Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

ލެކޯނޫގެ އިސްތިއުފާ އާއެކު، ފްރާންސްގެ ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެއްޖެ

ފްރާންސްގެ ރައީސް މެކްރޮން އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެން ކުރިއަށް ދާނެ މަގެއް، ނުވަތަ ގޮތެއް ނިންމުން. މެކްރޮން އަށް މިހާރު އޮތް ހަމައެކަނި ގޮތަކީ، އަނެއްކާ ވެސް އައު ބޮޑު ވަޒީރެއް އައްޔަން ކުރެއްވުން. މިއީ ދެ އަހަރު ނުވަނީސް، ފްރާންސްގައި މެކްރޮންގެ ވެރިކަމުގައި އައްޔަން ކުރެވޭނެ ހަ ވަނަ ބޮޑު ވަޒީރަށް ވާނެ.

ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނު 27 ދުވަހަށްފަހު އިސްތިއުފާ ދެއްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 06:58
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، އަދި ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ސެބަސްޓިއަން ލެކޯނޫ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، އަދި ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ސެބަސްޓިއަން ލެކޯނޫ

ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ސެބަސްޓިއަން ލެކޯނޫ އިސްތިއުފާ ދެއްވުމާ އެކު، އެ ޤައުމުގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް އިތުރު ހަލަބޮލި ކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ، އެ ޤައުމުގެ ބޮޑު ވަޒީރުގެ މަޤާމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ލެކޯނޫ އައްޔަން ކުރައްވައިފަ އެވެ. ނަމަވެސް، ބޮޑު ވަޒީރު މަޤާމުގައި އެންމެ 27 ދުވަހު ހުންނެވުމަށް ފަހު، ހޯމަ ދުވަހު ލެކޯނޫ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ފްރާންސްގެ އައު ސަރުކާރު އެކުލަވާލިތާ އެންމެ 14 ގަޑިއިރުގެ ތެރޭގަ އެވެ.

މެކްރޮންގެ ވެރި ކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ލެކޯނޫ އަކީ މެކްރޮންގެ ވަރަށް އަރިސް ބޭފުޅެކެވެ. ކުއްލި ގޮތަކަށް ހޯމަ ދުވަހު އޭނާ އިސްތިއުފާ ދެއްވާފައިވާއިރު، އޭނާގެ ސަރުކާރުން އަމަލު ކުރާނެ ގޮތް ވެސް ހާމަ ކޮށްފައި ނުވެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ޤާނޫނު ހަދާ މަޖިލީހުގައި ލެކޯނޫ ހާމަ ކުރައްވަން އޮތީ ވެސް އަންގާރަ ދުވަހު އެވެ.

ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ލެކޯނޫ ވިދާޅުވެފައި ވަނީ، އެހެނިހެން ސިޔާސީ ޕާޓީ ތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، ބަޖެޓާއި ސިޔާސަތުތަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ނާދެވި، ސެންޓަރ ރައިޓް މައިނޯރިޓީ ސަރުކާރު ހިންގުމަށް ވަރަށް ބޮޑަށް ދަތިވާތީ އެވެ. ލެކޯނޫގެ ކުރިން ބޮޑު ވަޒީރު ކަމުގައި ތިއްބެވި ފްރާންސުއާ ބެއިރޫ އަދި މިޝެލް ބާނިއޭ ވެސް އިސްތިއުފާ ދެއްވާފައި ވަނީ ބަޖެޓާ ގުޅޭ މައްސަލައިގަ އެވެ.

ފްރާންސްގައި މިހާރު އުފެދިފައި އޮތް ސިޔާސީ ހަލަބޮލި ކަމަކީ، މައިގަނޑު ގޮތެއްގައި ފްރާންސްގެ ރައީސް މެކްރޮން އަމިއްލަ އަށް ނިންމެވި ނިންމުމެއްގެ ސަބަބުން ކުރިމަތިވެގެން އުޅޭ ޙާލަތެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް "ސާފު ކުރުމަށް" ކަމަށް ބުނެ މިދިޔަ އަހަރު ޤާނޫނު ހަދާ މަޖިލިސް އުވާލަން ނިންމި ނިންމުމަކީ އެކަމުގެ ފެށުން ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީ އަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވެ އެވެ.

ފްރާންސްގެ ރައީސް މެކްރޮން އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެން ކުރިއަށް ދާނެ މަގެއް، ނުވަތަ ގޮތެއް ނިންމުމެވެ. މެކްރޮން އަށް މިހާރު އޮތް ހަމައެކަނި ގޮތަކީ، އަނެއްކާ ވެސް އައު ބޮޑު ވަޒީރެއް އައްޔަން ކުރެއްވުމެވެ. މިއީ ދެ އަހަރު ނުވަނީސް، ފްރާންސްގައި މެކްރޮންގެ ވެރިކަމުގައި އައްޔަން ކުރެވޭނެ ހަ ވަނަ ބޮޑު ވަޒީރަށް ވާނެ އެވެ.

ނުވަތަ ދެން މެކްރޮން އަށް އޮތް ގޮތަކީ އަނެއްކާ ވެސް ޤާނޫނު ހަދާ މަޖިލިސް އުވާލައި، އައު އިންތިޚާބަކަށް ދިޔުން ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. ނަމަވެސް، މިވަގުތު ވޯޓުގެ ސާވޭ ތަކުން ދައްކާ ގޮތުގައި މެރިން ލޫ ޕެންގެ ނެޝަނަލް ރެލީ ޕާޓީ އަށް 32 އިންސައްތަ ވޯޓު ކާމިޔާބު ކުރެވޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފްރާންސްގެ ރައީސް ކަމުގެ މަޤާމުން މެކްރޮން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީ ވަރަށް ދުރު ކަމެކެވެ. އިންސީޑްގެ ސިޔާސީ ސައިންސް ޕްރޮފެސަރު ޑަގްލަސް ޔޭޓްސް ވިދާޅުވެފައިވާ ގޮތުގައި، އަނެއްކާ ވެސް މެކްރޮން އަށް އެންމެ ފަސޭހަ ވާނީ އައު ބޮޑު ވަޒީރެއް އައްޔަން ކުރައްވައިގެންނެވެ.

ފްރާންސްގެ މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ވަނީ، ކުރިއަށް އޮތް 2026 ވަަނަ އަަހަރުގެ ބަޖެޓު ހުއްޓިފަ އެވެ. އިޤްތިޞާދީ މާހިރުން ލަފާ ކުރާ ގޮތުގައި އެ ބަޖެޓު ވަގުތީ ގޮތުން ކުރިއަށް ގެންދަން ޖެހިދާނެ އެވެ. ޑޮއިޗެ ބޭންކުގެ ޔަސިން ރުއައިމީ ވިދާޅުވެފައިވާ ގޮތުގައި ޚާއްސަ ޤާނޫނެއްގެ ދަށުން ޚަރަދުތައް 2025 ވަނަ އަހަރުގެ އޮނިގަނޑާ އެއްގޮތަށް ބެހެއްޓުމަށް މަސައްކަތް ކުރެވިދާނެ އެވެ.

ލެކޯނޫ އަކީ, މިހާރު ދެ ވަނަ ދައުރަކަށް ފްރާންސްގެ ވެރިކަން ކުރައްވަމުން އަންނަ މެކްރޮންގެ ވެރި ކަމުގައި ފްރާންސްގައި އައްޔަން ކުރެވުނު ހަތް ވަނަ ބޮޑު ވަޒީރެވެ. އެހެންކަމުން ދެން އައްޔަން ކުރައްވާ ބޮޑު ވަޒީރު ވާނީ މެކްރޮންގެ ސަރުކާރުގައި އައްޔަން ކުރައްވާ އަށް ވަނަ ބޮޑު ވަޒީރަށެވެ.

މަސްދަރު: ސީއެންބީސީ

އެމެނުއެލް މެކްރޯންސެބަސްޓިއަން ލުކޮނޫފްރާންސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު