Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓިއުބްލައިޓް

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

މި ފިލްމަށް ވަނީ ފިލްމު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 10:30
ޓިއުބްލައިޓްގެ ޕޯސްޓަރ

ޓިއުބްލައިޓްގެ ޕޯސްޓަރ

ސަލްމާންޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރޭނީ މާދަމާ ކަމަށް ކަބީރު ޚާން ބުނެފިއެވެ. "ޓިއުބްލައިޓް" ގެ ޓީޒާ އާންމު ކުރުމަށް ފަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޓްރެއިލާ ނެރޭނީ މިމަހުގެ 25 ގައި ކަމަށެވެ. އޭނާ ވަނީ އެޓްވީޓާ އެކު ފިލްމުގެ ސެންސަރ ސެޓްފިކޭޓް އެޓޭޗްކޮށްފައެވެ.

"ޓިއުބްލައިޓް" ގެ "ރެޑިއޯ ސޯންގް" ވެސް ވަނީ މިހާރު ރިލީޒްކޮށްފައެވެ. އެ ލަވައަށް ވެސް ދަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ސަލްމާން ބުނީ މި ލަވައަށް "ރޭޑިއޯ ސޯންގް" ގެ ނަން ދެވުނީ މިއީ މި ފިލްމުގައި އަންނަ އުފާވެރި ޚަބަރަކާ ގުޅިގެން އަންނަ ލަވައަކަށް ވާތީ ކަމަށެވެ. "ޓިއުބްލައިޓް" ގައި ޖުމްލަ ހިމެނެނީ 3 ލަވައެވެ.

"ޓިއުބްލައިޓް" އަކީ ހިމާލިޔާ ބޯޑަރާ ހެދި އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާއި ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

މިފިލްމު ސިނަމާތަކަށް އަންނާނީ ކުޑަ އީދުގައެވެ. މި ފިލްމް ރިލީޒްކުރުމުގެ ކުރިން ވެސް ވަނީ 227 ކްރޯޑް ރުޕީސް ލިބިފައި ވެއެވެ. އެވަރުގެ ބޮޑު ފައިދާއެއް ޓިއުބްލައިޓަށް ލިބުނީ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް ވިއްކާލައިގެންނެވެ.

މި ފިލްމު ތިއޭޓާގައި އެޅުވުމަށް އިންޑިއާގެ އެންއެޗް ސްޓޫޑިއޯޒް އަށް ވިއްކާލާފައި ވަނީ 132 ކްރޯޑް ރުޕީސްއަށެވެ. އަދި ޗައިނާގައި ފިލްމު އެޅުވުމަށް 75 ކްރޯޑް ރުޕީސްއަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސޮނީ މިއުޒިކަށް 20 ކްރޯޑް ރުޕީސްއަށް ވަނީ ވިއްކާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު