Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އިސްރާއީލް އިން ޔުކްރެއިން އަށް ޕެޓްރިއޮޓް މިސައިލް ހަދިޔާ ކޮށްފި

ޒެލެންސްކީ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ފޯރުކޮށްދީފައިވާ ޕެޓްރިއޮޓް މިސައިލްގެ ނިޒާމު މިހާރު ޔުކްރެއިން އަންނަނީ ބޭނުން ކުރަމުން ކަމަށެވެ. މިކަން ޒެލެންސްކީ ހާމަ ކުރައްވާފައި ވަނީ، އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައި ގަތުމަށް އެމެރިކާ އަށް ވަޑައިގެން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.

އިޒްރޭލުން ޔުކްރެއިންއަށް ޕެޓްރިއޮޓް މިސައިލް ދިފާއީ ނިޒާމު ފޯރުކޮށްދީ، އިތުރު ދެ ނިޒާމު ކުރިއަށް އޮތް މަސްތަކުގައި ލިބޭނެކަމަށް ޒެލެންސްކީ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 07:16
ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ

އިސްރާއީލްގެ ފަރާތުން، ޔުކްރެއިން އަށް ޕެޓްރިއޮޓް މިސައިލްގެ ދިފާއީ ނިޒާމު ހަދިޔާ ކޮށްފައިވާ ކަމަށް، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާ އިން އުފައްދާފައިވާ ޕެޓްރިއޮޓް މިސައިލްގެ ދިފާއީ ނިޒާމެއް އިސްރާއީލް އިން ވަނީ ޔުކްރެއިން އަށް ދީފަ އެވެ. އަދި އެއީ މީގެ މަހެއްހާ ދުވަސް ކުރިން ފޯރުކޮށްދީފައިވާ ތަކެތި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި އިތުރު ދެ ޕެޓްރިއޮޓް މިސައިލްގެ ނިޒާމު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ޔުކްރެއިން އިން އަންނަނީ އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ވަރަށް ބޮޑަަށް ކުރަމުންނެވެ. އެއީ ދުވާލަލު އެތައްް ފަހަރެއްގެ މަތިން ރަޝިޔާ އިން ޔުކްރެއިން އަށް ޑްރޯން އަދި މިސައިލް ހަމަލާ ދެމުން އަންނާތީ އެވެ.

ޒެލެންސްކީ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ފޯރުކޮށްދީފައިވާ ޕެޓްރިއޮޓް މިސައިލްގެ ނިޒާމު މިހާރު ޔުކްރެއިން އަންނަނީ ބޭނުން ކުރަމުން ކަމަށެވެ. މިކަން ޒެލެންސްކީ ހާމަ ކުރައްވާފައި ވަނީ، އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައި ގަތުމަށް އެމެރިކާ އަށް ވަޑައިގެން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައުގައި، ހުޅަނގުގެ ޤައުމު ތަކުން ރަޝިޔާއާ ދެކޮޅަށް ގިނަ ފިޔަވަޅު ތަކެއް އެޅި ނަމަވެސް، އިސްރާއީލް އިން ގެންގުޅިފައި ވަނީ މެދު މިނުގެ ސިޔާސަތެކެވެ. ނަމަވެސް، ރަޝިޔާ އިން އީރާންއާ ގުޅުން ބަަދަހި ކުރަން ފެށުމާާއި، ޣައްޒާ ހަނގުރާމައިގައި އިސްރާއީލް އަށް ފާޑު ކިޔަން ފެށުމާ އެކު، އިސްރާއީލް އާއި ރަޝިޔާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޒެެލެންސްކީ ވިދާޅުވެފައި ވަނީ އޮކްޓޫބަރު މަހު އެމެރިކާ އަދި ޔުކްރެއިންގެ ވަފުދުތަކުން އެކި ޕްރޮގްރާމް ތަކުގެ ދަށުން ހަތިޔާރު ގަތުމާ ގުޅޭ ގޮތުން އެތައް ބައްދަލުވުމެއް ބާއްވާނެ ކަަމށެވެ.

މަސްދަރު: އޭއެފްޕީ

ވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔުކްރެއިންއިޒްރޭލް-ޔުކްރެއިންޕެޓްރިއަޓް މިސައިލްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު