Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިލީ އެފްއެންބީ

ލިލީ ހޯލްސޭލް ފިހާރައެއްގައި ރޯވެ ބޮޑެެތި ގެއްލުންތަކެއް ވެއްޖެ

މާލޭ މަސްމާރުކޭޓް ކައިރީގައި ހުންނަ ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1 ގައި ހޮނިހިރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއިން ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 06:02
ލިލީގެ ބާޒާރުމަތީ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލަން ސިފައިން ހަރަކާތްތެރިވަނީ

ލިލީގެ ބާޒާރުމަތީ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލަން ސިފައިން ހަރަކާތްތެރިވަނީ

މާލޭ މަސްމާރުކޭޓް ކައިރީގައި ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1" ގައި ހޮނިހިރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ މުދާތަކެއް އަނދައި ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގަމުންދާ ކަމުގެ ރިޕޯޓް ލިބުނީ ހޮނިހިރު ދުވަހުގެރޭ މެންދަމުން އަލިވެ، 1:00 ހާއިރުއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔާ އެންޑް ރެސްކިއު ސަރވިސްގެ އޮފިސަރުން ވަގުތުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 2:39 ހާއިރުއެވެ.

Advertisement - newsAdvertisement

މި ހާދިސާގައި ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓްކޮށް، ހޯލްސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ މި ފިހާރައިގެ ގިނަ މުދަލަށް ގެއްލުންވެ، ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ އޮފިސަރަކު ހާލު ދެރަވުމާ ގުޅިގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ ސަރަހައްދުން އިތުރު މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ނޭނގިއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަހުގީގުތައް ކަމާބެހޭ ފަރާތްތަކުން ކުރިއަށްދާ ކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ވެސް މާފަންނު ސަރަހައްދުގައި ހުރި ލިލީގެ ޓިނުން ހަދާފައިވާ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހިފައިވާކަން މި ހާދިސާއިން ވަނީ ހާމަވެފައެވެ.

ލިލީ އެފްއެންބީމާލޭ ރޯމަސް މާރުކޭޓުއެމްއެންޑީއެފްސެނަހިޔާ ހޮސްޕިޓަލްއަލިފާނުގެ ހާދިސާމާފަންނު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
06 ޑިސެމްބަރު 2025

އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް

06 ޑިސެމްބަރު 2025
އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު