Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަންނާނުންގެ ފޯރަމް

ވިޝުއަލް އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ފޯރަމެއް ބާއްވައިފި

7 ފެބުރުއަރީ 2019 | ބުރާސްފަތި 03:42

ދާއިރާ އަށް ކުރިއެރުން ލިބެން ޖެހޭ ކަމަށް ފަންނާނުން ބުނި

އަލީ ސަމާޚް
އަލީ ސަމާޚް | 7 ފެބުރުއަރީ 2019 | ބުރާސްފަތި 03:42
ފަންނާނުންގެ ފޯރަމްގެ ތެރެއިން

ފަންނާނުންގެ ފޯރަމްގެ ތެރެއިން

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ކުރިއަށް ގެންދާ ''ފަންނާނުންގެ ފޯރަމް'' ސިލްސިލާގެ ތިންވަނަ ފޯރަމް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޝީ ބިލްޑިންގް ގައި ކުރިއަށް ގެންދިޔަ މި ފޯރަމް ހާއްސަ ކޮށްފައިވަނީ ވިޝުއަލް އާޓްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.

މި ފޯރަމްގައި ފޮޓޯގްރާފަރުން، އަތްތެރި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ގްރެފިކް ޑިޒައިނަރުން ވެސް ވަނީ ބައިވެރިވެ، އެ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ހިއްސާ ކޮށްފައެވެ.

ފޯރަމްގައި ބައިވެރިވި ގިނަ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ފުރުސަތުތައް މަދުކަމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ވޭތުވެދިޔަ ސަރުކާރުން އާޓްސްގެ ދާއިރާ އަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ދީފައި ނުވާ ކަމަށާއި، އެކަމުގެ ސަބަބުން ދާއިރާ އަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބެމުންދާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފޯރަމްގައި ބައިވެރިވި މޯލްޑިވިއަން އާޓިސްޓް ކޮމިއުނީޓިގެ ޗެއާމަން މައިމުނާ ބުނީ، ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތައް ބޭރު ގައުމުތަކަށް ފޮނުވޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށާއި، ރާއްޖެ މުޅި ދުނިޔެ އަށް ހުޅުވާލެވިފައިވާއިރު ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތައް ވެސް ރާއްޖޭގެ ޓޫރިޒަމްއެކޭ އެއްފަދައިން މާކެޓް ކުރެވެން ޖެހޭ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބުން އެއީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

''ބޭރު ތަންތަން އާޓިސްޓުންގެ މައުލޫމާތު އަޅުގަނޑުމެންނަށް މި ލިބެނީ ފޮތްތަކުގެ ޒަރިއްޔާއިން މެގަޒިންސް، އާޓިކަލްސް، އީބުކްސް، އިންޓަރނެޓް........ އެކަމަކު އަޅުގަނޑުމެންގެ ކުރެހުންތައް ބޭރު އާޓިސްޓުންނާ ހިސާބަށް ފޯރާ ބާވައޭ. ކިހިނެއްހޭ ފޯރާނީ.. މިރާއްޖޭގައި އާޓްސާކަލް އަސްލު ފުރިހަމައެއް ނޫން.'' އޭނާ ބުންޏެވެ.

މަޝްހޫރު ފޮޓޯގްރަފާ ނިޝާން (މިލް ޒީރޯ) ވަނީ ފޮޓޯގްރާފަރުންގެ ހުރި ގޮންޖެހުންތައް ފޯރަމްގައި ހިއްސާ ކޮށްފައެވެ. ނިޝާން ބުނީ، ޕާކް ކަހަލަ ތަންތަނުގައި ފޮޓޯ ނަގާއިރު ޗާޖްކުރާ ފީ ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ނަގަމުންދާ ފީއަކީ ލިބޭ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ.

''ޕާކެއްގަ ފޮޓޯ ނަގަންޏާ އަޅުގަނޑުމެން ފޮޓޯ ސެޝަންއަށް ވުރެ ބޮޑު އަގެއް އެބަޖެހޭ ޕާކަށް ދޭން. އެހްންވީމަ އެކަންތައްތައް. އަޅުގަނޑަށް ހީވަނީ އެޕާކުގެ ރީތިކަން ވެސް ވަރަށް ބޮޑަށް ފެނިގެންދޭހެން.'' ނިޝާން ބުންޏެވެ.

ރާއްޖޭގައި ފޮޓޯގްރާފަރުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި މީގެ ކުރިން ވަނީ ފެންމަތިވެ، އެދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އެކަމާއި މެދު ކަންބޮޑުވުންފާޅު ކޮށްފައިވާއިރު، ފޯރަމް ގައި ބައިވެރިވި ފަރާތްތަކުން ވަނީ އަދި ވެސް ގިނަ ބިދޭސީންތަކެއް ރިސޯޓްތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ބުނެފައެވެ. މި ފޯރަމްގައި ބައިވެރިންގެ އަޑުތައް އެހުމަށް ފަހު ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވީ، އާޓްސްގެ ދާއިރާ އަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނީ ފަންނާނުންގެ އެހީތެރިކަމާއި އެކު ކަމަށެވެ.

އަދި އެކަމަށް އެފާރާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހެރިޓޭޖް މިނިސްޓްރީ އަކީ ރާއްޖޭގައި އޮތް އެންމެ ''ސަޅި'' މިނިސްޓްރީ ގޮތަށް ތޯރިގް ވަނީ ސިފަކޮށްފައެވެ.

''މީ ހަގީގަތުގައި ވަރަށް ސަޅި މިނިސްޓްރީއެއް. ވަރަށް ސަޅި ދާއިރާއެއް މީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެންމެ ސަޅި ދާއިރާ އެންމެ ރަނގަޅު މިނިސްޓްރީ. މި މިނިސްޓްރީ ވަރުގަދަވެގެން ދަނީ. މި ދާއިރާ ރަނގަޅު ވެގެންދަނީ . ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަމާއި އެކު. އެހެންނޫނިއްޔާ އަޅުގަނޑުމެން އެކަނި ކޮށްގެން ނުވާނެ. އަޅުގަނޑުމެން އެންމެން ވީމާ މިކަންތައް ކުރެވޭނެ ކަމުގެ ޔަގީކަން އެބައޮތް'' ތޯރިގް ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަންނާނުންގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޯރަމެއް ބޭއްވުމުން އެކަމުން ދޭހަވަނީ އެމިނިސްޓްރީން ފަންނާނުންނަށް ދެމުން އަންނަ އަހައްމިއްޔަތުކަން ކަމަށް އޭނާ ވިދާޅުވިއެވެ. ފަންނާނުގެ ފުރަތަމަ ފޯރަމެކޭ އެއްގޮތަށް މި ފޯރަމްގައި ވެސް ގިނަ ފަރާތްތަކުން ވަނީ ނެޝަނަލް ސެންޓާ ފޯދަ އާޓްސް ( އެންސީއޭ) އަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މި ފޯރަމްގައި ބައިވެރިވި ވިޝުއަލް އާޓިސްޓް އަލީ ފަތުހީ ވަނީ މިފޯރަމާއި މެދު އޭނާދެކޭ ގޮތް ރާއްޖެ.އެމްވީއާ ހިއްސާ ކޮށްފައެވެ.

''މި ފޯރަމަކީ ވަރަށް މުހިއްމު ފޯރަމެކޭ. އަޅުގަނޑުމެން ކަހަލަ އާޓިސްޓުންގެ އާޓްތައް ކުރިއަރުވާ، ވިއްކާ. ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ އަޑުއަހާކަން އިނގޭ ފޯރަމެއްކަން މީ. އަޅުގަނޑު ގަބޫލްކުރާ ގޮތުން" އޭނާ ބުންޏެވެ.

މި ފޯރަމްގައި ހެރިޓޭޖް މިނިސްޓަރ ޔުމްނާގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެހުމުގެ ގޮތުން ދަނީ ގިނަ ފޯރަމްތަކެއް ބާއްވަމުންނެވެ. އަދި އެ ފޯރަމް ތަކުގައި ގިނަ ބަޔަކު ދަނީ އެ ފަރާތްތަކަށް ދިމާވެފައިވާ ކަންތައްތައް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރަމުންނެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް