Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޫޓުވައިފި މުޒާހަރާ

ލޫޓުވައިފި މުޒާހަރާ އަށް ދިޔަ ފަރާތްތަކަށް ފުލުހުން ޗިޓު ފޮނުވަނީ

20 އޮކްޓޯބަރު 2025 | ހޯމަ 12:36

އިހުތިޖާޖު ކުރުމަށް ރައްޔިތުން ނުކުންނަ ކޮންމެ ފަހަރަކު އެތައް ބަޔަކު ފުލުހަށް ހާޒިރު ކުރަމުން ގެންދޭ

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 12:36
ފުލުހުން އަތޮޅުވެހި ކައިރީގައި ހަރަކާތްތެރިވަނީ

ފުލުހުން އަތޮޅުވެހި ކައިރީގައި ހަރަކާތްތެރިވަނީ

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި އެމްޑީޕީ އިން 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޭއްވި ބޮޑު މުޒާހަރާ އަށް ދިޔަ ބައެއް ފަރާތްތަކަށް ފުލުހުން ޗިޓު ފޮނުވަން ފަށައިފިއެވެ.

ފޮނުވާ ޗިޓުގައި އޮންނަނީ، 2025 އޮކްޓޯބަރު 03 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، އަޑުގަދަ ކޮށް، މުޒާހަރާ ކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި އާއްމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތަހުގީގައް ބަޔާން ނެގުމަށާއި އަދި ވީޑިއޯ ކޮމްޕެރިސަން ސާމްޕަލް ފޮޓޯ ނެގުމަށް ފުލުހަށް ހާޒިރު ވުމަށް އަންގާ ކަމުގައެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީ އިން ލިބިދޭ ހައްގުގެ ދަށުން އެތައް ހާސް ދިވެހި ރައްޔިތުން އެއްވި މި މުޒާހަރާ އިން 8 މީހުން ހައްޔަރު ކޮށް އޭގެ ތެރެއިން 6 މީހުންގެ ޖަލުގައި 15 ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅުމަށް ފަހު އެމީހުން ކޯޓުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އިންޑިއާ އާ މެދު ދިވެހި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ގޮތުންނާއި، އޭރު އޮތް ސަރުކާރާ ބެހޭ ގޮތުން އެއްވެސް ހަގީގަތެއް ނެތި ދޮގުވާހަކަތައް ފެތުރުމަށް ކޮވިޑްގެ ނުރައްކާތެރި ހާލަތުގައ ވެސް އެޗްޕީއޭ ގެ އެންގުންތަކާ ޚިލާފަށް މާލޭގެ މަގުތަކުގައި އެތައް މުޒާހަރާ އެއް ކުރި މީހުން މިއަދު ސަރުކާރުގައި ތިބި އިރު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑު އުފުލުމަށް ސުލްހަވެރިކަމާ އެކު މިހާރު އިހުތިޖާޖު ކުރާ ކޮންމެ ފަހަރަކު އެތައް ބަޔަކު ފުލުހަށް ހާޒިރު ކޮށް ރައްޔިތުންނަށް ފުލުހުން މެދުވެރިކޮށް ބިރުދެއްކުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. އޭރުގެ މުޒާހަރާ ތަކުގައި މަގުތަކަށާއި ޖުމްހޫރީ މައިދާނަށް އެއްވި ފަރާތްތައް މިއަދު ތިބީ ސަރުކާރުގެ އެކިއެކި ބޮޑެތި މަގާމުތަކުގައިކަން ފާހަގަ ކުރެވެއެވެ. ޚުދު ރައީސް މުއިއްޒު އަކީ ވެސް މުޒާހަރާ ތަކުގައި މަގުތަކުގައި އުޅުއްވި ފަރާތެއްކަން ފާހަގަ ކުރެވެއެވެ. އޭރުވެސް މިހާރު ވެސް އަމަލު ކުރަމުންދަނީ އެއް ގާނޫނަކަށް ކަން ވެސް ފާހަގަ ކުރެވެއެވެ.

އޮކްޓޯބަރު 3 ގެ މުޒާހަރާ ރޫޅާލުަމަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުންނާއި ބޭނުން ކޮށްފައިވާ ގެއްލުން ބޮޑު ހަތިޔާރުގެ ސަބަބުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒު ވެފައެވެ. އެ މުޒާހަރާ ގައި އާންމުންގެ ތެރޭގައި ބޭނުން ކުރުން މަނާ ސޮނިކް ޑިވައިސް ބޭނުން ކުރުން ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.

ޕޮލިސްލޫޓުވައިފި މުޒާހަރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް