Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ގެ އައު ސުލްހަ ޕްލޭނަކަށް ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕާއި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް އައު ސުލްހައިގެ ޕްލޭނެއް ހުށަހަޅުއްވާފައެވެ. މި ޕްލޭންގައި ހަމާސް އިން ރަހީނުން ދޫކޮށްލުމާއި ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމާއެކު، ޣައްޒާގައި ފަންނީ ފަރާތްތައް ހިމަނައިގެން ވަގުތީ ސަރުކާރެއް ގާއިމު ކުރުމަށް ބޭނުންވާ މުހިންމު ނުކުތާތަކެއް ހިމެނެއެވެ.

ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 02:14
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 66،055 މީހުން ވަނީ މަރުވެފައި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 66،055 މީހުން ވަނީ މަރުވެފައި

ޣައްޒާ ގެ ސުލްހައިގެ ޕްލޭނަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކޮށްފިއެވެ.

އަދި ޕްލޭން ގަބޫލު ކުރުމަށް ހަމާސް އަށް ވަނީ އިންޒާރު ދީފައެވެ. މި ޕްލޭންގައި ހުށަހަޅާފައިވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، 72 ގަޑިއިރުގެ ތެރޭގައި ހަމާސް އިން 20 އިސްރާއީލުގެ ރަހީނުންނާއި މަރުވެފައިވާކަމަށް ޤަބޫލުކުރެވޭ 20 އަށްވުރެ ގިނަ ރަހީނުންގެ ހަށިތައް ހަވާލު ކުރުމެވެ. މި ޕްލޭންގެ ދަށުން އެތައް ސަތޭކަ ފަލަސްތީނު މީހުން އިސްރާއީލުގެ ބަންދުން ދޫކޮށްލެވޭނެއެވެ.

ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާ ގުޅުންހުރި ފަލަސްތީނުގެ މަސްދަރަކުން ބީބީސީ އަށް ބުނެފައިވަނީ ވައިޓް ހައުސްގެ 20 ނުކުތާގެ ހުށަހެޅުން ހަމާސްގެ އިސްވެރިންނަށް ފޯރުކޮށް ދެވިފައިވާ ކަމަށެވެ. މި ހުށަހެޅުމުގައި ހަމާސް އަށް ޣައްޒާ ގެ ސަރުކާރުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ. އަދި މި އެއްބަސްވުން މަގު ފަހި ކުރާނީ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވުނު މަޝްވަރާ ތަކަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިއީ "ސުލްހަ އަށް ތާރީޚީ ދުވަހެއް" ކަމަށެވެ. ނަމަވެސް ހަމާސް އިން މި ޕްލޭނާ އެއްބަސް ނުވާ ނަމަ "ހަމާސްގެ ނުރައްކާ ނައްތާލުމުގެ މަސައްކަތް ނިންމުމަށް" ނަތަންޔާހޫ އަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެފަހުން ނަތަންޔާހޫ ހާމަ ކުރި ގޮތުގައި ހަމާސް އިން މި ޕްލޭން ބަލައިނުގަތްފި ނަމަ ނުވަތަ އެއާ އެއްގޮތަށް ޢަމަލު ނުކޮށްފި ނަމަ "އިސްރާއީލުން މަސައްކަތް ނިންމާނެ" ކަމަށެވެ.

އަނެއްކޮޅުން އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކް ގައި ހިންގާ ޕެލަސްޓައިން އޮތޯރިޓީން އެމެރިކާ ރައީސްގެ މަސައްކަތަކީ "ތެދުވެރި އަދި ޢަޒުމާއެކު" ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ވަފާ ނިއުސް އޭޖެންސީ ގައި ޝާއިޢު ކުރި ބަޔާނެއްގައި، އޮތޯރިޓީން ބުނެފައި ވަނީ "ޣައްޒާގެ ހަނގުރާމަ ނިންމުމަށާއި، ޣައްޒާ އަށް އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ރަހީނުންނާއި ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް އެމެރިކާ އާއި، ސަރަޙައްދީ ޤައުމުތަކާއި، ބައިވެރިންނާ އެކު މަސައްކަތްކުރުމަށް ތައްޔާރަށް،" އޮތް ކަމަށެވެ.

މި ހުށަހެޅުން ތަންފީޒު ކުރެވިއްޖެ ނަމަ، ވަގުތުން ހަނގުރާމަ ހުއްޓާލެވޭނެއެވެ. ޓްރަމްޕްގެ ޕްލޭންގެ ދަށުން، ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ އެވެ. އަދި އެމީހުންގެ ބިމުއަޑީގެ ޓަނަލްތަކާއި ހަތިޔާރު އުފައްދާ ތަންތަން ނައްތާލެވޭނެއެވެ.

ދެފަރާތުން މި ހުށަހެޅުމާ އެއްބަސްވުމުން "ޣައްޒާ އަށް ފުރިހަމަ އެހީ ވަގުތުން ފޮނުވޭނެ" ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާ އިން ވަނީ ޣައްޒާގެ މުސްތަޤްބަލުގެ ސަރުކާރާ ބެހޭ ޕްލޭނެއް ވެސް އެކުލަވާލާފައިވެއެވެ. މި ޕްލޭންގައި ބުނެފައި ވަނީ "ޓެކްނޮކްރެޓިކް، ސިޔާސީ ނޫން ފަލަސްތީނުގެ ކޮމިޓީއަކުން" ވަގުތީ ގޮތުން ވެރިކަންކުރާނެ ކަމަށެވެ. މި ކޮމިޓީން ވެރިކަން ހިންގާނީ "ބޯޑް އޮފް ޕީސް" ކިޔާ އައު ބައިނަލްއަޤްވާމީ ވަގުތީ މަޖިލީހެއްގެ ބެލުމުގެ ދަށުންނެވެ. މި މަޖިލިސް އިސްކޮށް ހިންގާނީ ޓްރަމްޕެވެ. ކުރީގެ އިނގިރޭސި ބޮޑުވަޒީރު ސަރ ޓޯނީ ބްލެއަރ މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެއެވެ. އަދި އެހެން އިތުރު ލީޑަރުންވެސް "އިޢުލާންކުރެވޭނެ" ކަމަށް ބުނެފައިވެއެވެ. ސަރ ޓޯނީ މި ޕްލޭނަށް ވިދާޅުވެފައި ވަނީ "ހިތްވަރުގަދަ އަދި ވިސްނުންތެރި" ޕްލޭނެއް ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ މި ޕްލޭނަށް މަރުޙަބާ ކިޔުއްވައި، "ހުރިހާ ފަރާތްތަކުން އެއްބައިވެ، އެމެރިކާ ސަރުކާރާ އެކު މަސައްކަތްކޮށް މި އެއްބަސްވުން ނިންމައި ޙަޤީޤަތަކަށް ހެދުމަށް" ގޮވާލެއްވިއެވެ. "ހަމާސް އިން މިހާރު މި ޕްލޭނާ އެއްބަސްވެ، ހަތިޔާރު ދޫކޮށްލައި، ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލައި މި ހިތްދަތިކަން ނިންމަންވާނެ" ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ "ބޮޑުވަޒީރު ނަތަންޔާހޫ މި ހުށަހެޅުމަށް ދިން އިޖާބީ ޖަވާބުން ހިތްވަރު ލިބުނު" ކަމަށެވެ. އަދި "ހުރިހާ ފަރާތްތަކުން މި ވަގުތު ގެ ބޭނުން ކޮށްގެން ސުލްހަ އަށް ޙަޤީޤީ ފުރުސަތެއް ދޭންވާނެ" ކަމަށް އިތުރުކުރެއްވިއެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން މި ހުށަހެޅުމަށް ތަޢުރީފުކުރައްވައި، "ހަނގުރާމަ ނިންމައި ރަހީނުން ދޫކޮށްލުމުގެ މަސައްކަތަށް ފްރާންސް އިން އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ. "މި ކަންކަމުން މަގުފަހިވާން ވާނީ ކަމާބެހޭ ހުރިހާ ބައިވެރިންނާއެކު ފުންކޮށް މަޝްވަރާކޮށް، ދެ ދައުލަތުގެ ޙައްލުގެ މައްޗަށް ބިނާކޮށް، ސަރަޙައްދުގައި ދެމިގެންދާނެ ސުލްހައެއް ބިނާކުރުމަށް" ކަމަށް މެކްރޯން ވިދާޅުވިއެވެ.

މި ޕްލޭންގައި އިތުރަށް ބުނެފައި ވަނީ ހަމާސް އަށް "ސީދާގޮތުން، ނުސީދާ ގޮތުން، ނުވަތަ އެއްވެސް ސިފައެއްގައި" ޣައްޒާ ގެ ވެރިކަމުގައި ދައުރެއް ނޯންނާނެ ކަމަށެވެ. ޕްލޭންގެ ގިނަ ބައިތައް އަމާޒު ކުރެވިފައި ވަނީ އެމެރިކާ އިން ކިޔާ "އިޤްތިޞާދީ ތަރައްޤީގެ ޕްލޭން" އަކަށެވެ. މިއީ ޣައްޒާ އަލުން ބިނާ ކުރުމަށް ހުށަހަޅާފައިވާ ޕްލޭނެކެވެ. އަދި "އިސްރާއީލުން ޣައްޒާ ހިސޯރު ނުކުރާނެ ކަމަށާއި، އިސްރާއީލުގެ ބާރުތައް މަރުޙަލާތަކަކަށް ބަހާލައިގެން އެ ސަރަޙައްދުން ފައިބާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޓްރަމްޕްގެ ކުރީގެ ބަޔާންތަކާ ޚިލާފަށް، މި ޕްލޭންގައި ވާ ގޮތުން ފަލަސްތީނު ރައްޔިތުން ޣައްޒާ އިން ނެރެން މަޖުބޫރެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި، ލިޔުމުގައި ބުނެފައިވަނީ: "އަހަރެމެން ފަލަސްތީނު މީހުން ދެމިތިބުމަށް ބާރުއަޅައި، ރަނގަޅު ޣައްޒާ އެއް ބިނާކުރުމުގެ ފުރުސަތު ދޭނަން" ކަމަށެވެ. މި ޕްލޭންގައި މުސްތަޤްބަލުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ.

ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާ ގުޅުންހުރި ފަލަސްތީނު މަސްދަރެއް ބީބީސީ އަށް ބުނެފައި ވަނީ "ގަތަރާއި މިޞްރުގެ އޮފިޝަލުން ޣައްޒާގެ ހަނގުރާމަ ނިންމުމަށް ވައިޓް ހައުސްގެ ޕްލޭން ދޯހާގައި ތިބި ހަމާސްގެ އޮފިޝަލުންނާ ހަވާލުކޮށްފައިވާ" ކަމަށެވެ. އޭގެ ކުރިން، ހަމާސްގެ އިސް އޮފިޝަލެއް ބީބީސީ އަށް ބުނެފައިވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް ހުށަހެޅޭ ކޮންމެ ހުށަހެޅުމެއް ދިރާސާކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް ތިބިކަމަށެވެ. ނަމަވެސް ކޮންމެ އެއްބަސްވުމެއްގައި ވެސް ފަލަސްޠީނުގެ މަޞްލަޙަތުތައް ރައްކާތެރިކުރެވި، އިސްރާއީލުން ޣައްޒާ އިން ފުރިހަމަ އަށް ފައިބައި، ހަނގުރާމަ ނިމެންވާނެ ކަމަށް ބުނެފައިވެއެވެ.

އެ ޖަމާޢަތުގެ ހަތިޔާރުތަކާ ބެހޭގޮތުން ސުވާލުކުރުމުން، އޮފިޝަލް ބުނީ: "ހިސޯރު ދެމިއޮތްހާ ހިނދަކު ހަތިޔާރަކީ ރަތް ރޮނގެކެވެ. ހަތިޔާރުގެ މައްސަލަ އަށް މަޝްވަރާ ކުރެވޭނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމުގެ ސިޔާސީ ޙައްލެއްގެ ތެރެއިން އެކަންޏެވެ."

މި ޕްލޭން އިޢުލާން ކުރެވުނީ ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދުނު ދަނޑިވަޅެއްގައި ނަތަންޔާހޫ އ.ދ.ގެ ޢާންމު މަޖިލީހުގައި ދެއްކި ވާހަކަގައި ގިނަ ހުޅަނގުގެ ޤައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް ފާޑު ކިޔާފައި ވަނިކޮށްނެވެ.

ޓްރަމްޕް ދެވަނަ ދައުރަކަށް ވައިޓް ހައުސް އަށް ވަޑައިގަތުމަށްފަހު ނަތަންޔާހޫ އަށް ވަރުގަދަ އެއްބާރުލުމެއް ދެއްވަމުން ގެންދެވި ނަމަވެސް، ފަހަކަށް އައިސް އިސްރާއީލުގެ ޢަމަލުތަކާ މެދު ނުރުހުން ފާޅުކުރައްވާފައި ވެއެވެ. އެމެރިކާގެ މުހިންމު އެކުވެރިއެއް ކަމުގައިވާ ގަތަރުގައި ތިބި ހަމާސްގެ މެންބަރުންނަށް އިސްރާއީލުން ދިން ހަމަލާއާމެދު ޓްރަމްޕް ނުރުހުން ފާޅުކުރެއްވިއެވެ. ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން، ނަތަންޔާހޫ ވައިޓް ހައުސް އިން ގަތަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ އަށް ގުޅުއްވައި، އިސްރާއީލުގެ މިސައިލް ހަމަލާ އިން ގަތަރުގެ ސިފައިންގެ މީހަކު މަރުވެފައިވާތީ ފުން ހިތާމަ ފާޅުކުރިއެވެ.

އިސްރާއީލުގެ ސިފައިން ޣައްޒާގައި ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނަށް ދިން ކުއްލި ހަމަލާ އަކަށް ފަހުގައެވެ. މި ހަމަލާގައި އިސްރާއީލުން 1,200 މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ. އޭގެފަހުން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 66,055 މީހުން ފަލަސްތީނުގައި ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހަމާސް ހިންގާ ޞިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ. އ.ދ.ގެ އެހީގައި ހިންގާ ޖަމްޢިއްޔާއަކުން ފަހުން ކަށަވަރު ކޮށްފައި ވަނީ ޣައްޒާ ސިޓީގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ކަމަށެވެ. މި މަހުގެ ކުރީކޮޅު، އ.ދ.ގެ ތަޙްޤީޤު ކޮމިޝަނަކުން ނިންމާފައި ވަނީ އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގާފައިވާ ކަމަށެވެ.

މަސްދަރު: ބީބީސީ

އިސްރާއީލް-ހަމާސްޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫޣައްޒާޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު