Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލޭބާ ޕާޓީ

ލޭބާ ޕާޓީގެ މެމްބަރުންނަށް ސްޓާމާ ގޮވާލެއްވީ އެއްބައިވަންތަ ވުމަށް

އިނގިރޭސިވިލާތުގައި ނަގަމުން އަންނަ ޚިޔާލު ހޯދުން ތަކުގެ ޕޯލުގައި ދައްކާ ގޮތުން، މިވަގުތު ލޭބާ ޕާޓީ އުޅެނީ ރިފޯމް ޔޫކޭ އަށް ވުރެ ބޮޑު ތަނުން ފަހަތުގަ އެވެ. މި ފަދަ ދަނޑިވަޅެއްގައި ލޭބާ ޕާޓީ އަށް އޮންނަ ތާއީދު ކުޑަ ވަމުން އަންނަ ކަމަށް ބުނެފައިވާއިރު، އެ ޕާޓީގެ މެމްބަރުންނަށް ސްޓާމާ އިލްތިމާސް ކުރެއްވީ ރިފޯމް ޔޫކޭއާ ދެކޮޅަށް އެކުގައި ތިބެ މަސައްކަތް ކުރުމަށެވެ.

ބްރިޓިޝް ބޮޑުވަޒީރު ކީރ ސްޓާމަރ އޭނާގެ ޕާޓީގެ މެންބަރުންނަށް ގޮވާލާފައިވަނީ ރިފޯމް ޔޫކޭ އާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 05:51
ލޭބާ ޕާޓީގެ އަހަރީ ބައްދަލުވުމުގައި ބޮޑު ވަޒީރު ސްޓާމާ

ލޭބާ ޕާޓީގެ އަހަރީ ބައްދަލުވުމުގައި ބޮޑު ވަޒީރު ސްޓާމާ

ލޭބާ ޕާޓީގެ މެމްބަރުން އެކަތި ގަނޑެއްގެ ގޮތުގައި ތިބެ، އެއްބައިވަންތަކަމާ އެކު ކުރިއަށް ދިޔުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ގޮވާލައްވައިފި އެވެ.

ސްޓާމާ މިފަދައިން ގޮވާލައްވާފައި ވަނީ ލޭބާ ޕާޓީގެ އަހަރީ އާންމު ޖަލްސާގައި އެ ޕާޓީގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުގައި ލޭބާ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވަމުން އަންނަ ސްޓާމާ ވިދާޅުވީ، ޕާޓީގެ އެތެރޭ ކޯޅުން ތަކުގައި ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި ޔޫކޭ ރިފޯމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބައިވަންތަ ވާން ޖެހޭ ކަމަށެވެ. އަދި އެ ޕާޓީ އިން ގެންގުޅޭ ނަސްލީ ތަފާތު ކުރުމަށް ގެންގުޅޭ ސިޔާސަތު ތަކެއް ތަންފީޒު ކުރަން އުޅޭ ކަމަށް ސްޓާމާ ވަނީ ތުހުމަތު ކޮށްފަ އެވެ،

އިނގިރޭސިވިލާތުގައި ނަގަމުން އަންނަ ޚިޔާލު ހޯދުން ތަކުގެ ޕޯލުގައި ދައްކާ ގޮތުން، މިވަގުތު ލޭބާ ޕާޓީ އުޅެނީ ރިފޯމް ޔޫކޭ އަށް ވުރެ ބޮޑު ތަނުން ފަހަތުގަ އެވެ. މި ފަދަ ދަނޑިވަޅެއްގައި ލޭބާ ޕާޓީ އަށް އޮންނަ ތާއީދު ކުޑަ ވަމުން އަންނަ ކަމަށް ބުނެފައިވާއިރު، އެ ޕާޓީގެ މެމްބަރުންނަށް ސްޓާމާ އިލްތިމާސް ކުރެއްވީ ރިފޯމް ޔޫކޭއާ ދެކޮޅަށް އެކުގައި ތިބެ މަސައްކަތް ކުރުމަށެވެ.

ސްޓާމާ ވިދާޅުވީ ލޭބާ ޕާޓީގެ ކުރިމަތީގައި އޮތީ ވަރަށް ބޮޑު ހަނގުރާމައެއް ކަމަށެވެ. އަދި ލޭބާ ޕާޓީ އިން ޖެހޭނީ ރިފޯމް ޔޫކޭއާ ކުރިމަތިލާން ކަމަށާއި، އެ ޕާޓީ ބަލި ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ، މިއީ އެތެރޭގެ ކަންކަމުގައި ވަގުތު ހޭދަ ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ.

އެންމެ ފަހުން އިނގިރޭސިވިލާތުގައި އޮތް އިންތިޚާބުގައި ލޭބާ ޕާޓީ އިން ބޮޑު ކާމިޔާބެއް ހޯދާފައިވީ ނަމަވެސް، މިހާރު ނަގަމުން އަންނަ ޚިޔާލު ހޯދުން ތަކުގެ ވޯޓުގައި ލޭބާ ޕާޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ލޭބާ ޕާޓީ އަށް އޮތް ތާއީދު ދަށްވަމުން އަންނައިރު، އަލުން ތާއީދު ހޯދައި، ސަރުކާރު ދަމަހައްޓަން ސްޓާމާ އަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުގެ އިންތިޚާބު ދެން އޮންނާނީ 2029 ވަނަ އަހަރު އެވެ. މިވަގުތު ލޭބާ ޕާޓީ އިން މަސައްކަތް ކުރަމުން އަންނަނީ އެ ޕާޓީގެ ތާއީދު އިތުރު ކުރުމާއި، އެ ޕާޓީގެ ސަރުކާރަށް ދިމާވެފައިވާ ގޮންޖެހުން ތަކުން އަރައި ގަތުމުގެ މަސައްކަތެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ސްޓާމާ އަށް މިވަގުތު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ލިވަޕޫލްގައި ލޭބާ ޕާޓީގެ އަހަރީ އާންމު ބައްދަލުވުން ކުރިއަށްދާއިރު، ލޭބާ ޕާޓީގެ ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އެ ބައްދަލުވުމުގައި ސްޓާމާ ވަނީ އެ ފަރާތްތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވާނެ ކަމަށް އަޑުތައް ފެތުރިފައިވާ، ގްރޭޓާ މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމްއާ ދެކޮޅަށް ވެސް ސްޓާމާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އައިޕްސޮސްގެ ހޯދުންތަކުން ދައްކާ ގޮތުގައި، 1977 އިން ފެށިގެން މިހާތަނަށް އެންމެ ދަށް އެޕްރޫވަލް ރޭޓިން ލިބިފައި ވަނީ ސްޓާމާ އަށެވެ. ސްޓާމާ އާއި، އޭނާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފައި ވަނީ އެންމެ 13 އިންސައްތަ މީހުންނެވެ. އެ ހޯދުންތަކުގެ 70 އިންސައްތަ މީހުން ބުނެފައި ވަނީ، ސްޓާމާގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެކަންކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވެފައި ވަނީ، އޭނާގެ ސަރުކާރު ވަޒަން ކުރަން ޖެހޭނީ ތިން ކަމަކުން ކަމަށެވެ. އެގޮތުން ސްޓާމާ ވިދާޅުވީ އޭނާގެ ސަރުކާރު ވަޒަން ކުރަން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމާއި، ސަރުކާރުގެ ޚިދުމަތްތައް ރަނގަޅުވުމާއި، އަދި ރައްޔިތުންނަށް ރައްކާތެރިކަން ލިބި ދިނުމުން ކަމަށެވެ.

އެންމެ ފަހުން 2024 ވަނަ އަހަރު އޮތް އިނގިރޭސިވިލާތުގެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. އެ އިންތިޚާބު ކާމިޔާބުކޮށް، ލޭބާ ޕާޓީ އިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 411 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ލޭބާ ޕާޓީއާ ވާދަވެރި ކޮންސަވޭޓިވް ޕާޓީ އަށް ކާމިޔާބު ކުރެވިފައި ވަނީ 121 ގޮނޑި އެވެ.

މަސްދަރު: ރޮއިޓާސް

ކިއަ ސްޓާމާލޭބާ ޕާޓީ - ޔޫކޭރިފޯމް ޔޫކޭއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު