ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބައެއް ބޭފުޅުންނާއެކު ހަދާފައިވާ ސެޓަލްމަންޓު އެގްރިމެންޓުތަކުގެ ވާހަކަތައް މި ސަރުކާރުގެ ބޭފުޅުން ނުދައްކަވަނީ ކަޓު ނަގާފައިވާތީ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވިޔަފާރިތަކާއި، ކުންފުނިތަކާއެކު ސެޓަލްމަންޓު އެގްރިމެންޓްތަކެއް ހަދާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަނިޔާދީފައިވާ ފަރާތްތަކާއެކު ކަމަށެވެ.
ސިޔާސީ ގޮތުން ގެއްލުންދީފައިވާ މީހުންނަށް، އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރި ކަމަށާއި، އެއީ ސަރުކާރަކުން ކުރަންޖެހޭ މަސައްކަތެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންނޫންނަމަ ރާއްޖޭގެ އިގްތިސާދަށް އިންވެސްޓު ކުރާނެ މީހުން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތް ކުރީ އުސޫލުގެ ތެރެއިންކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ އެމައްސަލަތަކުގައި ކޯޓަށް ދިޔަނަމަ ސަރުކާރަށް ލިބޭ ގެއްލުން ބޮޑުވެދޭނެތީ ސެޓަލްމަންޓަށް ދިޔަ ކަމަށެވެ.
ކޯޓު ތެރޭގައި ވެސް އޮވޭ ސެޓަލްމަންޓުގެ އުސޫލުތަކެއް އެނގޭތޯ. އޭގެ ތެރެއިން އަޅުގަނޑުމެންގެ ގިނަ ސެޓަލްމަންޓުތައް ގޮސްފައި އޮތީ. ރައީސް ޔާމީންގެ ސަރުކާރުގައި އެކިގޮތް ގޮތުން ނުހައްގުން ލިބިފައި ހުރި ގެއްލުންތަކަށް އަޅުގަނޑުމެން އެމަސައްކަތް ކުރަމުންދިޔައީ ފުރަތަމަ ރައީސް އޮފީހުން އެކުލަވާލީ ސެޓަލްމަންޓު ކޮމެޓީއަކުން. އޭގައި އަޅުގަނޑުމެން ހުރިހާ ފަރާތްތަކެއް ގެނެސްގެން ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ އޮޕީނިއަންގައި އަޅުގަނޑުމެންގެ ގާނޫނީ ވަކީލުންގެ އޮޕީނިއަންގައި ކޯޓަކަށް ގޮސްގެން ދައުލަތަށް ލިބިދާނެ ގެއްލުން ބޮޑުވާނެ ކަހަލަ ކަންކަމުގައި އަދި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއްގައި ވެއްޖެއްޔާ އެމީހުންނާ ވާހަކަ ދައްކައިގެން އެގޮތްތަކެއް މިނިންމަނީ ކުޑަ އަދަދަކަށް އެނގޭތޯ. މިސާލަކަށް ބައްލަވާ ދީބާޖާގެ ވާހަކަ ދައްކަމުންދާއިރު، ދީބާޖާއަކީ ސުޕްރީމް ކޯޓުން 370 މިލިއަން ދޭން ފައިނަލް ހުކުމް ކޮށްފައި އޮތްތަނެއް. އަޅުގަނޑުމެން އެތިރިކުރީ ފުރަތަމަ ބުރުގައި އެމީހުންނާ ވާހަކަ ދައްކައިގެން 60 މިިލިއަނަށް ކުޑަކުރީ. އެވެސް އަޅުގަނޑުމެންގެ ގޯހަކަށް މިވީ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް އެއޮތީ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް![]()
ޚާއްސަ ކޮމެޓީއަކުން ސެޓަލްމަންޓުގެ މި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަބުރު ކަތިލައި، ސިޔާސީގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާތީ، ރައީސް ސާލިހުގެ ސަމާލުކަމަށް އެކަން ގެނެސް، އެ ކޮމެޓީ ފަހުން އުވާލި ކަމަށެވެ. އޭގެފަހުން މިމައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ސެޓަލްމަންޓުގައި އަމަލުކުރާނެ ގަވާއިދެއް ހެދުމަށް މާލީ ކޮމެޓީން ނިންމައި، މަޖިލީހުން ފާސްކުރި ކަމަށެވެ. އެ ގަވާއިދު ހަދައި، އެގަވާއިދުގެ ދަށުން ސެޓަލްމަންޓު އެގްރިމެންޓް ހެދޭ މީހުންނާއި، ނުހެދޭ މީހުން ކަނޑައެޅި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގަވާއިދަށް ނުފެތޭ ފަރާތްތައް ދާންޖެހޭނީ ކޯޓަށް ކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސެޓަލްމަންޓު އެގްރިމެންޓްތައް ހަދާފައިވާ ބައެއް ބޭފުޅުންގެ ވާހަކަތައް މިސަރުކާރުގެ ބޭފުޅުން ނުދައްކާ ކަމަށެވެ. އެއީ އެބޭފުޅުންގެ އަތުން ކަޓު ނަގާފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިކޮނޮމިކް ކައުންސިލުން ސެޓަލްމަންޓުގެ ތެރެއިން ނޫމަޑި ކަންކަމުގައި ހަދާފައިވާ ސެޓަލްމަންޓު ބާތިލްނުކުރާ ކަމަށާއި، އެވާހަކަތައް ނުދައްކާ ކަމަށެވެ.
މިއީ މަޖިލީހުން ނިންމައިގެން ވަކި އަދަދަކަށް ކެޕް ކޮށްގެން ނިންމި ސެޓަލްމަންޓުތަކެއް. ބާތިލް މިވީ އެ އަދި ގޯހޭ މިކިޔަނީ. އެއްކަލަ މިނިސްޓްރީން ފޮނުވައިގެން އިކޮނޮމިކް ކައުންސިލުން ބަލާފައި އެ ސެޓަލް ކުރަންޖެހޭ އެއްޗެއް ކަމަށް ބަލާފައި ކެބިނެޓަށް ގެންގޮސްގެން އެޕްރޫވްކުރި އެއްވެސް އެއްޗެއް އެ އެއްޗެހީގެ ވާހަކަ އެބޭފުޅުން ނުވެސް ދައްކަވާ ނޫންތޯ. ކަޓު ނަގައިގެން. ޅުގަނޑަށް އެނގިގެން މިދަންނަވަނީ ވަކިވަކިން އެމީހުންގެ އަތުން ކަޓު ނަގައިގެން އެތިބީ. އެ އެއްޗެހި އަދި ނުކުންނަންޖެހޭނެ އެނގޭތޯ. ދެން އަޅުގަނޑުގެ ކުންފުންޏަކަށް ސެޓަލްމަންޓެއް ހަދާފައި ނޯންނާނެ. ރަނގަޅު އަޅުގަނޑު އަންހެނުންގެ އާއިލާ ކުންފުންޏެއްގެ ސެޓަލްމަންޓެއް އެބައޮތް. އެއީ ކޯޓު މެދުވެރިކޮށް ކޯޓު ތެރެއިން އޭޖީ އޮފީހުން ސުޕްރީމްކޯޓުން ނިންމާފައި އޮތް އެއްޗަކާ ގުޅިގެން އޭޖީ އޮފީހުން އެދިގެން ސެޓަލްމަންޓުގެ ތެރެއިން މިދެންނެވި ގަވާއިދުގެ ތެރެއަށް ހުށަހެޅިގެން ކޯޓު ތެރެއިން އެބަސްވެވިގެން ކޮށްފައި އޮތް ސެޓަލްމަންޓެއް. އަޅުގަނޑުގެ މަސްލަހަތު އޮތީތީވެ އެހުރިހާ އެއާ ބެހޭ ހުރިހާ ޖަލްސާތަކުން އަޅުގަނޑު ތަނާޒުލްވެފައި ހުންނާނީ. ދެންމީގެ ކޮންމެ ކަމަކީ އެކޮމެޓީން ނިންމައިގެން އިކޮނޮމިކް ކައުންސިލަށް ގެނައީމަ އިކޮނޮމިކް ކައުންސިލުގައި މަޝްވަރާކޮށްގެން އެ ގެންގޮސް ކެބިނެޓުގެ އެޕްރޫވަލްއާއެކު ކުރި އެއްޗެހިތަކެއް. އެވާހަކަތައް ހަމަ އެ އެއްޗެކޭ މިއެއްޗެކޭ ކިޔައިގެން ދައްކަވަނީ. އަޅުގަނޑު މިދައްވަނީ ނާޒިމްއާ، ވިލާ ގާސިމްއަށް ސެޓަލްކޮށްފައި ހުރި އެއްޗިއްސާއި، އެލިސަން ޖަނާއަށް ސެޓަލްކޮށްފައި ހުރި އެއްޗިއްސާއި ހާމިދު ސޭޓަށް ސެޓަލްކޮށްފައި ހުރި އެއްޗިއްސާއި އެ އެއްޗެހީގެ ވާހަކަތައް ވެސް ދައްކާލަބަ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް![]()
ފައްޔާޒު ވިދާޅުވީ ސެޓަލްމަންޓު އެގުރިމަންޓްތަކުގައި ގޯހެއް ހަދާފައިވާނަމަ، ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ ފިޔަވަޅު ވެސް އަޅަންޖެހޭ ކަމަށާއި، ނަމަވެސް މިމައްސަލާގައި އިންސާފުވެރިވުމަށް ފައްޔާޒު ގޮވާލެއްވިއެވެ.