Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓް ކޭބަލް ވަޅުލުން

ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

ފެނަކަ ބްރާންޗުގެ މެނޭޖަރު ހައިމާކު ބޭނުންކުރުމުގެ ބަދަލުގައި ހަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުން ލައްވާ ފަކީރާ އާއި އުނދަލި ބޭނުންކޮށް ކޭބަލް ވަޅުލަން ކޮންނަން މަޖުބޫރުކުރަނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 14:16
ފީވަކު ފެނަކަ މުވައްޒަފުންތަކެއް ލައްވާ ހިއްކި ބިމުގައި ކޭބަލް އެއް ވަޅުލަން ކޯރު ކޮންނަނީ

ފީވަކު ފެނަކަ މުވައްޒަފުންތަކެއް ލައްވާ ހިއްކި ބިމުގައި ކޭބަލް އެއް ވަޅުލަން ކޯރު ކޮންނަނީ

ށ. ފީވަކުގައި ކަރަންޓް ކޭބަލް ވަޅުލަން ހައިމާކެއް ގެނެސް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ހިއްކާފައި އޮތް ބިމެއްގައި ކޭބަލް ވަޅުލަން ފަކީރާ އާއި އުނދަލި ބޭނުންކޮށްގެން ކޮނުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފީވަކު މީހަކު ބުނީ މި މަސައްކަތް ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެ އެވެ. އޭނާ ބުނީ ކޭބަލް ވަޅުލަން ކޮންނަމުން ދަނީ ބަނދަރު ހެދި އިރު ފަޅުތެރެއިން ނަގާ އަޅާފައި ހުރި ބޮޑެތި ގާތައް ހިމެނޭ ތަނެއް ކަމަށެވެ. އަދި ކޭބަލް ވަޅުލަން ކޮންނަމުން ދަނީ ބަނދަރު ސަރަހައްދުގައި ހުރި ފެރީޓާމިނަލް އާއި ހޮޓަލަށް ކަރަންޓް ގުޅައި ދިނުމަށެވެ.

އޭނާ ބުނީ ގާތްގަނޑަކަށް 300 ފޫޓު ދިގު އަދި 2 ފޫޓު ބައި ހުންނަ ކޯރު ކޮންނަމުން ދަނީ 8 ވަރަކަށް މުވައްޒަފުން ލައްވާ ކަމަށާއި، އެކަން ކުރުވަނީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށެވެ. ވާހަކަ ދެއްކި މީހާ ބުނީ މަސައްކަތަށް ނުކުމެއްޖެ ނަމަ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ދެއްކުމަށްފަހު އެ މަސައްކަތް ކުރަމުން އަންނަ އިރު ފެނަކައިން އެކަން މުވައްޒަފުން ލައްވާ ކުރުވަނީ މަޖުބޫރު ކޮށްގެން ކަމަށެވެ.

ރަށުގައި ވެސް ހައިމާކެއް ނެތްތޯ ސުވާލު ކުރުމުން ވާހަކަ ދެއްކި މީހާ ބުނީ ހައިމާކެއް އެބައޮތް ކަމަށެވެ. ނަމަވެސް ހައިމާކު ގެނެސް ކޮންނަ ނަމަ އެކަމަށް ހިނގާ ހަރަދު ބޮޑުވާނެ ކަމަށް ފެނަކަ ބްރާންޗުގެ މެނޭޖަރު ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން ވަކި މުވައްޒަފުންތަކެއް ލައްވާ އެކަން ކުރުވަނީ މަތިން އަންގައިގެން ކަމަށެވެ.

ކައުންސިލުން ތަރައްގީ ކުރީ ފެރީ ހިޔާ އަކާއި ފެރީ ޓާމިނަލް އަކާއި. ދެން ފެނަކައިގައި އެތަނަށް ފެނާއި ނަރުދަމާ ގުޅައިދޭން އެދުމުން އެކަން ނުކޮށް ތިބެފައި، މުވައްޒަފުން ނެރެގެން ރަށުގެ ބަނދަރު ސަރަހައްދުގައި ފަޅު ކޮނެގެން ނަގާ އަޅާފައި އޮތް ގާ ވެލިތަކާ އެއްކޮށް މުވައްޒަފުން ލައްވާ މަޖުބޫރުކޮށްގެން ނެރެގެން ކޯރު މި ކޮންނަނީ.
ފީވަކު އާންމު މީހެއް

ވާހަކަ ދެއްކި މީހާ ބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޮންނަން ފެށި ކޯރުން އަދި ކޮނެވުނީ އެންމެ 30 ވަރަކަށް ފޫޓު ކަމަށެވެ. ރާއްޖެ އެމްވީއަށް ލިބިފައިވާ ފޮޓޯ ވީޑިއޯއިން ފެންނަނީ ފަކީރާއާއި އުނދަލި ބޭނުންކޮށްގެން ކޮންނަމުން ދިޔަ ކޯރުން ބޮޑެތި ގާތައް ނަގާ، އަދި ނުނެގޭ ގާތައް ދަގަނޑުން ޖަހާ ފުނޑުކޮށްލައިގެން ނަގަމުންދާ މަންޒަރެވެ.

އޭނާ ބުނީ މަސައްކަތަށް ނުނުކުމެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގާފައިވާ ކަމަށާއި، މިއީ އިންސާނިއްޔަތާއި ހިލާފު އަމަލެއް ކަމަށެވެ. އޭނާ ބުނީ ގުދުރަތީ ފަސްގަނޑާއި ހިއްކާފައި އަޅާފައި ހުރި ގާ ވެލިތަކާއި ތަފާތުވާނެ ކަމަށެވެ. ނަމަވެސް ހައިމާކާއި ކޮންނާނެ އެހެން ހުރިހާ ގޮތެއް އޮތް ނަމަވެސް އެކަން ކުރަން ފެނަކައިން ބޭނުން ނުވާ ކަމަށެވެ.

މިއީ އިންސާނުން ލައްވާ ކުރުވަން އެކަށީގެންވާ މަސައްކަތެއް ނޫން. އެއަށްވުރެ ހަރު ބިމެއް އެއީ. ވަކި ވައްތަރެއްގެ މުވައްޒަފުންތަކެއް މި ނެރެނީ ވެސް. އެބޭފުޅުންނާއި ކުޑަކޮށް ހިޔާލުތަފާތުވާ އަދި ކުރީގައި ނަގާފައި ތިބި މުވައްޒަފުން އެއީ. މީގެ މައިގަނޑު މަގުސަދަކީ މަަސައްކަތަށް ނައިސްފިއްޔާ ވަޒީފާއިން ވަކިކުރުން. 40 ކޮންމެވެސް ވަރަކަށް މުވައްޒަފުން ތިބޭ ތަނަކުން މިކަން މިކުރުވަނީ 8 މުވައްޒަފެއް ލައްވާ.
ފީވަކު އާންމު މީހެއް

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހާ ބުނީ ފެނަކަ ބުރާންޗުގެ އިސް ވެރިއާ ބުނަމުން ދަނީ އެކަމުގައި ކުރާނެ ކަމެއް ނެތް ކަމަށާއި، މަސައްކަތް ކުރަމުންދަނީ މަތިން އަންނަ އޯޑަރަށް ކަމަށެވެ. އަދި މިހާރު ކޮންނަމުން ދަނީ ކަރަންޓް ކޭބަލް އެޅުމަށް ކަމަށާއި، ނަރުދަމާ އެޅުމަށް ވެސް ވަކިން ކޮންނަން ޖެހޭ ކަމަށެވެ. އަދި އެކަންވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުން ލައްވާ ކުރުވާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފީވަކު ފެނަކައަށް ދާދި ފަހުން ވެސް ވަނީ 23 މުވައްޒަފެއް ނަގާފަ އެވެ. އަދި 40 މުވައްޒަފުން ތިބޭ ތަނެއްގައި މިކަންކަން ކުރަމުންދަނީ ވަކި ބަޔަކު ލައްވަ އެވެ.

ފީވަށްފެނަކަ

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

23 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު