Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޤަތަރުގެ ބޮޑު ވަޒީރުގެ ކިބައިން ނަތަންޔާހޫ މައާފަށް އެދިވަޑައިގެންފި

30 ސެޕްޓެމްބަރު 2025 | އަންގާރަ 07:44

ވައިޓް ހައުސް އިން ބުނެފައި ވަނީ، ނަތަންޔާހޫގެ ފަރާތުން ދީފައިވާ ޔަގީންކަމާއި، ދެއްކެވި ވާހަކަތަކަށް ޤަތަރުގެ ބޮޑު ވަޒީރު މަރުޙަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ސުލްޙަވެރިކަން ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވައިޓް ހައުސްގައި ކުރެވުނު ފޯނު ކޯލެއްގައި ޤަތަރުގެ ބޮޑުވަޒީރަށް މަޢާފަށް އެދިވަޑައިގަތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ސެޕްޓެމްބަރު 2025 | އަންގާރަ 07:44
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރަށް ގުޅުއްވައިގެން

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރަށް ގުޅުއްވައިގެން

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، ޤަތަރުގެ ބޮޑު ވަޒީރު ޝައިޚް މުޙަައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.

ޤަތަރުގެ ބޮޑު ވަޒީރުގެ ކިބައިން ނަތަންޔާހޫ މައާފަށް އެދިވަޑައިގެންފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގެންނެވެ.

ނަތަންޔާހޫއާ އެކު އޮތް ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޤަތަރުގެ ބޮޑު ވަޒީރަށް ފޯނުން ގުޅުއްވައިފަ އެވެ. އަދި ޓްރަމްޕް ވަނީ އިސްރާއީލް އާއި ޤަތަރުގެ ގުޅުން ރަނގަޅު މަގަން އެޅުވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެ ފޯނު ކޯލުގައި ވަނީ ތިން ޤައުމުގެ މެދުގައި ރަނގަޅު ކަންތައްތަކެއް އެކުލަވާލުމަށް ވެސް އެއްބަސްވެފަ އެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ، ބައްދަލުވުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޤަތަރުގައި ތިބި ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، ބަޔަކު މަރުވެފައިވާތީ ނަތަންޔާހޫ އެކަމުގެ ހިތާމަ ފާޅު ކޮށްފައިވާ ކަމަށެވެ.

ހަމަ އެހެންމެ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް، ހަމާސްގެ އިސްވެރިންނަށް ދިން ހަމަލާގެ ސަބަބުން ޤަތަރުގެ ސިޔާދަތަށް ގެއްލުން ވެފައިވާތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އަދި މުސްތަޤުބަލުގައި އެފަދަ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ނަތަންޔާހޫ ދީފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ، ނަތަންޔާހޫގެ ފަރާތުން ދީފައިވާ ޔަގީންކަމާއި، ދެއްކެވި ވާހަކަތަކަށް ޤަތަރުގެ ބޮޑު ވަޒީރު މަރުޙަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ސުލްޙަވެރިކަން ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ.

ޤަތަރުގެ ބޮޑު ވަޒީރާ ފޯނުން ގުޅުއްވައި ނަތަންޔާހޫ ވާހަކަ ދައްކަވާފަައިވާއިރު، ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން ވަނީ މި ފަހުން ހަމަލާ ދީފަ އެވެ. އެއީ ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެރިންނަށް އަމާޒުކޮށްގެން އިސްރާއީލް އިން ދީފައިވާ ހަމަލާ އެކެވެ.

އެ ހަމަލާއާ ގުޅިގެން އެމެރިކާގެ އިތުރުން، އެތައް ޤައުމަކުން ވަނީ އިސްރާއީލް އަށް ނުރުހުން އަމާޒުކޮށްފަ އެވެ. އަދި ޤަތަރަކީ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޤައުމެއް ކަމަށާއި، އިސްރާއީލް އިން ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ޓްރަމްޕް ވެސް އޮތީ ވިދާޅުވެފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓުމުގެ އައު ހުށަހެޅުމެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުމަށް އިސްރާއީލް އިން ޤަބޫލު ކޮށްފައިވާއިރު، ޓްރަމްޕް ވިދާޅުވީ ހަމާސް އިން ވެސް އެކަން ޤަބޫލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިސްރާއީލް-ޣައްޒާޑޮނަލްޑް ޓްރަމްޕްހަމާސްވައިޓް ހައުސްބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް