Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕިކަލް ޖަލްސާ

ރައީސް މުއިއްޒަށް ހީވެފައި އޮތީ ސަރުކާރަކީ އަމިއްލަ ވާރުތަ މުދާ ކަމުގައި: ޝާތިރު

ރައީސް މުއިއްޒަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދުއް އެންމެ ގިނައިން ދޮގު ހެއްދެވި ބޭފުޅާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2025 | އާދީއްތަ 00:51
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން: ވިދާޅުވީ ރައީސް މުއިއްޒު މިހާތަނަށް އެންމެ ތެދެއްވެސް ހައްދަވާފައި ނުވާކަމަށް

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން: ވިދާޅުވީ ރައީސް މުއިއްޒު މިހާތަނަށް އެންމެ ތެދެއްވެސް ހައްދަވާފައި ނުވާކަމަށް

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްތާ ދެ އަހަރު ވެގެން ދާއިރުގައި މިހާތަނަށް އެންމެ ތެދެއްވެސް ހައްދަވާފައި ނުވާ ކަމަށާއި ހައްދަވާފައި ހުރީ ހުސް ބުހުތާނު ދޮގު ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން ވިދާޅުވެއްޖެއެވެ.

ޝާތިރު މިފަދައިން ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި އެމްޑީޕީން ބާއްވަން ރާވާފައިވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ކަންމަތީ އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

ޝާތިރު ވިދާޅުވީ ރައީސް މުއިއްޒު އަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދުއް އެންމެ ގިނައިން ދޮގު ހައްދަވާ ބޭފުޅާ ކަމަށެވެ.

އެގޮތުން ވެރިކަމަށް އަންނަން ވެސް ރާއްޖޭގެ ރައްޔިތުންނަށް އެކި ކަހަލަ ބޮޑެތި ވައުދުތައްވެ، ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށާއި އަދި ވެރިކަމަށް ވަޑައިގެންފަހުން މިއަދާއި ހަމައަށް ވެސް ހައްދަވަމުން ގެންދަވަނީ ބުހުތާނު ދޮގު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޙާބާއި ދިމާކޮށް ވަކި ބަޔަކަށް ނޫނީ ސަރުކާރުގެ ވަޒީފާތައް ނުދިނުމަށް ސަރުކާރުގެ ވެރިން ވިދާޅުވަމުން ގެންދާކަން ފާހަގަކުރައްވައި ޝާތިރު ވިދާޅުވީ ވެރިކަމަށް އާދެވުމުން ރައީސް މުއިއްޒަށާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ހީވެފައި އޮތީ ސަރުކާރަކީ އެބޭފުޅުންގެ މިލިކިއްޔާތެއް ކަމުގައި ކަމަށެވެ. އަދި ސަރުކާރުގެ މުދަލަކީ އެ ބޭފުޅުންގެ އާއިލާތަކަށް ވާރުތަވާ، އަމިއްލަ ތަރިކަ މުދާގަނޑެއް ކަމަށް އެ ބޭފުޅުންނަށް ހީވެފައި އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވީ ސަރުކާރުގެ މުދަލާއި ސަރުކާރުގެ މުއައްސަސާތަކަކީ އަމިއްލަ ވާރުތަ މުދާކަމަށް ދެކި ވަކި ބަޔަކަށް ވަޒީތާތައް ބަހަން ބުނާ ބަޔެއްގެ ހިތުގައި ރައްޔިތުންނާއި މެދު އެއްވެސް އޯގާތެރިކަމެއް ކުލުނެއް ނުހުންނާނޭ ކަމަށެވެ. އަދި އެފަދަ ބޭފުޅުން ރައްޔިތުންގެ ހައްގުގައޭ ވިދާޅުވެ ވާހަކަދައްކަން ލަދުގަންނަން ޖެހޭނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވަނީ ސަރުކާރަކީ، ދައުލަތަކީ ތިމަންނަމެންގެ މިލްކިއްޔާތެއް ކަމަށް. އެހެންވެގެން މި ވިދާޅުވަނީ ދައުލަތުން ދޭ އެއްވެސް ޚިދުމަތެއް، ދައުލަތުން ދޭ އެއްވެސް އެހީއެއް، ދައުލަތުން ކޮށްދޭ އެއްވެސް ކަމެއް ކޮށްދީގެން ނުވާނޭ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ނުލިބޭ ގޮތަކަށް ބޮޑެތި އާއިލާތަކަށް ބަލައިގެން ނޫނީ. މި ހީވަނީ މި މީހުންގެ އާއިލާގެ މުދާ ބަހައިގެން، އެ މުދާ ވާރުތަވާ ގޮތަށް، ވާރުތަވާ އެއްޗެއް ކަމަށް ޕީއެންސީ މެމްބަރުންނަށް ދައުލަތުގެ މުދަލަކީ، ދައުލަތުގެ ވަސީލަތްތަކަކީ، ދައުލަތުގެ މުއައްސަސާތަކަކީ، މި މީހުންނަށް ހީވަނީ މިއީ އެމީހުންގެ އައިލާތަކަށް ވާރުތަވާ ތަރިކަ މުދާހެން. މި ލެވެލް އަށް މިހާރު ޕީއެންސީ މެމްބަރުންގެ ވިސްނުން ގޮސްފި. ދެން މި މީހުންނަށް ރައްޔިތުންގެ ދިފާއުގައި ދެއްކޭނީ ކޮން ވާހަކައެއް. ކޮށްދެވޭނީ ކޮން ކަމެއް.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން

ޝާތިރު ވިދާޅުވީ މިހާރު ވެސް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ފޮނި ކެނޑުން ފިޔަވައި އިތުރުކަމެއް ނުކުރެވޭ ކަމަށެވެ. އަދި މި ސަރުކާރަށް އަދި މިހާތަނަށް ކުރެވުނު ހަމަ އެކަނި ކަމަކީ ހަމަ އެކަނި ދޮގުހެދުމާއި ވައްކަން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައްޔިތުންގެ ގާތަށް ވަޑައިގެން ރަސްމާލެ އެންމެ އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ހިއްކާ ނިންމާލާނޭ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވައި ޝާތިރު ވިދަޅުވީ ރައީސް މުއިއްޒު އަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އަދި ވެރިކަމަށް ވަޑައިގެން ފަހުން ވެސް ތެދެއް ހައްދަވާފައިވާފައި ބޭފުޅެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް ރައީސް މުއިއްޒު ގެންދަވަނީ ބުހުތާނު ދޮހު ހައްދަވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވީ މިއަދު ގައުމުގެ ރައްޔިތުން އަތްއުރާލައިގެން ތިބެގެން ވާން ނެތް ކަމަށާއި މިހާރު ވެރިކަމުގައި ހުންނެވި ދޮގުހައްދަވާ ރައީސް މުއިއްޒު ވެރިކަމުން ބާލަން ޖެހޭ ކަމަށެވެ. އެހެން ކަމުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޮންނަ ބޮޑު އެއްވުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ޝާތިރު ވަނީ ގޮވާލައްވާފަ އެވެ.

ރައީސް މުއިއްޒުޝާތިރު އަބްދުއްރަހްމާންއެމްޑީޕީއެމްޑީޕީ ކުއްލި އެއްވުން ލޫޓުވައިފި މުޒާހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު