Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ލޫޓުވައިފި" އެއްވުން

ރަނގަޅަށް ވެރިކަން ކުރެވޭ ނަމަ މުޒާހަރާއަށް ނުކުތުން ހުއްޓުވަން ރައްޔިތުން ބުއްފުޅި ޖައްސާކަން ނުޖެހޭނެ: މެމްބަރު މައުރޫފު

ދޮގު ނުހަދާ ރަނގަޅަށް އިޚްލާސްތެރިކަމާއި އެކު ވެރިކަން ކުރެވޭ ނަމަ މުޒާހަރާކުރަން މަގުތަކަށް ނުކުތުން ހުއްޓުވަން ނުޖެހޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 06:14
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރު: ރަނގަޅު ވެރިކަމެއް ކުރެވޭނަމަ މުޒާހަރާއަށް ނުކުތުން ހުއްޓުވަން ރައްޔިތުން ބުއްފުޅި ޖައްސަން ނުޖެހޭނޭ ކަމަށް ވިދާޅުވި

ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރު: ރަނގަޅު ވެރިކަމެއް ކުރެވޭނަމަ މުޒާހަރާއަށް ނުކުތުން ހުއްޓުވަން ރައްޔިތުން ބުއްފުޅި ޖައްސަން ނުޖެހޭނޭ ކަމަށް ވިދާޅުވި

ދޮގު ނުހަދާ ރަނގަޅަށް އިޚްލާސްތެރިކަމާއި އެކު ވެރިކަން ކުރެވޭ ނަމަ މުޒާހަރާކުރަން މަގުތަކަށް ނުކުތުން ހުއްޓުވަން ރައްޔިތުން ބުއްފުޅި ޖައްސަން ނުޖެހޭނޭ ކަމަށާއި އެފަދަ ވެރިކަމެއް ކުރާނަމަ ރައްޔިތުން ތިބޭނީ ގޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރ މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ޒަމާނުއްސުރެ މި ގައުމުގައި ހަމަޖެހިގެން ހިނގަމުން އައި ނިޒާމު ވަނީ މުގުރާލާފައި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީފަދަ ތަންތަނަށް ރައީސް މުއިއްޒު ބޭނުންފުޅާ ބަޔަކު އައްޔަން ކުރާގޮތަށް ހަދައި މުޅި ދައުލަތް މިއަދު އޮތީ ރައީސް މުއިއްޒުގެ މުށުތެރެއަށް ލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މައުރޫފް ވިދާޅުވީ މުޅި ގައުމުގެ ހުރިހާ ބާރެއް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައިގެން ގައުމަށް ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން ގެންދިއުމަކީ މިއަދު މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އެގޮތުން ހުރިހާ ބާރެއް ބޭނުންކޮށްގެން މިއަދު ގައުމުލޫޓުވަމުން ދާދިއުން ހުއްޓުވުމަށް، އެކަމާއި ދެކޮޅަށް ގައުމަށް ހެޔޮއެދޭ ރައްޔިތުންތަކެއް ނުކުންނަން ފެށީމައި ރައީސް މުއިއްޒުގެ ކޮންޓްރޯލް އޮން ތަންތަނުން ބަޔާންތައް ނެރޭ ކަމަށާއި އަދި އެ ބަޔާންތަށް ނެރެނީ ރައްޔިތުންނަށް އެއީ ސައްޚަ އެއްޗެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

މައުރޫފް ވިދާޅުވީ އެގޮތަށް އެކަން ކުރަން ދިމާވާ އެންމެ ބޮޑު ސަބަބަކީ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަމުގެ މައުލޫމާތު ދުރާލައި ސިފައިންނާއި ފުލުހުންގެ ތެރޭގައި އޮންނަ އިންޓެލް ޑިޕާޓްމަންޓަށް ލިބިފައި ވުންކަމަށެވެ.

މައުރޫފް ވިދާޅުވީ މުޒާހަރާއަށް އަންނަ ގިނަ ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒުގެ މި ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށާއި ގިނަ ރައްޔިތުން އެއްވުމަށް އަންނަން ބޭނުންވާ ސަބަބަކީ ވެސް އެއީ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައި އޮންނާނެ ވަރަށް ވަރުގަދަ އިންޓެލް ޑިޕާޓްމެންޓެއް. މިތަންތަނަށް އެނގޭނެ މި މުޒާހަރާތަކުގައި ބައިވެރިވާ އަދަދު ކޮންމެވެސް ވަރަކަށް އެބޭފުޅުން ބެލިބެލުމުގައި ވަރަށް ބޮޑު އަދަދެއް މި ރެލީތަކުގައި ބައިވެރިވަނީ، މުޒާހަރާއަށް އަންނަނީ. އަނެއްކާ މީގެ އެންމެ މަޖާ ކަމަށް މިވަނީ ނުވަތަ މުހިންމު ކަމަކަށް މިވަނީ ރައްޔިތޔުން ބުނަނީ ވައްޓާލަން ނޫންގޮތަކަށް ތިމަންނަމެން ދާކަށް ބޭނުމެއް ނޫނޭ. އެހެންވީމާ ރައްޔިތުން ވަރަށް ރުޅިައިސްގެން ސީރިއަސް ކޮށް ހަމަ މި ސަރުކާރާއި ދެކޮޅަށް މި ނުކުންނަނީ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރ މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު އެހާ ބޮޑަށް ކަންބޮޑުވެ، ހާސްވެގެން އެއްވުމަށް ނުކުންނަ ފަރާތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރައްވަމުން އެގެންދަވަނީ މިކަންކަމުގެ މައުލޫމާތު އިންޓެލް މެދުވެރިކޮށް ލިބިވަޑައިގެންފައި ވާތީ ކަމަށެވެ.

އެހެން ކަމުން ދެން ވެސް ރައީސް މުއިއްޒަށް ރައްޔިތުން މުޒާހަރާއަށް ނުކުތުން ހުއްޓުވުމަށްޓަކައި ކުރެއްވޭނޭ ހަމަ އެކަނި ކަމަކީ ދޮގުހެއްދެވުމާއި ރައްޔިތުންނަށް އޮޅުވާލުން ކަމަށް މައުރޫފް ވިދާޅުވި އެވެ.

ރައްޔިތުން ގަބޫލުކުރަންވީ ދޮގުހަދަނީ އިދިކޮޅުފަރާތުންތޯ ނުވަތަ ވެރިކަމުގައި ހުރި ފަރާތުންތޯ ދޮގު ހަދަނީ. ވެރިކަމުގެ ހުރި ފަރާތާ މުޅި ސަރުކާރާ ދައުލަތް މިހާރު މިއޮތީ އެކައްޗަކަށް ހަދާފަ. އެއީ އަޅުގަނޑު ބުންޏަސް އަދި އެހެން މީހަކު ބުންޏަސް ގަބޫލުކުރާނެ ކަމެއް. އެެއީ ފެކްޓެއް. މަޖިލީހަކީ ސީދާ ރައީސް ބުނާގޮތަށް ވޮޓުދޭ ތަނެއްކަން އެނގޭނެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރ މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ކަންކަން ބޮއްސުންލައިގެން ދިޔައީމަ ރައްޔިތުން މަގުމައްޗަށް ނުކުމެވެސް އަޑު އުފުލާނެ ކަމަށާއި އެކަން ނުހުއްޓުވޭނޭ ކަމަށެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުން ދޮގު ނުހަދާ، ރައްޔިތުންނަށް އޮޅުވާނުލައި އިޚްލާސްތެރިކަމާއި އެކު މައްސަކަތް ކުރަމުގެންދިޔަ ނަމަ މިއަދު މުޒާހަރާއަށް ނުކުތުން ހުއްޓުވުމަށް ރައްޔިތުން ބުއްފުޅިޖައްސަން ނުޖެހޭނޭ ކަމަށެވެ.

ބައްލަވާ ގޯސްވެރިކަމެއް ކޮށް، ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލައިގެން ވެރިކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން މަގުމައްޗަށް އެނުކުންނަނީ. ރައްޔިތުންނަށް ދޮގު ނުހަދާނަމަ ޔަގީންކަން އޮންނަން ޖެހޭނެ ތިމަންނައާއި ދެކޮޅަށް ރައްޔިތުން ނުނިކުންނާނެކަން. ރައްޔިތުން ހުއްޓުވަން ކޮންމެހެން ބުއްފުޅި ޖައްސަން ޖެހޭނެ ތޯ ރަނގަޅަށް ވެރިކަން ކުރެވޭނަމަ. ނުޖެހޭނެ އިނގޭތޯ
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރ މައުރޫފް ޒާކިރު

މައުރޫފް ވަނީ ހުކުރު ދުވަހު އޮންނަ ބޮޑު މުޒާހަރާއަށް ހުރިހާ ރައްޔިތުން ވެސް ނުކުމެ ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ބަިއވެރިވުމަށް ގޮވާލާފަ އެވެ.

މައުރޫފް ޒާކިރުރައީސް މުއިއްޒުމަޖިލީސްމުޒާހަރާތައްވެރިކަން ހިންގުމުގެ ބާރުލޫޓުވައިފި, ލޫޓުވައިފި އެއްވުންލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު