Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

މެދުއިރުމަތީގެ މައްސަލަ އަށް ޚާއްސަ ޙައްލެއް ލިބިދާނެ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާތައް ކޮށްފައިވާ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ މައްސަލައަށް އެންމެހާ ފަރާތްތަކުން ޤަބޫލުކުރާ ޙައްލެއް ލިބިދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 06:29
އދ ގެ ޖެނަރަލް އެސެމްބްލީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

އދ ގެ ޖެނަރަލް އެސެމްބްލީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

މެދު އިރުމަތީގެ ހަނގުރާމައިގެ މައްސަލަ އަށް އެންމެހާ ފަރާތްތަކުން ޤަބޫލު ކުރާ ފެންވަރުގެ ޙައްލެއް ލިބިދާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އޭނާއާ ބައްދަލު ކުރައްވަން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަޑައިގަންނަވާ ދަތުރުގެ ކުރިންނެވެ. ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި އެންމެ ގިނައިން ވައިޓް ހައުސް އަށް ވަޑައިގަންނަވާ ލީޑަރަކީ ނަތަންޔާހޫ އެވެ.

ޓްރަމްޕްގެ އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މެދު އިރުމަތީގެ މައްސަލައިގައި އެމެރިކާ އަށް ހަގީގީ ފުރުސަތެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާތައް ކޮށްފައިވާ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމުގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރުމާ އެކު، ހަނގުރާމަ އެއްކޮށް ނިމުމަކަށް އަންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވި އަރަބި އަދި މުސްލިމް ޤައުމު ތަކުގެ ލީޑަރުންނާ އެކު ޓްރަމްޕް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ މަޝްވަރާ ތަކުގައި ޓްރަމްޕް ވަނީ 21 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭނެއް ހުށަހަޅުއްވައިފަ އެވެ. އެ ޕްލޭންގައި ގިނަ ކަންތައްތަކެއް ހިމެނޭއިރު، އެއީ އެންމެނަށް ވެސް ބަަލައި ގަނެވޭ ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަންކަމާ ގުޅޭ ގޮތުން ފޮކްސް ނިއުސްއާ ވާހަކަ ދައްކަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން މަސައްކަތް ކުރަމުން އަންނަނީ އެ ޤައުމުގެ ރައްޔިތުން މިނިވަން ކުރުމަށް ކަމަށާއި، އެކަން ކުރެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އަދި ހަމާސް ޖަމާއަތުގެ ވެރިކަން ނިމުމަކަށް ގެނެސް، އެ ޖަމާއަތުގެ ހަތިޔާރުތައް ނައްތާލައި، ޣައްޒާގެ ރައްޔިތުންނާއި، އިސްރާއީލްގެ ރައްޔިތުންނަށް އައު މުސްތަޤުބަލެއް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާ އިން 66،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އަދި މިހާރު އިސްރާއީލް އިން އަންނަނީ ޣައްޒާ ހަނގުރާމަ ފުޅާކޮށް، މުޅި ޣައްޒާ އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށް އިތުރު ހަމަލާތައް ދެމުންނެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިސްރާއީލް-ހަމާސްޣައްޒާމެދު އިރުމަތިޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު