Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޫޓުވައިފި މުޒާހަރާ

ބޮޑު މުޒާހަރާ އާއި ގުޅިގެން ޒާޔާ އާއި ނަޖުދާ ފުލުހަށް ހާޒިރު ކުރަނީ - ޒާޔާ އަށް ފުލުފުލުގައި ޗިޓު

އޮކްޓޯބަރު 3 ގެ މުޒާހަރާއާ ގުޅިގެން ޒާޔާ އާއި ނަޖުދާ ބުރާސްފަތި ދުވަހު ފުލުހުންނަށް ހާޒިރުވާން އެންގީ އަންގާރަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 10:05
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެމްޑީޕީގެ ހަރަކާތްތެއްގައި...

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެމްޑީޕީގެ ހަރަކާތްތެއްގައި...

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން އޮކްޓޯބަރ 3ގައި ބޭއްވި ބޮޑު މުޒާހަރާ "ލޫޓުވައިފި, ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި އެ ޕާޓީގެ އެކްޓިވިސްޓް އައިޝަތު ނަޖުދާ އަލީ (އަލޫ) ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ނަޖުދާ އާއި ޒާޔާ އާއި ދެ މީހުންނަށް ފުލުހަށް ހާޒިރުވާން އަންގާ، ޗިޓު ފޮނުވާފައި ވަނީ އަންގާރަ ދުވަހުއެވެ. އޭގެ ތެރެއިން ޒާޔާ އަށް ފުލުހުން ފޮނުވި ޗިޓުގައި އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށެވެ. އަދި ނަޖުދާ އަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ 09:00ގައި ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށެވެ.

Advertisement - newsAdvertisement
އައިޝަތު ނަޖުދާ އަލީ (އަލޫ)
އައިޝަތު ނަޖުދާ އަލީ (އަލޫ)

އެ މުޒާހަރާގައި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކުރި ކަމަށާއި، އާއްމުން ދަތުރުފަތުރު ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އާއްމުން ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެއެވެ.

އެ ދެ މީހުން ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އޮކްޓޯބަރ 3ގެ އެއްވުމާއި ގުޅިގެން ސާމްޕަލް ފޮޓޯ ނެގުމަށާއި، ތަހުގީގުގެ ބަޔާން ނެގުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ޒާޔާ ބުނެފައިވަނީ އޭނާ އަށް ފުލުހުން މިހާތަނަށް ދެ ޗިޓް ފޮނުވާފައިވާ ކަމަށެވެ. އަދި ތިން ވަނަ ޗިޓެއް ފޮނުވާނެކަން އަންގާރަ ދުވަހު ފުލުހުން އޭނާ އަށް އަންގާފައިވާ ކަމަށެވެ.

"ބުދަ ދުވަހު ވެސް ހާޒިރު ކުރޭ އެބަ. އަދި ޗިޓު ނުލިބޭ. ގުޅާލާފަ ބުނި. އެއީ ސޯޝަލް މީޑިއާގައި ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ. ފޯނު އަތުލީ އެ މައްސަލައިގައި. ބުރާސްފަތި ދުވަހު ހާޒިރު ކުރަނީ އެއްވުމާއި ގުޅިގެން. ތިން ވަނަ ޗިޓަކީ ކޮބާކަން އަދި ނުބުނޭ. ފުލު ފުލުގައި ޗިޓް އެބަ ފޮނުވާ. މި ނޫނަސް ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަ ހުރި." ޒާޔާ ހާމަ ކުރިއެވެ.

މަގު މަތިން ޒާޔާ ހުއްޓުވުމަށް ފަހު ފުލުހުން ވަނީ މީގެ ކުރިން ޒާޔާގެ ފޯނު ވެސް ހިފަހައްޓާފައެވެ. ކޯޓު އަމުރެއްގެ ދަށުން 7 އޮކްޓޯބަރގައި ޒާޔާގެ ފޯނު އަތުލާފައި ވަނީ ސޯޝަލް މީޑިއާ ގައި ފުލުހުންނަށް ނިސްބަތްވާ ގޮތަށް އެއްޗެއް ލިޔުނު ކަމަށް ތުހުމަތުކުރުމަށް ފަހުގައެވެ.

އޮކްޓޯބަރ 3ގެ އެއްވުމާއި ގުޅިގެން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގިނަ ބަޔަކު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަމުންދާ އިރު މި އަމަލަކީ ބިރުދެއްކުމުގެ އަމަލެއް ކަަމަށް އެމްޑީޕީން ސިފަކުރެއެވެ. އަދި މިއީ ކުރިއަށް އޮތް ނޮވެމްބަރ 17އިގައި ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމަށް ހިންގާ އަމަލުތަކެއް ކަަމަށް ވެސް ގިނަ އާއްމުންނާއި އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރެއެވެ. އަދި މިފަދައިން ޗިޓު ފޮނުވައިގެން ހާޒިރުކުރާ މީހުންގެ ތެރޭގައި ކަނބަލުންނަށް އިތުރަށް ފުރައްސާރަ ވާގޮތަށް އިދާރާތަކުން އަމަލުކުރާ ކަމަށް ވެސް ބައެއް އާއްމުން ފާހަގަކުރެއެވެ.

އެމްޑީޕީފާތިމަތު ޒާޔާއައިޝަތު މާޖިދާލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު