ފިޔަވަޅަކަށް އެތައް ބަޔަކު އިންތިޒާރު ކުރަން ފަށައިފި އެވެ.

ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަޤާމުން ލެކޯނޫ އިސްތިއުފާ ދެއްވާފައި ވަނީ އައު ސަރުކާރު އެކުލަވާލައި، ވަޒީރުންގެ މަޖިލިސް ވެސް އައްޔަން ކުރެއްވި ފަހުންނެވެ. އައު ސަރުކާރު އިއުލާން ކުރިތާ އެންމެ 14 ގަޑިއިރުގެ ތެރޭގައި ލެކޫނޯ އިސްތިއުފާ ދެއްވީ އެތައް ފާޑު ކިޔުން ތަކެއް އަމާޒުވެފައި ވަނިކޮށެވެ.

މެކްރޮންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ލެކޫނޯ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައިވާއިރު، މެކްރޮން ވަނީ އޭނާގެ އިސްތިއުފާ ޤަބޫލު ކުރަން ނިންމައިފަ އެވެ. އަދި ޤައުމީ މަސްލަޙަތާއި، ޤައުމުގެ ކަންކަން ދެމެހެއްޓުމަކަށްޓަަކައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް 48 ގަޑިއިރުގެ މުއްދަތެއް ވެސް ދީފައިވެ އެވެ.

މެކްރޮންގެ މެދު މިނުގެ ޕާޓީ އާއި، ކޮންޒަވޭޓިވް ޕާޓީތަކާ އެއު އޮތް ގުޅުން ވެސް ވަނީ ނާޒުކު ޙާލަތަކަށް ވެއްޓިފަ އެވެ. ސަރުކާރަށް އެތައް ޕްރެޝަރެއް ކުރިމަތިވެ، އަތެއް ގޮންޖެހުމެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓު ފާސް ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ބޭނުންވާ ތާއީދު ހޯދުމުގައި ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ފްރާންސްގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ލެކޫނޯ ވަނީ ހުރިހާ ސިޔާސީ ޕާޓީ ތަކާއި، ބާރު ތަކުން މަޝްވަރާ ތަކުގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ. ނަމަވެސް، ހަރުކަށި ކަނާއަތު ފިޔައިގެ ނެޝަނަލް ރެލީ ޕާޓީގެ ލީޑަރު ކަމަށްވާ، މެރީން ލޫ ޕެން އަދި ޖޯޑަން ބާޑެލާ ވަނީ އެ ދައުވަތު ޤަބޫލު ނުކުރަން ނިންމައިފަ އެވެ. އަދި އެ ފަރާތްތަކުން ގޮވާލަމުން ދަނީ އަވަސް އިންތިޚާބެއް ބޭއްވުމަށެވެ.

ފްރާންސްގެ ޤާނޫނު އަސާސީ އިން އޮންނަނީ ޤައުމުގެ ރައީސް އަށް ވަރަށް ބޮޑެތި ބާރުތަކެއް ދީފަ އެވެ. އެގޮތުން ޤައުމަށް ބޮޑު ވަޒީރު އައްޔަން ކުރުމުގެ ބާރާއި، ބޭރުގެ ސިޔާސަތުތަކާ ގުޅޭ ބާރާއި، ޔޫރަޕިއަން ކަންކަމުގައި އަދި ބައިނަލްއަޤުވާމީ މުއާހަދާ ތަކުގައި ސޮއި ކުރުމުގެ ބާރު ރައީސް އަށް ލިބިގެންވެ އެވެ. ހަމަ އެހެންމެ، ސަލާމަތީ ބާރު ތަކުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ވެސް ހުންނާނީ ރައީސް އެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފްރާންސްގެ ސަރުކާރު އިންތިހާ އަށް ޕްރެޝަރަށް ވެއްޓިފައިވާއިރު، މިހާރު ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން އަންނަ މެކްރޮންގެ ތާއީދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެ ޤައުމުގައި ނަގަމުން އަންނަ އާންމުންގެ ޚިޔާލު ތަކުން ދައްކަނީ ވެސް މެކްރޮންގެ ތާއީދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

މިވަގުތު ފްރާންސްގެ ރައީސް މެކްރޮން އަށް އޮތީ ތިން އޮޕްޝަން އެވެ. އެއީ އައު އިންތިޚާބަށް ގޮވާލުން ނުވަތަ އައު ބޮޑު ވަޒީރަކު އައްޔަން ކުރުން، ނުވަތަ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމެވެ. ގިނަ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި މި ތިން އޮޕްޝަންގެ ތެރެއިން މެކްރޮން އިޚްތިޔާރު ކުރާނީ އަނެއްކާ ވެސް އައު ބޮޑު ވަޒީރެއް އައްޔައް ކުރެއްވުމެވެ.

މިވަގުތު އަނެއްކާ ވެސް އިންތިޚާބަކަށް ގޮސްފި ނަމަ، މެކްރޮން އާއި އޭނާގެ ޕާޓީ އަށް އަޣުލަބިއްޔަތު ގެއްލުމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ. އެހެންވެ، އައު އިންތިޚާބަށް ދާން މެކްރޮން ބޭނުންފުޅެއް ނުވާނެ އެވެ. އަނެއްކޮޅުން، އަމިއްލަފުޅަށް ރައީސް ކަމުން އިސްތިއުފާ ދެއްވުމަކީ ވެސް މެކްރޮން ކުރައްވާނެ ކަމެއް ނޫން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ފްރާންސްގެ ރައީސް ކަމުގައި ދެ ވަނަ ދައުރެއް އަދާ ކުރައްވަމުން އަންނަ މެކްރޮންގެ ރިޔާސީ ދައުރު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ދެ ވަނަ ދައުރަކަށް އޭނާ އިންތިޚާބުވެ ވަޑައިގެންނެވީ 2022 ވަނަ އަހަރު އެވެ. މެކްރޮން ނިންމަވާފައި ވަނީ ދައުރު ހަމަވަންދެން ރައީސް ކަމުގެ މަގާމުގައި ދެމި ހުރުމަށެވެ.

ފްރާންސްގެ ތާރީޚަށް ބަލާއިރު، 1958 ވަނަ އަހަރުގެ ފަހުން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އެންމެ ރައީސެކެވެ. އެއީ 1969 ވަނަ އަހަރު ރެފެރެންޑަމްގައި ބަލިވުމާ ގުޅިގެން ރައީސް ޗާލްސް ޑި ގޯލް އިސްތިއުފާ ދިނުމެވެ.

މެކްރޮންގެ ވެރިކަމުގެ ދެ ދައުރުގެ ތެރޭގައި މިހާތަނަށް ވަނީ ހަތް ބޮޑު ވަޒީރުން އައްޔަން ކުރައްވައިފަ އެވެ. އެހެންކަމުން ދެން އައްޔަން ކުރައްވާ ބޮޑު ވަޒީރު ވާނީ އަށް ވަަނަ ބޮޑު ވަޒީރަށެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

ސެބަސްޓިއަން ލުކޮނޫއެމެނުއެލް މެކްރޯންފްރާންސްފްރާންސްގެ ސިޔާސީ ހަލަބޮލިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު