Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހައްމަދު ނަޝީދު

ކޮރަޕްޝަނާއި ނާޖާއިޒް ފައިދާއާއި ދެކޮޅަށް ނަޝީދު ކޮންފަރެންސެއް ބާއްވަނީ

މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިން ބައިވެރިވާނެ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 20:03
އެންމެ ފަހުން އޮތްް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ފައިލް ފޮޓޯ)

އެންމެ ފަހުން އޮތްް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ފައިލް ފޮޓޯ)

ރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ހެކި ހޯދުމަށް ޚާއްޞަ ކޮންފަރެންސެއް ބާއްވާނެކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއުލާނުކުރައްވައިފިއެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ކޮންފަރެންސަކީ އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ތަޙުލީލުކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

Advertisement - newsAdvertisement

މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިން ވެސް ބައިވެރިވެވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކަށް ފުޅާ ދާއިރާއެއްގައި ނަޒަރު ހިންގައި، އެކަންކަން ގަނޑަކަށް ތިރިކުރެވޭނެ ކަމަށް ނަޝީދުގެ އޮފީހުން ބުނެފައިވެއެވެ.

ކޮންފަރެންސްގެ މުހިންމު ބައެއްގެ ގޮތުގައި، ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމާއި، ލިޔެކިޔުންތައް މުތާލިޔާކުރުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭ އިސްތިރާޖީ މަޝްވަރާތައް ކުރެވޭނެ ކަމަށްވެސް ނަޝިދުގެ އޮފީހުން ބުނެއެވެ.

ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާ ވަގަށް ނެގުން ނޫން ކަމަށެވެ. "މި ވައްކަމުގައި ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ އަބުރާއި އިންސާފާއި އިއްޒަތް" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންފަރެންސްގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ކުރީގެ ފައިނޭންސް މިނިސްޓަރު ޢަލީ ހާޝިމާއި، އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ކުރީގެ މިނިސްޓަރު މަޙްމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.

ކޮންފަރެންސް ބާއްވާނެ ތަނާއި ތާރީޚު އަދި އެޖެންޑާގެ އިތުރުން ރަޖިސްޓަރީކުރާނެ ގޮތުގެ ތަފްޞީލު އަންނަ ދުވަސްތަކުގައި އާންމުކުރާނެ ކަމަށް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މުހައްމަދު ނަޝީދުޢަލީ ހާޝިމްމަހުމޫދު ސަލީމްކޮރަޕްޝަން ފެނަކަވިސްލްބްލޯވަރުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު
04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު