Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ފްރާންސްގެ ދަރަނި ހަތަރު ޓްރިލިއަން ޑޮލަރަށް، އައު ބޮޑު ވަޒީރަށް ގޮންޖެހުން އިތުރުވެއްޖެ

28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:28

އިންސީ ސްޓެޓިސްޓިކްސް އެޖެންސީ އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ފްރާންސްގެ ދަރަނި އެ ޤައުމުގެ ޖީޑީޕީގެ 115.6 އިންސައްތަ އަށް އަރާފައިވެ އެވެ. މިއީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ރެކޯޑު ކުރެވުނު 3.3 ޓްރިލިއަން ޔޫރޯ، ނުވަތަ ޖީޑީޕީގެ 113.9 އިންސައްތަ އަށް ވުރެ މަތީ އަދަދެކެވެ.

ފްރާންސްގެ ސަރުކާރުގެ ދަރަނި 3.4 ޓްރިލިއަން ޔޫރޯއަށް އަރައި، ޖީޑީޕީގެ 115.6 އިންސައްތައަށް މަތިވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:28
ފްރާންސްގެ އައު ބޮޑު ވަޒީރު ކަމަށް މި މަހުގެ ކުރީ ކޮޅު އައްޔަން ކުރެއްވި ސެބަސްޓިއަން ލެކޯނޫ

ފްރާންސްގެ އައު ބޮޑު ވަޒީރު ކަމަށް މި މަހުގެ ކުރީ ކޮޅު އައްޔަން ކުރެއްވި ސެބަސްޓިއަން ލެކޯނޫ

ފްރާންސްގެ ދަރަނި ހަތަރު ޓްރިލިއަން ޑޮލަރަށް އަރައި، އައު ބޮޑު ވަޒީރު ސެބަސްޓިއަން ލެކޯނޫ އަށް ގޮންޖެހުންތައް އިތުރުވެއްޖެ އެވެ.

ފްރާންސްގެ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެ ޤައުމުގެ ދަރަނި ވަނީ ރެކޯޑު މިންވަރަކަށް އަރައިފަ އެވެ. އެގޮތުން ފްރާންސްގެ ދަރަނި ހަތަރު ޓްރިލިއަން ޑޮލަރު، ނުވަތަ 3.4 ޓްރިލިއަން ޔޫރޯ އަށް ވަނީ އަރައިފަ އެވެ. އެއާއެކު މިއީ، ފްރާންސްގެ އައު ބޮޑު ވަޒީރު ލެކޯނޫ އަށް ކުރިމަތިވެފައިވާ ބޮޑު ގޮން ޖެހުމަކަށް ވާނެ އެވެ.

އިންސީ ސްޓެޓިސްޓިކްސް އެޖެންސީ އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ފްރާންސްގެ ދަރަނި އެ ޤައުމުގެ ޖީޑީޕީގެ 115.6 އިންސައްތަ އަށް އަރާފައިވެ އެވެ. މިއީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ރެކޯޑު ކުރެވުނު 3.3 ޓްރިލިއަން ޔޫރޯ، ނުވަތަ ޖީޑީޕީގެ 113.9 އިންސައްތަ އަށް ވުރެ މަތީ އަދަދެކެވެ.

ފްރާންސްގެ ދިފާއީ ވަޒީރު ކަމުގައި މީގެ ކުރިން ހުންނެވި ލެކޯނޫ، އެ ޤައުމުގެ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވާފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު އެވެ. އެއީ އޭނާގެ ކުރިން ބޮޑު ވަޒީރު ކަމުގައި ހުންނެވި ފްރާންސުއާ ބެއިރޫގެ އިތުބާރު ނެތް ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، އޭނާގެ ސަރުކާރު ވައްޓާލުމާ ގުޅިގެންނެވެ. ބޮޑު ވަޒީރު ކަމުގައި ބެއިރޫ އަށް ހޭދަ ކުރެވުނީ އެންމެ ނުވަ މަސް ދުވަހެވެ.

ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމާ އެކު، ލެކޯނޫ އަށް އޮތީ ބަޖެޓު ހުށަހެޅުމުގެ ޒިންމާ އުފުލަން ޖެހިފަ އެވެ. އޮކްޓޫބަރު މަހުގެ މެދާ ހަމައިން ބަޖެޓު ހުށަހަޅަން ޖެހޭއިރު ވެސް، އަދި ލެކޯނޯ އަށް އޭނާގެ ސަރުކާރު އެކުލަވާލެވިފައި ނުވެ އެވެ.

ފްރާންސްގެ އިޤްތިޞާދީ ޙާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮންގެ އިޤްތިޞާދީ ސިޔާސަތުތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާ އިންތިޒާމު ކުރި ޔޫނިއަން އިން ވަނީ، އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އިތުރު މުޒާހަރާއެއް އޮންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

ލެކޯނޫ އަކީ، ފްރާންސްގެ ރައީސް ކަމުގެ މަޤާމަށް 2017 ވަނަ އަހަރު މެކްރޮން އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އެ ޤައުމުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ހަތް ވަނަ ފަރާތެވެ. ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު ލެކޯނޫ ވަނީ ފްރާންސްގެ ސިޔާސީ ހަމަ ނުޖެހުން ކުޑަ ކުރުމަށް އައު ސިޔާސަތު ތަކެއް ގެންގުޅުއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި ކުރިން ބޮޑު ވަޒީރުކަން ކުރައްވާފައި ތިއްބަވާ ފަރާތްތަކަށް އުމުރު ދުވަހަށް ލިބިގެންދާ އިމްތިޔާޒުތައް އުވާލައި، ރަސްމީ ބަންދު ދެ ދުވަސް އުވާލުމަށް ބެއިރޫ ހުށަހަޅުއްވާފައިވާ ޕްލޭން ހުއްޓުވުން ފަދަ ކަންކަން ހިމެނެ އެވެ.

ކުރިން ބޮޑު ވަޒީރު ކަމުގައި ހުންނެވި ބެއިރޫ ހުށަހަޅުއްވާފައިވާ ޕްލޭންގައި 44 ބިލިއަން ޔޫރޯ، ނުވަތަ 52 ބިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރުމަށް އަމާޒުކޮށް، ފްރާންސްގެ މަތީ ދަރަނި ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

ފްރާންސްސެބަސްޓިއަން ލުކޮނޫއެމެނުއެލް މެކްރޯން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް