Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

އެމެރިކާ އިން ހަމަލާ ދީފާނެ ކަމަށް، މަދޫރޯ ހުންނެވީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ތައްޔާރަށް

މަދޫރޯ ވިދާޅުވެފައި ވަނީ، ވެނެޒުއެލާ އިން އެކަމާ ގުޅިގެން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެމެރިކާ އިން އަސްކަރީ ގޮތުން ހަމަލާ ދޭން އުޅެފި ނަމަ، ޤާނޫނު އަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަަމަށް މަދޫރު ވިދާޅުވެފައިވެ އެވެ. މަދޫރޯ ވިދާޅުވީ ވެނެޒުއެލާގެ ރައްޔިތުންނާއި، އެ ޤައުމުގެ ސުލްޙަ އާއި، ދެމެހެއްޓުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އެމެރިކާއިން ހަމަލާދޭން އުޅޭކަމުގެ ބިރާއެކު ވެނެޒުއެލާގެ ރައީސް މަދޫރޯ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ތައްޔާރުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 10:32
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ އަސްކަރިއްޔާ އަށް އަމާޒުކޮށް، އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޫ ވިދާޅުވެއްޖެ އެވެ.

މި ފަހަކަށް އައިސް އެމެރިކާ އިން ވަނީ، ވެނެޒުއެލާ އިން އެ ޤައުމަށް މަސްތުވާ ތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކޮށްފަ އެވެ. އެގޮތުން މަސްތުވާ ތަކެތި އެތެރޭ ކުރާ ކަމަށް ބުނެ، ވެނެޒުއެލާގެ އުޅަނދުތަކަށް ވަނީ ހަމަލާ ތަކެއް ވެސް ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަދޫރޯ ވިދާޅުވެފައި ވަނީ، ވެނެޒުއެލާ އިން އެކަމާ ގުޅިގެން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެމެރިކާ އިން އަސްކަރީ ގޮތުން ހަމަލާ ދޭން އުޅެފި ނަމަ، ޤާނޫނު އަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަަމަށް މަދޫރު ވިދާޅުވެފައިވެ އެވެ. މަދޫރޯ ވިދާޅުވީ ވެނެޒުއެލާގެ ރައްޔިތުންނާއި، އެ ޤައުމުގެ ސުލްޙަ އާއި، ދެމެހެއްޓުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މަދޫރޯ އެހެން ވިދާޅުވުމުގެ ކުރިން، ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގެޒް ބޭރުގެ ޑިޕްލޮމަޓުންނަށް އަންގަވާފައިވާ ގޮތުގައި، އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ދިފާއީ އަދި ސާލަމަތީ ކަންކަމުގައި ޚާއްސަ ބާރުތަކެއް ދޭ ޤަރާރުގައި މަދޫރޯ ސޮއި ކުރައްވާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، އަށް ހަނގުރާމަ މަތީ އުޅަނދާއި، ނިއުކްލިއާ ސަބްމެރިންނާއި، އެފް-35 ސެޓެލްތު ފައިޓާ ޖެޓުތަކެއް ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދަށް ފޮނުއްވައިފަ އެވެ. މިއީ ކެރީބިއަން ސަރަހައްދުގައި އެމެރިކާ އިން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ އޮޕަރޭޝަން ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ މަސްތުވާ ތެކެތި އެތެރެ ކުރުން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް، އދ އާއި އެމެރިކާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެނެޒުއެލާ އަކީ، އެމެރިކާ އަށް ކޮކެއިން އެތެރެ ކުރުމުގައި މައިގަނޑު ދައުރެއް އަދާ ކުރާ ޤައުމެއް ނޫނެވެ.

މިހާތަނަށް އައިއިރު، އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދުގައި ތިން އުޅަނދަކަށް ހަމަލާ ދީފަ އެވެ. އެމެރިކާ އިން ދިން ހަމަލާ ތަކުގައި މަދުވެގެން ވެނެޒުއެލާގެ 17 މީހަކު ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން ވެނެޒުއެލާ އިން ބުނެފައި ވަނީ، އެމެރިކާ އިން ވަނީ "އިއުލާން ނުކުރާ ހަނގުރާމައެއް" ފަށާފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރާ ވާހަކަ މަދޫރޯ ދައްކަވާފައިވާއިރު، އެ ޤަރާރުގެ ދަށުން މަދޫރޯ އަށް ލިބިވަޑައިގަންނަވާ ބާރުތައް 90 ދުވަހުގެ މުއްދަތަކަށް ދެމި އޮންނާނެ އެވެ. އަދި އިތުރު 90 ދުވަހަށް އެ މުއްދަތު އިތުރު ވެސް ކުރެވޭނެ އެވެ. ވެނެޒުއެލާގެ ޤާނޫނު އަސާސީގައިވަ ގޮތުން، މި ބާރުތައްކުގެ ދަށުން އަސްކަރިއްޔާ އަށް ޤައުމުގެ އާންމު ޚިދުމަތްތަކާއި، ތެޔޮ ސިނާއަތުގެ މައްޗަށް ބިނާކޮށް ބާރު ލިބިގެންދާނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ވެނެޒުއެލާނިކޮލާސް މަދޫރޯޑޮނަލްޑް ޓްރަމްޕްމަސްތުވާތަކެތިކުއްލި ނުރައްކަލުގެ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު