Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ނަތަންޔާހޫގެ ތާއީދާ އެކު، ޣައްޒާގެ ސުލްހައިގެ ޕްލޭން ޓްރަމްޕް ހުށަހަޅުއްވައިފި

ޕްލޭނާ ގުޅޭ ގޮތުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެ ޕްލޭންގެ ދަށުން، އިސްރާއީލް އިން ކަނޑައަޅާފައިވާ ހަނގުރާމައިގެ މަޤުސަދުތައް ޙާސިލު ކުރެވޭނެ އެވެ. އަދި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ އުންމީދު ކޮށްގެން ހުންނެވީ ހަމާސް އިން އެ ހުށަހެޅުން ބަލައި ގަންނާނެ ކަމަށެވެ.

ޓްރަމްޕް ވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް ހުށަހަޅުއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 01:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތާއީދާއެކު، ޣައްޒާ ސުލްޙައިގެ ޕްލޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފި އެވެ.

މި ޕްލޭން ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. މިއީ ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ.

ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށް ނަތަންޔާހޫ ތާއީދު ކޮށްފައިވާއިރު، ނަތަންޔާހޫ ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެ ހުށަހެޅުން ބަަލައި ނުގަތުމުގެ ފުރުސަތު އޮތް ކަމަށެވެ. އެފަދަ ފުރުސަތެއް މެދުވެރިއްޖެ ނަމަ، "އެކަން ނިންމާލަން" އިސްރާއީލް އިން އޮންނާނީ ތައްޔާރަށް ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަމާސް ޖަމާއަތުން ހެޔޮ ނިޔަތެއްގައި އެ ޕްލޭން ދިރާސާކޮށް، އެއަށް ޖަވާބެއް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ޖުމުލަ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މި ޕްލޭންގައި ހިމަނާފައި ވަނީ، ހަނގުރާމަ ހުއްޓާލުމަށާއި، ހަމާސްގެ ބަންދުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމާއި، ހަމާސްގެ ހަތިޔާރުތައް ދޫކޮށްލުމާއި، މަރުހަލާ ތަކަކަށް ބަހާލައިގެން އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމުގެ އިތުރުން، ބައިނަލްއަޤުވާމީ ސްޓެބިލައިޒޭޝަން ބާރެއް ޤާއިމު ކުރުމާއެކު، ޓްރަމްޕްގެ އިސް ނެގުމުގެ މަތިން ވަގުތީ ސަރުކާރެއް އުފެއްދުމެވެ.

މި ޕްލޭންގެ ދަށުން ހަމާސް ޖަމާއަތުގެ ހަތިޔާރުތައް މުޅިން ދޫކޮށްލަން ޖެހޭއިރު، މުސްތަޤުބަލުގައި ވުޖޫދު ވެގެން އަންނަ ސަރުކާރުގައި އެ ޖަމާއަތުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ. އެހެން ނަމަވެސް، "އަމާން އެކުވެރި ދިރިއުޅުމަލަށް" އެއްބަސްވާ ފަރާތްތަކަށް މައާފު ދިނުމަށް އެ ޕްލޭންގައި ވަނީ ހިމަަނައިފަ އެވެ.

މީގެ އިތުރުން، އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމަށް ފަހު، އިންސާނީ އެހީ އާއި، އިންވެސްޓްމަންޓު ތަކަށް ޣައްޒާގެ ބޯޑަރު ހުޅުވާލެވޭނެ އެވެ. އަދި ކުރިން ޓްރަމްޕް ވިސްނާފައިވާ ގޮތާ ޚިލާފަކަށް، ފަލަސްޠީނުގެ ރައްޔިތުން ޣައްޒާ އިން ބޭރު ކުރުމުގެ ބަދަލުގައި، އެ ތަނުގައި ދިރިއުޅުމަށް ހިތްވަރުދީ، ރަނގަޅު ޣައްޒާއެއް ބިނާ ކުރުމަށް ވެސް އެ ޕްލޭންގެ ދަށުން ފުރުސަތު ދޭނެ އެވެ.

ޕްލޭނާ ގުޅޭ ގޮތުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެ ޕްލޭންގެ ދަށުން، އިސްރާއީލް އިން ކަނޑައަޅާފައިވާ ހަނގުރާމައިގެ މަޤުސަދުތައް ޙާސިލު ކުރެވޭނެ އެވެ. އަދި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ އުންމީދު ކޮށްގެން ހުންނެވީ ހަމާސް އިން އެ ހުށަހެޅުން ބަލައި ގަންނާނެ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާ އިން ވަނީ މިހާތަނަށް 66،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ މައުސޫމް އަންހެނުންނާއި، ކުޑަ ކުދިންނެވެ. އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންނެވެ.

މަސްދަރު: އެޖެންސީސް

ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫއިސްރާއީލް-ހަމާސްޣައްޒާސުލްހައިގެ ޕްލޭންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު