Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މެލާނިއާ އަށް އިނގިލި ދިއްކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ލިޕް ރީޑާ ޖެރެމީ ފްރީމަން ބުނެފައި ވަނީ، ޓްރަމްޕް އާއި މެލާނިއާ ވާހަކަ ދައްކަވާފައި ވަނީ އދ ގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ކަމަށެެވެ. އެގޮތުން ޓްރަމްޕް އާއި މެލާނިއާ އދ ގައި ހުރި އެސްކަލޭޓަރަށް އަރައި ވަޑައިގެންނެވި ވަގުތު، އެސްކަލޭޓަރު ހުއްޓުނު ހާދިސާގެ ވާހަކަ ދެއްކެވީ ކަމަށް އޭނާ ބުންޏެވެ.

ޓްރަމްޕް އަދި މެލާނިއާ މެރިން ވަން ހެލިކޮޕްޓަރުގައި ތިބެގެން ކުރި ހޫނު މަޝްވަރާއެއް އާންމުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 08:00
ހެލިކޮޕްޓަރުގައި އިންނަވައި، މެލޭނިއާ އަށް އިނގިލި ދިއްކުރައްވައި ޓްރަމްޕް ވާހަކަ ދައްކަވަނީ

ހެލިކޮޕްޓަރުގައި އިންނަވައި، މެލޭނިއާ އަށް އިނގިލި ދިއްކުރައްވައި ޓްރަމްޕް ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަށް އިނގިލި ދިއްކުރައްވައި ދެއްކެވި ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، އެނބުރި ވޮޝިންޓަން ޑީސީ އަށް ހެލިކޮޕްޓަރުގައި ވަޑައިގެންނެވިއިރު، ޓްރަމްޕް އާއި މެލޭނިއާއާ ދެމެދު ވަނީ ވާހަކަ ތަކެއް ދެކެވިފަ އެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ޓްރަމްޕް މެލޭނިއާއާ ވާހަކަ ދައްކަވަނީ އިނގިލި ދިއްކުރައްވައިގެންނެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ޓްރަމްޕް އާއި މެލޭނިއާއާ ދެމެދު ކޮންމެ ވެސް ވަރެއްގެ ދެބަސްވުމެއް ހިނގާފައިވާ ކަމަަށެވެ. އަދި ޓްރަމްޕް މެލޭނިއާއާ ވާހަކަ ދައްކަވާފައި ވަނީ ނުރުހުންވެ ހުންނަވައިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް، ހެލިކޮޕްޓަރުން ފައިބައި ވަޑައިގެންނެވުމަށް ފަހު، ޓްރަމްޕް އާއި މެލާނިއާ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގެންނެވީ އެކުގަ އެވެ. ހިންގަވާފައި ވަޑައިގެންނެވިއިރު، ޓްރަމްޕް ހުންނެވީ މެލާނިއާގެ އަތުގައި ހިއްޕަވައިގެންނެވެ.

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ލިޕް ރީޑާ ޖެރެމީ ފްރީމަން ބުނެފައި ވަނީ، ޓްރަމްޕް އާއި މެލާނިއާ ވާހަކަ ދައްކަވާފައި ވަނީ އދ ގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން ކަމަށެެވެ. އެގޮތުން ޓްރަމްޕް އާއި މެލާނިއާ އދ ގައި ހުރި އެސްކަލޭޓަރަށް އަރައި ވަޑައިގެންނެވި ވަގުތު، އެސްކަލޭޓަރު ހުއްޓުނު ހާދިސާގެ ވާހަކަ ދެއްކެވީ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ އިތުރުން، ނިކޯލާ ހިކްލިން ބުނެފައިވާ ގޮތުގައި މެލޭނިއާ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އދ ގައި ހިނގި ކަންތަކުގައި އެ މީހުންނަށް މައާފު ނުކުރެވޭނެ ކަމަށެވެ. އަދި އެސްކަލޭޓަރު ހުއްޓުވައިގެން މަސައްކަތް ކުރީ މެލާނިއާ އަށް އަނިޔާއެއް ދެއްވަން ކަމަށް ޓްރަމްޕް ވިދާޅުވާ ކަމަށް ހިކްލިން ބުންޏެވެ.

ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން މެލާނިއާ ވިދާޅުވެފައިވާ ކަމަށް ހިކްލިން ބުނެފައި ވަނީ، އޭނާ އާއި ޓްރަމްޕް އަށް އެހެން ކަންތައް ނުކުރެވޭނެ ކަމަށެވެ. އަދި ޓްރަމްޕް އާއި މެލާނިއާ ރައްކާތެރިވާން ޖެހޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، މިވަގުތު ޓްރަމްޕް ރައްކާތެރި ނޫން ކަމަށް ވެސް މެލޭނިއާ ވިދާޅުވެފައިވާ ކަމަށް ހިކްލިން ބުނެފައިވެ އެވެ.

އދ ގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އދ އިން އޭނާ އަށް ލިބުނީ ދެ އެއްޗެއް ކަމަށެވެ. އެއީ ހަލާކުވެފައިވާ އެސްކަލޭޓަރެއްގެ އިތުރުން، މައްސަލަ ޖެހިފައިވާ ޓެލްޕްރޮމްޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އދ ގައި ޓްރަމަޕް ތަޤުރީރު ކުރައްވަމުން ގެންދަވަނިކޮށް އޭނާގެ ކުރިފުޅު މަތީގައި ހުރި ޓެލްޕްރޮމްޓަރު ވެސް ވަނީ މައްސަލަ ޖެހި ހުއްޓިފަ އެވެ. ނަމަވެސް، ވާހަަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވަނީ އެކަން ވެސް ފާހަގަ ކުރައްވައިފަ އެެވެ. އަދި ޓެލްޕްރޮމްޓަރު އޮޕަރޭޓު ކުރަން ހުރި މީހާ އަށް ބޮޑު އުނދަގުލެއް ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްދަރު: ދަ ނިއު ޑެއިލީ

ޑޮނަލްޑް ޓްރަމްޕްމެލާނިއާ ޓްރަމްޕްވައިޓް ހައުސްއދއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު