Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރުމުގެ މަސައްކަތް އިސްރާއީލް އިން ފަށައިފި

އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި، އޭނާގެ ޓީމާ އެކު ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތަށް އިސްރާއީލް އިން އަމަލު ކުރާނެ ކަމަށް. ހަމަ އެހެންމެ، ޓްރަމްޕްގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ޣައްޒާ ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރާނެ ކަަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައި.

އިސްރާއީލުން ހައްޔަރުކޮށްފައިވާ ހަމާސްގެ މެންބަރުން ދޫކޮށްލުމުގެ މަސައްކަތް ފެށުމަށް އިސްރާއީލް ސަރުކާރުން ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2025 | ހޮނިހިރު 08:32
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި އެވެ.

ހޮނިހިރު ދުވަހު އެކަން ހާމަ ކޮށްފައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންނެވެ. އެ އޮފީހުން ބުނެފައި ވަނީ އިސްރާއީލްގެ ބަންދުގައި ތިބި މީހުން މިނިވަން ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން ވަގުތުން ތަންފީޒު ކުރުމަށް އިސްރާއީލްގެ ސަރުކާރުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން ޤަބޫލުކޮށް، ސުލްޙަވެރި މަޝްވަރާ ތަކަށް ތައްޔާރުވެފައިވާ ކަމަށް ހަމާސް އިން ބުނުމާ ގުޅިގެން، އިސްރާއީލް އިން ވަނީ އެ މަސައްކަތް ފެށުމަށް ތައްޔާރަށް އޮތް ކަމަށް ހާމަ ކޮށްފަ އެވެ. އަދި އިސްރާއީލްގެ ބަންދުގައި ތިބި މީހުން މިނިވަން ކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތް ފެށުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި، އޭނާގެ ޓީމާ އެކު ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތަށް އިސްރާއީލް އިން އަމަލު ކުރާނެ ކަމަށެވެ. ހަމަ އެހެންމެ، ޓްރަމްޕްގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ޣައްޒާ ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރާނެ ކަަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ޕްލޭން ބަލައި ގަންނަން ހަމާސް އިން ނިންމާފައިވާ މި ދަނޑިވަޅުގައި، އިސްރާއީލްގެ މީޑިއާ ތަކުން ބުނާ ގޮތުގައި، ޣައްޒާއި ކުރިއަށް ގެންދާ ހަނގުރާމައިގެ އަމަލުތައް މަދު ކުރުމަށް، އިސްރާއީލްގެ ސިޔާސީ ވެރިން ވަނީ އެ ޤައުމުގެ ސިފައިން އަށް އަންގައިފަ އެވެ. އެހެންކަމުން މިކަމަކީ ހަމާސް އާއި އިސްރާއީއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ އުންމީދީ ނަތީޖާއެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އިސްރާއީލްގެ ހަމަލާ ތަކުގައި ޣައްޒާ އިން ވަނީ 66،000 އަށް ވުރެ ގިނަ ރައްތިޔުން ޝަހީދުވެފަ އެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް އަނިޔާވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މުޅި ޣައްޒާ އެއްކޮށް ވީރާނާވެފައިވާއިރު، ޣައްޒާގެ މުޅި ޞިއްޙީ ނިޒާމު ވަނީ ފުނޑު ފުނޑުވެފަ އެވެ. މީގެ އިތުރުން، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އާއި، ކާބޯ ތަކެތި އެތެރެ ކުރުމަށް އިސްރާއީލް އިން ހުރަސް އަޅާފައިވާއިރު، ޣައްޒާ ސިޓީގައި ވަނީ ބަނޑުހައި ހޫނުކަން އިއުލާން ކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިސްރާއީލް-ހަމާސްޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫޣައްޒާޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު